21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އީއައިއޭ

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

  • ވަރަށް ވިޔާނުދާ އިސްލާހެއްމީ. މިއީ މީހުން ކުރާ ޒާތުގެ ކަމެއް ނޫން: އަސްލަމް
  • މިކަމުގެ ސަބަބުން ބޮއްސުން ލައިގެންގޮސް ފަހުން ހައްލު ނުކުރެވޭވަރުވާނެ
އަހުމަދު މުހުސިނު | dhonbandaara

| 23 ޖެނުއަރީ 2017 | ހޯމަ 22:41 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ބިން ހިއްކަނީ: ޤަވާއިދަށް ވަނީ 4 ވަނަ އިސްލާހް ގެނެސްފައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ޤަވާއިދު 2012 އަށް ސަރުކާރުން އެވަނީ ހަތަރު ވަނަ އިސްލާހު ގެނެސްފައެވެ.

އެ އިސްލާހަށް ބަލާއިރު އެ ޤަވާއިދުގެ ޖަދުވަލު (ޔ) އަށް ގެނައި އިސްލާހުގައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަކާ ނުލައި އެ މަޝްރޫޢަކުން ތިމާވެއްޓަށް ކޮށްފާނެ ފާހަގަ ކުރެވޭ ބަދަލުތައް ކުޑަކުރުމަށް "އެދިޔާރުގެ" (އެދޭ މީހާ) ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން މިނިސްޓްރީއަށް ލިޔުމަކުން ހުށަހެޅުމުން ހުއްދަ ދެވިދާނެ މަޝްރޫއުތަކެއް ބަޔާން ކޮށްފައިވެއެވެ.

ޤަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވާ އެމަޝްރޫޢުތަކަކީ ބަނދަރު އަދި ނެރު ތިލަވުމުން ފުންކުރުމާއި ގެދޮރު އެޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހުންނަ ރުއްގަސް އެގެވަޅުގެ ވެރިފަރާތުން ނެގުމާއި، ގެދޮރު އެޅުމަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މަގުތަކަށް އަރާފައިވާ ރުއްގަސް ނެގުމާއި،  ފެން ނެގުމަށްޓަކައި އެއްގަމުގައި ބޯހޯލް ތޮރުފުން އަދި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށާ ގުޅިގެން އިތުރު ކުރެވިފައިވާ ބިންތަކުގައި އެބިމެއް ހިއްކައި ނިމުނު ދުވަހުން ފެށިގެން 3 އަހަރު ދުވަސްވުމުގެ ކުރިން ހިންގާ މަޝަރޫޢުތަކުގެ ތެރެއިން ތެލާއި ކެމިކަލް ފަދަ ތަކެތި ބޭނުންކޮށްގެން ހިންގާ  މަޝްރޫއުތައް ނޫން މަޝްރޫޢުތައް އަދި  ފަޅެއްގެ ތެރޭގައި ވަކިން ރަށެއްގެ ސިފައިގާ ހިއްކާފައިވާ ބިންތަކުގައި އެބިން ހިއްކާ ނިމުނު ދުވަހުން ފެށިގެން 5 އަހަރު ދުވަސް ވުމުގެ ކުރިން ހިންގާ މަޝްރޫޢުތަކުގެ ތެރެއިންވެސް ތެލާއި ކެމިކަލް ފަދަ ތަކެތި ބޭނުންކޮށްގެން ހިންގާ  މަޝްރޫއުތައް ނޫން މަޝްރޫޢުތަކެވެ.

މިއިސްލާހަށް ބަލާއިރު ހިއްކާ ބިންތަކާއި ފަޅުތަކުގައި 5 އަހަރު ދުވަހުގެ ތެރޭގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ކެމިކަލާއި ތެލާއި ގުޅުން ނެތް މަޝްރޫޢެއް ހިންގާކަށް އީއައިއޭ ހަދާކަށް ނުޖެހެއެވެ.

ތިމާވެށީގެ މާހިރުން ސިފަކުރައްވާ ގޮތުގައި މިއީ ވަރަށް ނުރައްކާތެރި އިސްލާހެކެވެ. އެއިްސލާހުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ހަލާކުވެގެން ހިނގައިދާނެއެވެ. އަދި އެމީހަކު ހިތުހުރި ގޮތަކަށް ކަންކޮށް ނިންމާލުމަށް ޖާގަ ލިބިގެން ދެއެވެ.

ތިމާވެށީގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ރާއްޖޭގެ ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ވަރަށް ވިޔާނުދާ އިސްލާހެއް ކަމަށާއި މިއީ މީހުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމުގެ އިސްދައުރެއް އަދާ ކުރާ ބައެއްގެ ގޮތުން ރާއްޖެ މަޝްހޫރުވެފައި އޮވެގެން މިއީ ކުރާވަރުގެ ކަމެއް ނޫންކަމަށެވެ.

"މިއީ ވަރަށް ވިޔާ ނުދާ ކަމެއް. މިއީކީ މީހުން ކުރާ ޒާތުގެ ކަމެއް ނޫން. މިކަމުގެ ސަބަބުން ތިމާވެއްޓާ ބެހޭ ވުޒާރާއެއްގެ ބޭނުން ނެތިގެން ދާނެ" އަސްލަމް ވިދާޅުވިއެވެ. 

އަސްލަމް ވިދާޅުވީ ކޮންމެ މީހަކުވެސް ތިމަންނާ ކަންކުރާނީ ރަނގަޅަށޭ ބުނެ ހިތަށް އެރި ގޮތަކަށް އެމީހަކަށް ފަސޭހަ ގޮތަކަށް ކަންކުރަން ފަށާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ރެގިއުލޭޝަން ކުރުމުގެ ބޭނުން ނެތި މުޅިން ބޮއްސުން ލައިގެން ދާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާހާ ކަމެއް ކުރަން ފަށާނެ. ރެގިއުލޭޓް ކުރުމުގެ ބޭނުމެއް ނޯންނާނެ. މުޅިން ބޮއްސުން ލައިގެންގޮސް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ" އަސްލަމް ވިދާޅުވިއެވެ

އަސްލަމް ވިދާޅުވީ މިއީ ވަރަށް ބިރުހުރި ކަމެއް ކަމަށާއި މިކަމުން ދޭހަވަނީ އެތައް އަހަރަކުން ސުރެ އަދި ހަމަ ހުރިހާ ސަރުކާރު ތަކުން ރާއްޖޭގައި ހިފަހައްޓާފައިވާ ހަމަތަކާއި އުސޫލުތައް މުޅިން ނައްތާލަން މަސައްކަތް ކުރާތަން ކަމަށެވެ.

ކޮންމެއަކަސް މިގެނެވުނު އިސްލާހާއެކު ބޮޑެތި ކަންބޮޑުވުންތަކެއް މިވަނީ ކުރިމަތި ވެފައެވެ. ތިމާވެށީގެ މާހިރުން ބުނަމުން ދަނީ މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް