14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ދަޅަކް

ޚުޝީ ބޭނުންވަނީ ވެސް ދައްތަ ގޮތަށް އެކްޓަރަކަށް ވާން

  • ޖާންވީގެ ފުރަތަމަ ފިލްމަކީ ދަޅަކް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 25 ޖުލައި 2018 | ބުދަ 09:44 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ވެލެޒިނީ ހައްޔަރު ކޮށްފި


ޚުޝީ(ކ) އަދި ޖާންވީ -- އިންސްޓަގްރާމް

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަރުވި މަޝްހޫރު ފިލްމީ ތަރި ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ ދަރި ޖާންވީ ކަޕޫރުގެ އެންމެ ފުރަތަމަ ފިލްމު ދަޅަކް މިހާރު ވަނީ ސިނަމާތަކަށް އައިސްފައެވެ.

މި ފިލްމު ޕްރޮމޯޓު ކުރުމަށް އެކި މަސައްކަތް ކުރެވެމުންދާއިރު ޖާންވީގެ ކޮއްކޮ ޚުޝީ ކަޕޫރު އަދި ބައްޕަ ބޯނީ ކަޕޫރު ވެސް ދަނީ ޖާންވީއަށް ސަޕޯޓެއް ދެމުންނެވެ.

ފިލްމު ޕްރޮމޯޓު ކުރުމުގެ ތެރޭގައި ބޯނީއަށް ކުރެވުނު ސުވާލަކީ ޖާންވީ ގޮތަށް ޚުޝީ ވެސް ފިލްމީ ދާއިރާއިން ފެނިދާނެތޯއެވެ.

ޖަވާބުގައި ބޯނީ ކަޕޫރު ބުނީ ޚުޝީ ފުރަތަމަ ބޭނުންވީ މޮޑެލްއަކަށް ވާންކަމަށާއި އެހެން ނަމަވެސް މިހާރު އޭނާ ބޭނުން ވަނީ އެކްޓަރަކަށް ވާން ކަމަށެވެ.

ޖާންވީ ވެސް ވަނީ އޭނާގެ މަންމަ ބޭނުންވަނީ ޚުޝީ އެކްޓަރަކަށް ވާން ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ސްރިދޭވީ ބޭނުންވީ ޖާންވީ މެޑިސިން ދާއިރާއިން ކިޔަވައި ޑޮކްޓަރަކަށް ވުމަށް ކަމަށް ދަޅަކް ޕްރޮމޯޓު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ޖާންވީ ވަނީ ބުނެފައެވެ.

ބޯނީ ކަޕޫރާއި ޖާންވީ، ޚުޝީ އެކްޓަރަކަށް ވުމަށް ބޭނުންވާ ކަމަށް ބުނެފައި ވީނަމަވެސް ޚުޝީ އަދި މިކަމާމެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖާންވީގެ ފުރަތަމަ ފިލްމު ދަޅަކް އަކީ ކަރަން ޖޯހަރް ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.  މި ފިލްމަކީ  2016 ގައި ރިލީޒް ކުރި މަރާޓީ ފިލްމް ސައިރާތު އަސްލަކަށް ބަލައިގެން ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މި ފިލްމުން ޖާންވީއާ އެކު ފެނިގެންދަނީ އިޝާން ހައްތަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް