24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ދީޕިކާ ޕަދުކޯން

ދީޕިކާގެ ކުރީގެ ލޯބިވެރިޔާއަށް ދެ ފުރުސަތު ދިން، ދެފަހަރުވެސް ވީ ބޭވަފާ

  • ރަންވީރާއި ދީޕިކާގެ ކައިވެނި މިއަހަރު ފަހުކޮޅުގައި އޮންނާނެ
  • ކުރީގެ ލޯބިވެރިޔާ ބޭވަފާތެރިވުމުން ދެރަވެ ހިތާމަކުރި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 25 ޖުލައި 2018 | ބުދަ 14:52 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ދީޕިކާ ޕަދުކޯން -- ގޫގުލް

ދީޕިކާ ޕަދުކޯން އާއި އޭނާގެ ލޯބިވެރިޔާ ރަންވީރު ސިންގް މިއަހަރުގެ ފަހުކޮޅު ކައިވެނި ކުރާނެކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެދެމީހުންގެ ކައިވެނި އަންނަ ނޮވެމްބަރު މަހުގެ 10 ގައި އޮންނާނެއެވެ.

ދީޕިކާއާއި ރަންވީރު ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްވެ ކައިވެނި ކުރަން އުޅުނު ނަމަވެސް އޭނާއާއި ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލައެވެ.

ދާދިފަހުން ވާވް މެގަޒިންއަށް ދީޕިކާ ދީފައިވާ އިންޓަވިއުގައި ދީޕިކާ ބުނެފައިވަނީ ދުވަހަކުވެސް މީހަކަށް ބޭވަފާތެރި ނުވާކަމަށެވެ. އެހެން ނަމަވެސް އޭނާ މީގެ ކުރިން ރައްޓެހިވި މީހަކު ބޭވަފާތެރިވުމުން ދެރަވެ ހިތާމަ ކުރިކަމަށާއި އެކަމުން އަރައިގަންނަން ވަރަށް ދުވަސް ނެގިކަމަށް ދީޕިކާ ބުނެފައިވެއެވެ.

ދީޕިކާ ބުނީ އޭނާ އެމީހަކަށް ދެ ފުރުސަތު ދިން ކަމަށާއި އެއީ އޭނާއަށް ކުރެވުނު މޮޔަކަމެއް ކަމަށެވެ. އަދި އޭނާ ދެވަނަ ފުރުސަތު ދިނީ ހެޔޮއެދޭ އެންމެނާ ދެކޮޅަށް އެމީހަކު އާދޭސްކުރުމުން ކަމަށާއި ދެވަނަ ފަހަރަށް ބޭވަފާތެރިވީ ތަން އޭނާއަށް ހަމަލޮލަށް ފެނުނުކަމަށެވެ. ބޭވަފާތެރިވުމުން އެމީހަކަށް އޮންނަ ލޯތްބާއި އިހުތިރާމް ގެއްލިދާކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ދީޕިކާގެ މި އިންޓަވިއުގައި ވަކި މީހެއްގެ ނަމެއް ފާހަގަކޮށްފައި ނުވި ނަމަވެސް އޭނާ އެދައްކަނީ ރަންބީރުގެ ވާހަކަތައްކަމަށް އެކިފަރާތްތަކުން ބުނެއެވެ.

ރަންބީރު ކަޕޫރު ދީޕިކާއަށް ބޭވަފާތެރިވީ ފިލްމީ ތަރި ކެޓްރީނާ ކައިފްގެ ސަބަބުން ކަމަށްވެއެވެ. މިއީ ދީޕިކާ އޭނާގެ ކުރީގެ ލޯބިވެރިޔާއާއި ބެހޭގޮތުން ވާހަދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ނޫސްވެރިއަކު އޭނާގެ ލޯބިވެރިޔާ އެހެން ތަރިއަކާއި އެކު އެނދުމަތިން ފެނިއްޖެނަމަ ހަދާނީ ކިހިނެއްތޯ އެހުމުން ދީޕިކާ ބުނީ ދެވަނަ ފަހަރަށް އެމަންޒަރު ބަލަން ބޭނުންނުވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް