18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޑޮނަލްޑް ޓްރަމްޕް

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

  • އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައިގެންފައިވަނީ 2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު
އަހުމަދު އަނޫޝު | IamAhmedAnoosh

| 24 ޖެނުއަރީ 2017 | އަންގާރަ 02:49 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ތާލިބާނުންގެ ހަމަލާއެއްގައި މަރުވި މީހުން ވަޅުލަނީ -- ގޫގުލް

އެމެރިކާ އިން އަފްގާނިސްތާނާމެދު ގެންގުޅޭ ސިޔާސަތު ބަދަލު ކުރުމަށާއި އެހެންނޫން ނަމަ ތާރިޚީ ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ތާލިބާނުން، އަލަށް އެމެރިކާގެ ރައީސް ކަމާ ހަވާލުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕަށް ދީފިއެވެ.

ތާލިބާން ޖަމާއަތުން ހިންގާ ވެބްސައިޓާއި، ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާ އެޖަމާއަތުގެ ލިޔުމެއްގައި އެމެރިކާގެ ޑޮނަލްޑް ޓްރަމްޕް ސިފަކޮށްފައިވަނީ އެމެރިކާގެ ރައްޔިތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ބިލިއަން ރައްޔިތުންނަށް ކުރިމަތިވާނެ "ގޮތްނޭނގޭ" މީހެއްގެ ގޮތުގައެވެ. މީގެ އިތުރުން އެލިޔުމުގައި ވަނީ ތާލިބާނުން އުންމީދު ކުރަނީ ރައީސް ޓްރަމްޕާއި އަދި ކެބިނެޓުން ވޭތުވެދިޔަ ސަރުކާރުތަކުގެ ވެރިން ކަންކަން ކުރި ގޮތަށް ކަންކަން ނުކުރާނެ ކަމަށެވެ.

އަގްގާނިސްތާނުގައި ހަރަކާތްތެރިވާ އަލްގައިދާ ބާރުތައް ފުނޑުފުނޑުކޮށްލުމަށް އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައިގެންފައިވަނީ 2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މީގެ އިތުރުން އެފަަހަރު އަލްގައިދާ އަށް ވާގިވެރިވަމުން ދިޔަ ތާލިބާން ސަރުކާރުވެސް އެމެރިކާއިން ވައްޓާލިއެވެ.

 

މިދިޔަ ހުކުރުދުވަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައި ގެންނެވި ޑޮނަލްޑް ޓްރަމްޕް، އޭނާގެ ސަރުކާރުން އަފްގާނިސްތާނާ މެދު ގެންގުޅޭނޭ ސިޔާސަތެއް އަދި ހާމަ ނުކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް