19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޕާކިސްތާން

ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުއެއްޓާ ސިޓީގައި ދިން ބޮމުގެ ހަމަލާއެއްގައި 31 މަރު

  • ބޮން ގޮއްވުމުގެ ހާދިސާގެ ޒިންމާ ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ވަނީ ނަގާފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 25 ޖުލައި 2018 | ބުދަ 15:00 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ވޯޓްލުމަށް ބޭނުންވާ ސާމާނު ނެގުމަށް އިލެކްޝަންގެ ސްޓާފުން ޕެޝާވަރުގައި ހުންނަ ޑިސްޓްރިބިއުޝަން ސެންޓަރަށް އަންގާރަ ދުވަހު ޖަމާވެފައި -- އޭޕީ

ޕާކިސްތާނުގެ އާއްމު އިންތިޚާބުގެ ވޯޓުލުން ބުދަ ދުވަހު ކުރިއަށް ދާއިރު ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެގޮތުން ކުއެޓާ ސިޓީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 31 މީހަކު ވަނީ މަރުވެފައެވެ. އެހެން ސަރަހައްދުތަކުގައި ވެސް ބޮމުގެ ހަމަލާތައް ދީފައިވާ އިރު އެކި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ވެސް ދަނީ ހަމަނުޖެހުން ހިނގަމުންނެވެ. އެގޮތުން މި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ވޯޓު ލުމުގެ ކުރިން ވެސް ހަމަނުޖެހުމާއި، ހިޔާނާތުގެ ސަބަބުން ކެމްޕެއިނަށް ހިޔަނި އެޅިފައިވާއިރު، ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް "ފާޅުކަން ބޮޑު ގޮތެއްގައި" މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށާއި އަދި ހަތަރު ޕްރޮވިންޝަލް ގާނޫނު ހަދާ މަޖިލީހަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އެންމެ ވާދަކުރާނެ ކަމަށް ބެލެވެނީ ކުރީގެ މަޝްހޫރު ކްރިކެޓް ތަރި އިމްރާން ޚާނުގެ ޕާޓީ، "ޕާކިސްތާން ތެހިރީކޭ އިންސާފް" އާއި މާގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ "ޕާކިސްތާން މުސްލިމް ލީގް-ނަވާޒް" ޕާޓީއެވެ. 

ޕާކިސްތާނުގެ އާންމު އިންތިޚާބުގައި ވޯޓު ލުމަށް 85،000 މަރުކަޒު ކަނޑައަޅާފައި ވެއެވެ. އިންތިޚާބުގައި، ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކަށް 3،765 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވޯޓުލާ ދުވަހު 800،000 މީހުން މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި 370،000 ސިފައިން ވެސް ހިމެނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް