
| 25 ޖުލައި 2018 | ބުދަ 21:27 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ދެ އަހަރު ދުވަހަށް ދެމިގެންދިޔަ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިތާ ހަތް ދުވަސް ނުވަނީސް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ހަރުކަށި އެންޓި ޓެރެރިޒަމް ގާނޫނުއެއް ފާސްކޮށްފިއެވެ.
ވެރިކަންކުރާ އޭކޭ ޕާޓީން ހުށަހެޅި އާ އެންޓި ޓެރެރިޒަމް ގާނޫނު ބުދަ ދުވަހު ފާސްކޮށްފައިވާއިރު އެ ގާނޫނުގެ ދަށުން ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށް މުއައްސަސާތަކަށް ބޮޑެތި ބާރުތަކެއް ލިބިދެވޭއިރު އާއްމު އަމުރުތައް ހިންގުމަށްވެސް ބޮޑެތި ބާރުތަކެއް ލިބިގެންދެއެވެ.
މި ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން ކަނޑައަޅާ ސަރަހައްދުތަކަކަށް ސަލާމަތީ ސަބަބުތަކަށްޓަކައި ވަދެ ނުކުމެ އުޅެވޭނެ މީހުން 15 ދުވަހުގެ މުއްދަތަކަށް ކަނޑައެޅިދާނެއެވެ. އަދި ތުހުމަރު ކުރެވޭ ފަރާތް ހައްޔަރު ކުރުމަށްފަހު ދައުވާ ނުކޮށް 48 ގަޑިއިރު ނުވަތަ އިތުރު ތުހުމަތު ތަކެއް ކުރެވޭނަމަ ގިނަވެގެން ހަތަރު ދުވަހު ބަންދުގައި ބެހެއްޓުމުގެ ބާރު ލިބިދެވެއެވެ.
ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ(އޭކޭޕީ)އިން އުއްމީދުކުރަނީ ކުއްލި ހާލަތު ތިން އަހަރަށް ދަންމާލުމަށެވެ.
އާ ގާނޫނުގެ ދަށުން ތުރުކީގެ އަސްކަރިއްޔާއާއި ފުލުހުންނާއި، ގާނޫނުހަދާ މަޖިލީހުގެ ސެކިއުރިޓީންނާއި، ޕަބްލިކް ސާރވަންޓުންނާއި މަސައްކަތްތެރީން ވެސް ޓެރެރިސްޓް ޖަމާއަތަކާއި ގުޅުންވާކަން އެނގިއްޖެނަމަ ވަޒީފާއިން ވަކިކޮށްލެވޭނެއެވެ.
ތުރުކީގެ 81 ޕްރޮވިންސަކުން އަދިވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް އުސޫލުތައް ހިފަހައްޓައެވެ. އެގޮތުން އެއްވެ އުޅުން އޮތީ މަނާކުރެވިފައެވެ.
އިދިކޮޅު ފަރާތްތަކުންވަނީ އަލަށް ގެނެވުނު ގާނޫނުނަކީ ކުއްލި ނުރައްކަލުގެ ހާލަތު ދާއިމީ ކުރުމަށް ގެނައި ގާނޫނެއްކަމަށް ބުނެފައެވެ.
ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ބަޣާވާތް ނާކާމިޔާބު ކޮށްލިތާ ފަސް ދުވަހަށް ފަހު 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ދުވަހުއެވެ. ތުރުކީގެ ސަރުކާރުން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ބަޣާވާތްކުރަން އުޅުނު ފަރާތްތަކަށް އަވަހަށް ފިޔަވަޅުއެޅުމަށެވެ.
ތުރުކީއިން ހަތްފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކާއި އެގައުމާއި އެކުވެރި ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.
ބަޣާވާތާއި ގުޅިގެން، ބަޣާވާތުގެ ބައިވެރިން ނުލައި 250 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި މި ބަޣާވާތުގެ އަޑީގައި ހުންނެވީ އެމެރިކާއަށް އަރުވާލެއްވިގެން އުޅުއްވާ ތުރުކީގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގޫލެންއެވެ. ނަމަވެސް އެ ތުހުމަތު އޭނާ ދޮގުކުރައްވައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީ މިދިޔަ މަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރިން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރުދޮޣާން ވެވަޑައިގެންނެވި ވައުދެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް