17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ގްރީސްގެ އަލިފާން

ގްރީސްގެ އަލިފާނުގެ ހާދިސާ: ދިރި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަނީ

  • އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
  • އަލިފާނުގެ ހާދިސާ އަކީ ބަޔަކު ގަސްދުގައި ކުރިކަމެއް ކަމަށް ބެލެވޭ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 25 ޖުލައި 2018 | ބުދަ 12:40 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


އެމެޖެންސީކޮށް އެހީފޯރުކޮށްދޭ ފަރާތްތައް ގްރީސްގައި ހަރަކާތްތެރި ވަނީ -- އީޕީއޭ

މަޝްހޫރު ގްރީސްގެ މަޓީ އަވަށުގައި ފެތުރުނު އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަހު ދިރިތިބި މީހުން ހޯދަން ފެށި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 74 އަރާފައެވެ.

ސަރުކާރުން ބުނި ގޮތުގައި ގިނަ މީހުން މަރުވެފައި ވަނީ ވެރިރަށް އެތެންސްގެ އިރުއުތުރުގައި ހިނގި އެ އަލިފާނުގެ ހާދިސާއިން ސަލާމަތްވުމަށް އުޅުމުގެ ތެރޭގައި ކަމަށް ބުނެފައެވެ.

ސަލާމަތްވި މީހުން ބުނީ ގިނަ ބަޔަކު އަލިފާނުން ސަލާމަތްކަން ހޯދަން ދިޔައީ އެ އަވަށާއި ގުޅިފައިވާ މޫދަށް ކަމަށެވެ. އަދި އެއްބަޔަކު މޫދަށް އެރުނުއިރު ފަހަތުން ރޯވެފައިވާ އަލިފާނުގެ ސަބަބުން ބުރަކަށި ވަނީ ފިހިފައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރަސް ވަނީ ކުއްލި ހާލަތު އިއުލާންކޮށް، އެމެޖެންސީކޮށް އެހީފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ބާރު މިނުގައި ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ގްރީސްގެ ސަރުކާރުން އެ އަލިފާންގަނޑުނިއްވާފައިވަނީ ޔޫރަޕުގެ އެހީއާއެކުއެވެ. އިޓަލީ، ޖަރުމަނު، ޕޮލެންޑު އަދި ފްރާންސުން ވަނީ އެ އަލިފާން ނިއްވުމަށްޓަކައި ވައިގެ ޒަރިއްޔާއިންނާއި އެހެނިހެން ގޮތްގޮތުން އުޅަނދުތަކާއި ފަޔާފައިޓަރުން ފޮނުވާފައެވެ.

އެ ހާދިސާއަކީ 2007 ވަނަ އަހަރު ގްރީސްގެ ޖަންގަލިތަކުގައި ރޯވެ، 84 މީހަކު މަރުވި ފަހުން އެގައުމުގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

ސަރުކާރުން ބުނީ އެ ހާދިސާ އަކީ ބަޔަކު ގަސްތުގައި ހިންގި ކަމަކަށް ބެލެވޭ ކަމަށެވެ. ސަބަބަކަށް ސަރުކާރުން ބުނީ އަލިފާން 15 ދިމާލަކުން އެއްވަގުތެއްގައި ފެނިފައިވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް