23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރެހެންދި ނައިޓް މާރކެޓް

ރެހެންދި ނައިޓް މާރކެޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

  • ނައިޓް މާކެޓް އޮންނާނީ ހުޅުމާލޭ ސުވިމިން ޓްރެކް ސަރަހައްދުގައި
  • ނައިޓް މާކެޓް ކުރިއަށްދާނީ އޮގަސްޓް މަހުގެ 2 ން 11 އަށް
  • ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް
ރިޒުނާ ޒަރީރު | RiznaZareer

| 25 ޖުލައި 2018 | ބުދަ 17:58 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


2016 ވަނަ އަހަރު ބޭއްވި ރެހެންދި ނައިޓް މާރކެޓް -- ފޮޓޯ: ރިޒުނާ ޒަރީރު

ރާއްޖޭގައި ދަރިވަރުންގެ އާބާދީ އެންމެ ބޮޑު އެއް ސްކޫލު ކަމަށްވާ، ހުޅުމާލޭ ރެހެންދި ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ނައިޓް މާރކެޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ އޮގަސްޓް މަހުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ނައިޓް މާރކެޓްގައި ބައިވެރިވުމުގެ ފުރުޞަތު މި ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ކޮންމެ ރެޔަކަށް ސްޓޯލް ވިއްކުމަށް ހަމަޖެހިފައިވަނީ 400 ރުފިޔާއަށެވެ.

އަދި މިކަމާއި ގުޅޭ މައުލޫމާތު 7779892 އަދި 9991863 އަށް ގުޅުއްވުމުން ސާފުވާނެ ކަމަށާއި މި މާރކެޓްގައި ތަފާތު ވިޔަފާރި ކުރައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށް ރެހެންދި ސްކޫލުގެ ޕީޓީއޭއިން ބުންޏެވެ.

"ބޮޑު އީދު ބޮޑު ސޭލް"ގެ ނަމުގައި ކުރިއަށްގެންދާ ރެެހެންދި ނައިޓް މާރކެޓް 2018 އަކީ ސްކޫލުގެ އެކިއެކި ހަރަކާތްތަކަށް ފަންޑްރައިޒް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ރެހެންދި ސްކޫލުން މައުލޫމާތުދެ އެވެ.

ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރިއަށްގެންދާ މި ނައިޓް މަރކެޓް ކުރިއަށް ދާނީ އޮގަސްޓް މަހުގެ 2 ން 11 އަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 12:00 ނައިޓް މާރކެޓް ހުޅުވިފައި ހުންނާނެއެވެ.

ހުޅުމާލޭގެ ސުވިމިން ޓްރެކް ސަރަހައްދުގައި ކުރިއަށްގެންދާ މި ނައިޓް މާރކެޓުގައި ގިނަ އަދަދެއްގެ ސްޓޯލް ހުންނާނެއެވެ. ތަފާތު ގިނަ ބާވަތްތަކުގެ މުދާ އެއް ތަނަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި އަދި ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް ރެހެންދި ސްކޫލުން ބުންޏެވެ.

މިއީ ބެލެނިވެރިންނާއި ދަރިވަރުން އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޒިޔާރަތްކޮށްލަން ވަރަށް ރަނގަޅު ނައިޓް މަރކެޓެއް ކަމަށް ވެސް އެސުކޫލުން ބުންޏެވެ.

މީގެ ކުރިން ވެސް ރެހެންދި ސްކޫލުން ވަނީ ތަފާތު ގިނަ ފަންޑްރައިޒިން ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން 2016، 2017 ވަނަ އަހަރު ވެސް ވަނީ ޕީޓީއޭ. އިން އިންތިޒާމްކޮށްގެން އާންމުންގެ ބޮޑު ތަރުހީބަކާއި އެކު ނައިޓް މާކެޓެއް ވެސް ބާއްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް