22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ޕާކިސްތާނުގެ ޢާއްމު އިންތިޚާބު

ޕާކިސްތާނުގެ ޢާއްމު އިންތިޚާބު: ވޯޓްލާ މަރުކަޒެއް ގެއްލިއްޖެ

  • ވޯޓު ލުމަށް 85،000 މަރުކަޒު ކަނޑައަޅާފައިވޭ
  • ވޯޓްލާ މަރުކަޒު ގެއްލިފައި ވަނީ އަޚުންއާބާދުގައި
އަބުދުﷲ މުހައްމަދު | 8Abbo

| 25 ޖުލައި 2018 | ބުދަ 11:24 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


25 ޖުލައި 2018ގައި ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި ރާވަލްޕިންޑީގައި އަންހެނުންތަކެއް ވޯޓްލުމަށް ކިއުގައި -- އާކައިވް

ވޯޓްލާ މަރުކަޒެއް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބުނި މަރުކަޒަކަށް ދިޔައިރު އެތަނުގައި ވޯޓްލެވޭނެ ގޮތެއް ނެތިގެން ޕާކިސްތާނުގެ ރައްޔިތުންތަކެއް ޝަކުވާކޮށްފިއެވެ.

ބުދަ ދުވަހު ކުރިޔަށްދާ ޕާކިސްތާނުގެ އާއްމު އިންތިޚާބުގެ ވޯޓްލުން ހެނދުނު އަށެއް ޖެހިއިރު ފެށިގެންދަނީ ކުރިއަށެވެ.

ވޯޓްލާ މަރުކަޒެއް ކަމަށް ބުނެ ވޯޓްލާނެ އިންތިޒާމް ހަމަޖަހިފައި ނުވަނީ އަޚުންއާބާދުގައި ހުންނަ ސަރުކާރުގެ ޕްރީ ސްކޫލެއްގައެވެ. އެތަނަކީ ވޯޓްލާ މަރުޒެއް ކަމަށް ބުނެ އެ އެޑްރެސް ދީފައި ވަނީ އިލެކްޝަން ކޮމިޝަނުންނެވެ.

އެތަނުގައި ހުރި މީހަކާ ހަވާލާދީ ސަމާ ޓީވީގައި ބުނެފައިވާ ގޮތުގައި އެތަނުގައި ތިބި އެއްމެން އެތަނަށް ދިޔައީ އިލެކްޝަންސް ކޮމިޝަނުން މެސެޖް ލިބުމުންނެވެ. އެތަނުގައި އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެތައް ބަޔަކު ތިބި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަށެއް ޖެހިއިރު ވޯޓްލުން ފަށާފައި ވާއިރު 7 ޖެހުމުގެ ކުރިން ގިނަ ސްޓޭޝަންތަކުގެ ކައިރީގައި ކިއު ހަދާފައިވެއެވެ.

ވޯޓްލާ މަރުކަޒުތައް ބަންދުކުރާނީ ހަވީރު ހައެއް ޖަހާއިރުއެވެ

ޖުލައި 25 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވޯޓު ލުމަށް 85،000 މަރުކަޒު ކަނޑައަޅާފައި ވެއެވެ. އިންތިޚާބުގައި، ނޭޝަނަލް އެސެމްބްލީގެ ގޮނޑިތަކަށް 3،765 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް