19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޕާކިސްތާނުގެ އާއްމު އިންތިޚާބު

ޕާކިސްތާނުގެ އާއްމު އިންތިޚާބު: ހައެއް ޖެހުމާއިއެކު ކިއުތައް ބަންދުކޮށްފި

  • ެއެއްމެ ހާދިސާއެއް ހިނގުން ފިޔަވައި ޖުމްލަކޮށް ސުލްހަވެރި: އިލެކްޝަންސް
  • ވޯޓްލާން ނުކުތް މީހުންގެ އަދަދު އަދި ހާމައެއް ނުކުރޭ
އަބުދުﷲ މުހައްމަދު | 8Abbo

| 25 ޖުލައި 2018 | ބުދަ 18:59 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


25 ޖުލައި 2018 ގައި ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި ބަލޮޗިސްތާނުގެ ވޯޓް ކިއުއެއްގައި މީހުން މަޑުކޮށްގެން -- ސަމާ ޓީވީ

ޕާކިސްތާނުގައި ކުރިޔަށްދާ އާއްމު އިންތިޚާބުގައި ވޯޓްލާ މަރުކަޒުގެ ކިއުތައް ބަންދުކޮށްފިއެވެ.

ވޯޓްލުން ކުރިޔަށް ގެންގޮސްފައިވަނީ ހެނދުނު އަށަކުން އިރުއޮއްސި ހައެއް ޖެހުމާއިހަމަށެވެ.

ވޯޓްލާ ކިއުތައް ބަންދުކޮށްފައިވާއިރު މުޤްތަދާ ޤައުމީ މޫވްމަންޓް ޕާޓީގެ ކެންޑިޑޭޓް ފާރޫގް ސައްތާރުވަނީ އިތުރު ތިން ގަޑިއިރު ދިނުމަށް ގޮވާލައްވާފައެވެ. އޭނާވަނީ ވޯޓު އޮޅުވާލުމުގެ ކަންކަން ކުރިޔަށްދާކަމަށާއި ވޯޓުލުމުގެ މަރުހަލާތައް ގަސްތުގައި ލަސްކުރަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ.

ނަމަވެސް އޭނާވަނީ ކުޑަކުޑަ ތަފާތަކުން އެ ޕާޓީ މޮޅުވާނެކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ބާބަރް ޔައުގޫބުވަނީ އިންތިޚާބުގެ ވޯޓްލުމަށް ނުކުތް މީހުންގެ އަދަދާއިމެދު މިވަގުތު އަދި ވާހަކަދައްކަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައެވެ.

އޭނަ ވިދާޅުވިގޮތުގައި ބަލޮޗިސްތާނުގައި ހިނގާދިޔަ ހާދިސާ ފިޔަވައި ހުރިހާ ހިސާބެއްގައިވެސް ވޯޓްލުން ދިޔައީ ޖުމްލަކޮށް ސުލްހަވެރިކަމާއިއެކުއެވެ. މީގެ އިތުރުން އޭނާވަނީ 2013 ވަނަ އަހަރުގެ އިންތިޚާބަށްވުރެ މި އިންތިޚާބުގެ ތައްޔާރީތައް ރަނގަޅުކަމަށް ވިދާޅުވެފައެވެ.

އަށެއް ޖެހިއިރު ވޯޓްލުން ފަށާފައި ވާއިރު 7 ޖެހުމުގެ ކުރިން ގިނަ ސްޓޭޝަންތަކުގެ ކައިރީގައި ކިއު ހަދާފައިވެއެވެ.

ޖުލައި 25 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވޯޓު ލުމަށް 85،000 މަރުކަޒު ކަނޑައަޅާފައިވެއެވެ. އިންތިޚާބުގައި، ނޭޝަނަލް އެސެމްބްލީގެ ގޮނޑިތަކަށް 3،765 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން މިހަފްތާގައި ބުނެފައިވާ ގޮތުގައި އިންތިހާބީ ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 800،000 މީހުން މަސައްކަތް ކުރާނެއެވެ. އޭގެ ތެރޭގައި 370،000 ސިފައިން ވެސް ހިމެނެއެވެ.

މި އިންތިޚާބުގައި ވޯޓްލުމަށް 105.95 މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

ވޯޓްލުމުގެ ހައްގު ލިބިފައިވާ 59 މިލިއަން ފިރެހެނުން ތިބިއިރު ވޯޓްލުމުގެ ހައްގު ލިބިފައިވާ އަންހެނުންގެ އަދަދަކީ 47 މިލިއަނެވެ.

ޕާކިސްތާނުގެ ދީރްގައި ވޯޓްލުމަށްޓަކައި އަންހެނުން ހެނދުނުން ފެށިގެން ކިއޫގައި ތިބި އިރު މިއީ 1977 ގެ ފަހުން އެ ސަރަހައްދުގައި އަންހެނުން ވޯޓްލާ ފުރަތަމަ ފަހަރުކަމަށް ސަމާ ޓީވީން ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް