16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޖަޕާން

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން: މަރުވި މީހުންގެ އަދަދު 80 އަށް އަރައިިފި

  • ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން ވަނީ ގުދުރަތީ ކާރިސާއެއް ކަމަށް ކަނޑައަޅަފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 25 ޖުލައި 2018 | ބުދަ 20:08 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ޖަޕާނުގެ މަގެއްގައި ބަޔަކު ހިނގާފައ ދަނީ -- ޔާހޫ

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 80 އަށް އަރާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. 

ޖަޕާނުގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާއިރު، އޮފިޝަލުން އިލްތިމާސް ކުރަމުން ގެންދަނީ ވީހާވެސް ބޮޑަށް ބޭރުތެރެއަށް އާންމުން ނުނިކުތުމަށެވެ. 

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 80 އަށް އަރާފައިވާއިރު އެ ކާރިސާއަކީ ގައުމަށް ދިމާވެފައިވާ ގުދުރަތީ ކާރިސާއެއް ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ކަނޑައަޅާފައެވެ. 

ރިޕޯޓުތައް ބުނާ ގޮތުން 22،000 މީހަކު ވަނީ ހޫނުގަދަވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ކާރިސާ ކުރިމަތިވެފައިވާއިރު، އެ ކާރިސާ އަށް ނިމުމެއް އަވަހަށް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ފޯކާސްޓަރުން ބުނެއެވެ. 

ޖަޕާނުގައި މިހާރު އާދަޔާ ޚިލާފަށް ހޫނުގަދަވެފައިވާއިރު، ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، 218 އަށް ވުރެ ގިނަ މީހުން މަރުވެ 12 މީހުން ގެއްލިފައިވާތާ އަދި މަހެއްހާ ދުވަސް ވެސް ނުވެއެވެ. 

ޖަޕާނުގެ ރައްޔިތުން ވީހާ ވެސް ގިނައިން ފެންބޮއެ، އެއާ ކޮންޑިޝަން ބޭނުންކޮށް، އަދި ގިނަ ވަގުތު އަރާމުކުރުމަށް އޮފިޝަލުން ދަނީ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް