13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ނޫސްވެރިކަން

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

  • ރާއްޖެޓީވީގެ 4 ނޫސްވެރިޔެއްގެ މައްޗަށް އަންނަނީ ޝަރީއަތް ހިންގަމުން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 24 ޖެނުއަރީ 2017 | އަންގާރަ 00:01 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ރާއްޖެޓީވީގެ ދެ ނޫސްވެރިންކަމަށްވާ، ލީވާން އާއި ވިސާމް ކްރިމިނަލް ކޯޓުގައި -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ނޫސްވެރިކަމަކީ، ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު އެއް ތަނބު އެވެ. ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތްތަނަކީ، ޑިމޮކްރަސީއެއް އޮތްތަނެއް ނޫނެވެ. ޑިމޮކްރަސީއާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ތަންތަނަކީ ހުދުމުތާރު، އަނިޔާވެރި ވެރިކަންތައް ކުރާ ތަންތަނެވެ. މި ކަމަކީ، އަޅުގަނޑުމެން އެއްވެސް މީހަކަށް އޮޅިފައޮތް ކަމެއް ނޫނެވެ. ނޭނގޭ ވާހަކައެއްވެސް ނޫނެވެ.

ކޮންމެއަކަސް، ދިވެހިންވެސް ޑިމޮކްރެޓިކް ނިޒާމަށް ކުރި ދަތުރުގައި އެންމެ އިސްކަމެއްވެސް ދިނީ މިކަމަށެވެ. ހިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ދިނުމަށެވެ. ގަލަމުގެ މިނިވަންކަމާއި، ބަސްބުނުމުގެ މިނިވަންކަން ދިނުމަށެވެ. 2008 ވަނަ އަހަރު ތަސްދީޤްކުރި ފެހި ޤާނޫނު އަސާސީން އެ ހައްގު ކަށަވަރުކޮށްދިނެވެ. ޤާނޫނު އަސާސީގައި ވަކި ބާބެއް ކަނޑައަޅާ، ނޫސްވެރިކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހަނިނުކުރެވޭނެ ހައްޤުތައް ކަމުގައި ކަނޑައެޅި އެވެ. މަޖިލީހުގައި ތިއްބަވާ ބަޔަކު ކޮންމެފަދަ ސިޔާސީ ޑީލެއް ހެއްދެވިނަމަވެސް، އަދި  ސަރުކާރުގެ މަތީ ފަޑީގައި ތިއްބަވާ ބަޔަކު ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ޤާނޫނު އަސާސީގެ ދެ ވަނަ ބާބާ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނޫނީ ނުކުޅެވޭނެ ކަމަށް ޤާނޫނު އަސާސީގައި ކަނޑައެޅި އެވެ.

އެ ހުރިހާކަމެއް މިއަދު ވަނީ ބަދަލުވެފަ އެވެ. ނޫސްވެރިންގެ ގަލަންތަކުގައި ސަރުކާރުން ވަނީ ކަސްތޮޅު އަޅުވާފަ އެވެ. ސަރުކާރާއި ދެކޮޅު ބަހެއް ބުނުމުގެ ފުސަތެއް ނެތެވެ. ސަރުކާރު ހިތްހަމަނުޖެހޭ ވާހަކައެއް ދައްކައިފި ނޫސްވެރިޔަކަށް އޮތީ ޖަލު ގޮޅި އެވެ ނުވަތަ ގެއްލުވާލުމެވެ. އެ ނޫސްވެރިޔަކު ވަގަށްވެސް ނަގަނީ އެވެ.

މި ހުރިހާ ވާހަކައަކީވެސް އާ ވާހަކައަކަށް ނުވާނެ އެވެ. މި ވާހަކަތަކަކީ ކޮންމެ ދުވަހަކުވެސް ދައްކާ ވާހަކަތަކެވެ. ކޮންމެ ދުވަހަކުވެސް އިވޭ އަޑުތަކެވެ. މިއީ ހަމަ ކޮންމެ ދުވަހަކު އިވޭ ވަރަށް އަދައިގެ ވާހަކައަކަށްވަނީ ވެފަ އެވެ.

ރައްޔިތުންނާއި ހިސާބަށް ތެދު މައުލޫމާތާއި، ސަރުކާރުން ކުރާ ވައްކަމުގެ ވާހަކަތަކާއި، ހިންގާ ކޮރަޕްޝަންތަކާއި، ސަރުކާރު ޒިންމާދާރުކުރުވާ ބައެއްގެ ގޮތުން އެންމެ ހިތި ތަޖުރިބާ ކުރަންޖެހިފައިތިބި ބަޔަކީ ރާއްޖެޓީވީއެވެ. ރާއްޖެޓީވީގެ ހަ އަހަރުގެ ތާރީހުގައި ސްޓޭޝަން އަންދައި، އަޅިޔަށް ހަދާލައިފި އެވެ. ނޫސްވެރިން، މަރާލުމަށް އެކި ހަމަލާތައްދީފި އެވެ. ދުވާލަކު ދެ ފަހަރަށް ދައުލަތުގެ އިދާރާތަކުން ރާއްޖެޓީވީއަށް ފިޔަވަޅު އެޅުމަށް ކެނޑިނޭޅި މަސައްކަތްކުރެވެ. ރާއްޖެޓީވީގެ ނޫސްވެރިން އެތަށް އެއްވުންތަކެއްގައި ލިބުނު އަނިޔާތަކާއެކު ހޮސްޕިޓަލްތަކުގައި ފަރުވާދީފި އެވެ. ހުއްޓުމެއް ނެތި ރާއްޖެޓީވީގެ މުވައްޒިފުންނަށް އިންޒާރުތައް ދެމުންގެންދެއެވެ. ރާއްޖެޓީވީގެ އެތަށް މުވައްޒިފުންނަށް ކޯޓުތަކަށް ގެންގޮސް، ބޮޑެތި ދައުވާތަކެއް އުފުލަމުންގެންދެއެވެ. ހުކުމްތައް އިއްވުމަށް އޮތީ، ތައްޔާރުވެފަ އެވެ. ނަމަވެސް މި ނުރައްކާތެރި މާހައުލުގައިވެސް، ރާއްޖެޓީވީގެ އެއްވެސް މުވައްޒިފަކަށް ރައްކާތެރިކަންދޭނެ ދައުލަތުގެ އިދާރާއެއް ނެތެވެ.

ޤާނޫނު އަސާސީން ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރާނެ އިދާރާތަކެއް އޮތީ ކަނޑައަޅާފަ އެވެ. ނޫސްވެރިން، ޒިންމާދާރުކުރުމުގެ އިތުރުން ނޫސްވެރިންގެ ދިފާއުގައި، ނޫސްވެރިކަމުގެ ދިފާއުގައި އެ އިދާރާތަކުން މަސައްކަތް ކުރަންޖެހޭނެ ކަމަށް އޮތީ ކަނޑައަޅާފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލަކީ އެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މިނިވަން މުއައްސަސާތަކެވެ.

ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނަކީ މިއަދު ނުކުޅެދޭ މުއައްސަސާތަކެވެ. ކޮމިޝަން ނުކުޅެދޭ ތަނަކަށް ހެދީ ކޮމިޝަންގައި ތިއްބައްވާ މެމްބަރުންނެވެ. ވަކި ބައެއްގެ ނުފޫޒުގައި މިނިވަންކަން ގެއްލުވާލި ބަޔަކީ އެ ކޮމިޝަންގައި "މިނިވަންކަމުގެ" ބޮޑު އަޅުއްވައިގެން ތިއްބެވި މެމްބަރުންނެވެ. އެ ބެފުޅުން ވަރަށް ފުރިހަމައަށް އެއް ކަމެއް ކުރެއެވެ. އެއީ ރާއްޖެޓީވީގެ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމުގެ މަސައްކަތެވެ. އެހެން އެއްވެސް ޓީވީ ސްޓޭޝަނެއްގެ މައްސަލަ ނުބެލިނަމަވެސް އެ ބެފުޅުންނަށް ރާއްޖެޓީވީގެ މައްސަލަތައް ބަލާ ފިޔަވަޅު އެޅޭއެވެ. ނަމަވެސް ނޫސްވެރިކަމާއި، ބްރޯޑްކާސްޓަރުންގެ ހައްޤުގައި ހަމަ އެންމެ ބަހެއްވެސް އެ ކޮމިޝަނަށް ބުނާކަށެއް ނުކުރެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ބުރަކޮށް އުޅުއްވަނީ ބްރޭކިންގ ނިއުސްތަކާއި، ސޮފްޓް ނިއުސްއަކީ ކޮބައިކަން ނޫސްވެރިންނަށް ބުނެދިނުމަށެވެ. ޒިންމާއަދާ ނުކުރެއްވިނަމަވެސް އެ މަސައްކަތް ވަރަށްވެސް ފުރިހަމައަށް ޝަހީބް ކުރައްވަމުންގެންދަވައެވެ. ނޫސްވެރިކަން ކަފުންކޮށް ވަޅުލާއިރުވެސް، ސަމާލުކަމެއް ވެސް ނެތެވެ. ބޭރު ދަތުރުތަކާއި ބޮޑު މުސާރައިގެ އަވައިގައި ޖެހި ދުނިޔެވީ މަންފާއަށް ގެއްލި ހުސްވެފަ އެވެ.

ނޫސްވެރިޔެއްގެ ޓެގް އަޅުވައިގެން، ބްރޯޑްކާސްޓަރުގެ ދިފާއުގައި މަސައްކަތްކުރައްވަން ތިއްބެވި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން، އެބޭފުޅުންގެ ޒިންމާ އަދާނުކުރިނަމަވެސް، ދަންނަވާލަން އޮތީ ރާއްޖެޓީވީގެ ނޫސްރިންގެ މައްޗަށް ހުކުމްކޮށް، ޖަލަށްލިކަމުގައިވިނަމަވެސް ނޫސްވެރިކަމުގެ ދިފާއުގައި ސްޓޭޝަނުންކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި ކޮންމެ ފަދަ ނުރައްކަލެއް ކުރިމަތިކުރިކަމުގައިވިނަމަވެސް ރާއްޖެޓީވީގެ ނޫސްވެރިން ރައްޔިތުންނަށް ތެދު ގެނެސްދޭނެ ކަމެވެ. ތިޔަހެން ދޭ އަނިޔާއަކުން، ކުރާ ހުކުމަކުން، ރާއްޖެޓީވީ އާއިލާގެ، އެންމެ ފުރަތަމަ ގައުމު މޮޓޯއަށް ބަދަލެއް ނާންނެއެވެ. އަންނަން އޮތް ޖީލުތަކުގެ ހައްގުގައި މި ހަނގުރާމަކުރާނީ، ޖަލުގެ ބިރަށް، އަނިޔާގެ ތަދަށް ބެލުމެއް ނެތި އެވެ. ރާއްޖެޓީވީއާއި ވިސާމާއި ލީވާން އަދި ޒަރީރާއި ފިޔާޒު ވެސް ދާނީ ކުރިއަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް