19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ތަގްސް އޮފް ހިންދުސްތާން

ތަގްސް އޮފް ހިންދުސްތާންގައި ބޭނުންކުރި ދެ ބޯޓު ހަދަން އަހަރެއްހާ ދުވަސް ހޭދަވި

  • އެއްއަހަރު ދުވަހުގެ ތެރޭގައި މި ދެބޯޓު ބަނުމަށް 1000 އެއްހާ މީހުން ހަރަކާތްތެރިވި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 25 ޖުލައި 2018 | ބުދަ 11:21 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


ތަގްސް އޮފް ހިންދުސްތާންގެ ކަވަރ ފޮޓޯއެއް -- ގެޓީ އިމޭޖާސް

އާމިރު ޚާންއަކީ އަބަދުވެސް އޭނާ ކުޅޭ ކޮންމެ ފިލްމަކަށް ވަރަށް ތައްޔާރުވާ މީހެކެވެ.

ފަހަކަށް އައިސް އޭނާ ކުޅެފައިވާ ހުރިހާ ފިލްމުތަކަކީވެސް ބެލުންތެރިންގެ ތަރުހީބު ބޮޑު ފިލްމުތަކެވެ.

އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އާމިރުޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު ތަގްސް އޮފް ހިންދުސްތާނުގައި ޝޫޓުކޮށްފައިވާ ބޮޑުބަޔަކީ ކަނޑާއި ބޯޓުތަކުގެ މަންޒަރުތަކެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފިލްމުގައި ބޭނުންކޮށްފައިވާ ދެ ބޯޓު ހެދުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަނީ ނަގާފައެވެ. އެ ދެބޯޓުގެ ބަރުދަނުގައި އެކަނިވެސް ދެ ލައްކަ ކިލޯ ހުންނަކަމަށްވެއެވެ.

އިތުބާރު ކުރެވޭ މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ ނޫހެއްކަމަށްވާ ހިންދުސްތާން ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްއަހަރު ދުވަހުގެ ތެރޭގައި މި ދެބޯޓު ބަނުމަށް 1000 އެއްހާ އިންޓަނޭޝަނަލް ޑިޒައިނަރުންނާއި ބޯޓު ބަންނަ މީހުން ވަނީ ހަރަކާތްތެރި ވެފައެވެ. މިދެބޯޓު ބަނދެފައިވަނީ ޔޫރަޕްގެ ގައުމެއްކަމަށްވާ މޯލްޓާގައެވެ. މި ފިލްމުގެ މަންޒަރުތައް ވެސް ނަގާފައި ވަނީ މޯލްޓާ އާއި މުމްބާއީގައެވެ.

ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ވާހަކަ ލިޔެ، ފިލްމު ޑައިރެކްޓްކުރަނީ ވިޖޭ ކްރިޝްނާ އަޗާރިޔާއެވެ.

ތަގްސް އޮފް ހިންދުސްތާނުގައި އާމިރު ޚާންގެ އިތުރުން އަމީތާބް ބައްޗަން އާއި ފާތިމާ ސަނާ ޝައިޚް އަދި ކެޓްރީނާ ކައިފް އާއި މުޙައްމަދު ޒީޝާން އައްޔޫބް ފެނިގެންދާނެއެވެ.

މި ފިލްމާއި ބެހޭގޮތުން މީގެ ކުރިން އާމިރު ޚާން ބުނީ މި ފިލްމުގެ އަސްލު ވާހަކަ ބިނާވެގެންވާނީ ފާތިމާގެ މައްޗަށް ކަމަށާއި ދެން ފެންނަ އެކްޓަރުން އެއީ ސަޕޯޓިން އެކްޓަރުން ކަމަށެވެ. ޑަންގަލް އިން މޮޅު އެކްޓިންއެއް ދައްކުވައިދީފައިވާ ފާތިމާ ގެ ކެރެކްޓާގައި އެކި ކަހަލަ ކުލަތަކެއް އެކުލެވޭނެ ކަމަށާއި އޯޑިއެންސް އެ ފިލްމު ބަލައިގަންނާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް