20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

  • އެމެރިކާގެ އެކި ސިޓީތަކުގައި ބާއްވަމުންދާ މި އެއްވުންތަކުގައި އެމެރިކާގެ ހޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނާއި، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދިވެސް އެކި ފަންނުތަކުގެ އެކި މަޝްހޫރު ފ
އަހުމަދު އަނޫޝު | IamAhmedAnoosh

| 24 ޖެނުއަރީ 2017 | އަންގާރަ 02:54 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ޓްރަމްޕާއި ދެކޮޅަށް އެމެރިކާގެ ސިޓީއެއްގައި އެއްވުމެއް ބާއްވަނީ -- ގޫގުލް

އެމެރިކާގެ ރައީސް ކަމާ ހަވާލުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް އާއި ދެކޮޅަށް އަންހެނުން އިސްނަގައިގެން އަންހެނުންގެ ހައްގުތަކަށް ގޮވާލާ ބާއްވާ އެއްވުންތަކުގައި މުޅި އެމެރިކާއިން އެކަނިވެސް ދެމިލިއަނަށްވުރެ ގިނަމީހުން އެއްވުންތަކުގައި ބައިވެރިވެއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ގިނަ އަދަަދެއްގެ މީހުން މިހާތަނަށް އެއްވުންތަކުގައި ބައިވެރިވެފައިވަނީ ވޮޝިންޓަން ގައެވެ. އެގޮތުން ވޮޝިންޓަން ގައި ބޭއްވި އެއްވުންތަކުގައި އެއް މިލިއަނަށް ވުރެ ގިނަމީހުން ބައިވެރިވެފައިވާ ކަމަށް އެއްވުން އިންތިޒާމު ކުރި ފަރާތްތަކުން ބުނާއިރު ވޮޝިންޓަނަށް ޖަމާވި މީހުންގެ އަންދާޒާ އަދަދެއް އެމެރިކާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައި ނުވެއެވެ. ވޮޝިންޓަންގައި އެންމެ ގިނަމީހުން ޖަމާވެފައިވަނީ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވި ނޭޝަނަލް މޯލް މައިދާނަށެވެ.

އެމެރިކާގެ އަންހެނުން އިސްނަގައިގެން ބާއްވާ އެއްވުންތަކުގައި އެ އެއްވުންތަކަށް ތާއީދުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 600 އަށްވުރެ ގިނަ އެއްވުން މިހާތަނަށް ބާއްވާފައިވެއެވެ. މި އެއްވުންތަކުގެ ބައިވެރިން ގޮވާލާފައިވަނީ އަންހެނުންގެ ހައްގުތައް ދިނުމަށާއި އަދިވެސް އެހެނިހެން ކަންކަމުގައި ޓްރަމްޕް ގެންގުޅުއްވާނެ ކަމަށް ވިދާޅުވެފައިވާ ސިޔާސަތުތައް ބަދަލު ކުރުމަށެވެ.

އެމެރިކާގެ އެކި ސިޓީތަކުގައި ބާއްވަމުންދާ މި އެއްވުންތަކުގައި އެމެރިކާގެ ހޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނާއި، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދިވެސް އެކި ފަންނުތަކުގެ އެކި މަޝްހޫރު ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް