20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފޭސްބުކް

ފޭސްބުކްގެ އޮފީހެއް ޗައިނާގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުން!

  • އެ ކުންފުނީގެ އޮފީސް ހުޅުވުމަށްޓަކައި ލައިސެންސް ވެސް ވަނީ ލިބިފައި
  • މަޝްހޫރު ގިނަ ސޯޝަލް މީޑިއާ ވެބްސައިޓްތައް ޗައިނާގައި ވަނީ ބްލޮކް ކޮށްފައި
ސިމާހާ ނަސީމް | sim_kamana

| 25 ޖުލައި 2018 | ބުދަ 14:29 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ފޭސްބުކްގެ ފައުންޑަރ އަދި ސީއީއޯ މާކް ޒަކަރބާގް ޗައިނާގެ ޑިވަލޮޕްމަންޓް ފޯރަމްގައި -- ބީބީސީ

ފޭސްބުކްގެ އޮފީހެއް ޗައިނާގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ޗައިނާގައި އެ ކުންފުނީގެ އޮފީސް ހުޅުވުމަށްޓަކައި ލައިސެންސް ވެސް ވަނީ ލިބިފައެވެ. އެ އޮފީސް ވެގެންދާނީ ޗައިނާގެ ޑިވަލޮޕަރުންނާއި އިނޮވޭޓަރުންގެ އިތުރުން ސްޓާޓް-އަޕްސްތަކަށް އިނޮވޭޝަން ހަބެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފޭސްބުކް ކުންފުނީގެ ރަޖިސްޓްރޭޝަން ވަނީ ޗައިނާ ސަރުކާރުގެ ވެބްސައިޓުން ދިމާވި ބައެއް ކަންތައްތަކާ ގުޅިގެން ނަގާފައި ކަމަށް ނިއުޔޯކް ޓައިމްސްގައި ރިޕޯޓް ކޮށްފައެވެ.

ޗައިނާ އަކީ ދުނިޔޭގައި އެންމެ ބޮޑަށް ސޯޝަލް މީޑިއާގެ މާރކެޓް އޮންނަ ޤައުމަށްވާއިރު އެންމެ މަޝްހޫރު ވެބްސައިޓްތައް ކަމަށްވާ ޓުވިޓަރ އާއި ޔޫޓިއުބް އާއި، ފޭސްބުކް ފަދަ ވެބްސައިތްތައް އެ ޤައުމުން ވަނީ ބްލޮކް ކޮށްފައެވެ. އެ ޤައުމުގެ ރައްޔިތުންނަށް ވަދެވޭ ހަމައެކަނި ސޯޝަލް މީޑިއާގެ ވެބްސައިޓްތަކަކީ އެ ޤައުމުގެ ސަރުކާރުން މޮނީޓަރ ކުރެވޭ ސައިޓްތަކެކެވެ.

ޗައިނާގައި ހުޅުވުމަށް ނިންމާފައިވާ ކުންފުންޏަށް ފޭސްބުކް އިން 30 މިލިއަން ޕައުންޑް ފައިނޭންސް ކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ އިތުރުން ބަންގްލަދޭޝާއި، އިރާނާއި، އުތުރު ކޮރެއާ އިން ވެސް ވަނީ އެ ޤައުމުގައި ފޭސްބުކް ބޭނުންކުރުން މަނާކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް