21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ބީއެމްއެލް

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ބީއެމްއެލް އަށް ބޮޑު ފައިދާއެއް

  • ދޫކުރި ލޯނާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައި
  • މަދަނީ ޖަމިއްޔާތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 34 ޕްރޮގްރާމެއް ވަނީ ހިންގާފައި
ސިމާހާ ނަސީމް | sim_kamana

| 25 ޖުލައި 2018 | ބުދަ 14:41 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިލިމާލެ ބީއެމްއެލްގެ ވިލިމާލެ ބްރާންޗު ހުޅުއްވައިދެއްވަނީ -- ބީއެމްއެލް

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކް އޮފް މޯލްޑިވްސް އަށް ބޮޑު ފައިދާއެއް ވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ މާލީ ނަތީޖާތައް ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން 687 މިލިއަން ރުފިޔާގެ ފައިދާއެއް އެ ބޭންކުން ވަނީ ހޯދާފައެވެ. މިއީ  މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %16 އިތުރު އަދަދެކެވެ.

އެ ބޭންކަށް 2017 ވަނަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއް ލިބިފައިވާއިރު، ޓެކްނޮލޮޖީ އަދި މުޖްތަމައަށް ބޭންކުން ކުރާ އިންވެސްޓްމަންޓް ޕްރޮގްރާމް ބޮޑުވެފައިވާތީ 2018 ވަނަ އަހަރުގެ ފައިދާއަށް އަސަރު ކުރާނެ ކަމަށް އަންދާޒާ ކުރެވުނެވެ. ނަމަވެސް، ވިޔަފާރީގެ ހުރިހާ ދާއިރާއަކު ންވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން ފުރަތަމަ ހަ މަސްދުވަހުގެ ނަތީޖާ ވަނީ ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައެވެ.

ދޫކުރި ލޯނާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ 2017 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު ހިންގުމުގެ ފައިދާ ވަނީ %7 އިތުރުވެފައެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވެފައިވާ މިންގަނޑާ އެއްގޮތަށް އުފެއްދުންތެރި ނޫން ލޯނުގެ އަދަދު 46 މިލިއަން ރުފިޔާ ދަށްކޮށްފައިވާ ކަމަށް ބޭންކުން ބުނެއެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައެވެ.

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ވެސް ބޭންކް އޮފް މޯލްޑިވްސް އިން މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވަނީ ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައެވެ. އަދި ހަމައެހެންމެ މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ޚިދުމަތްތައް ފުޅާކުރުމަށް ވެސް ވަނީ މުހިންމު އިންވެސްޓްމަންޓްތައް ކޮށްފައެވެ. މި އިންވެސްޓްމަންޓްތަކުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ބޭންކުގެ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ވަނީ ލިބިފައެވެ. ދާދި ފަހުން ތައާރަފުކުރި އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތަކީ މޮބައިލް ފޯނު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ޚިދުމަތެކެވެ.

ބީއެމްއެލްގެ ކުއާޓާ ރިޕޯޓް ދައްކާ ގޮތުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަދަނީ ޖަމިއްޔާތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 34 ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކު ހަރަކާތެއް ހިންގި 'އަހަރެންގެ ބޭންކް ޕްރޮގްރާމް' އާއި އިތުރު ޕްރޮގްރާމްތައް މެދުވެރިކޮށް ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ދާއިރާގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

"މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ކާމިޔާބުކަމާއެކީ ނިންމާލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެ ފަންޑިންގ ކޮސްޓާއި އިންވެސްޓްމަންޓް އިތުރުވުމުން ފައިދާއަށް ހީނަރުކަމެއް އަންނާނެކަމަށް ލަފާކުރެވުނު ނަމަވެސް އެއާ ހިލާފަށް އަހަރުން އަހަރަށް މާލީ ނަތީޖާ ރަނގަޅުވަމުންދާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ނަތީޖާ ހޯދުނީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ކަސްޓަމަރުންގެ ޑިމާންޑް އޮތްވަރު އިތުރުވުމާއި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވުމުން. މި ފުރުސަތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން" ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވިއެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް