16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ބޮލީވުޑް

ޓައިގާ ޝްރޮފް 8 ކޮޓަރީގެ ގެއެއް ގަނެފި

  • މި ގެއަށް ބަދަލުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 25 ޖުލައި 2018 | ބުދަ 08:40 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ޓައިގާ ޝްރޮފް -- ގޫގުލް

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮޕް މުމްބާއީ އިން 8 ކޮޓަރީގެ ގެއެއް ގަނެފިއެވެ.

ޓައިގާ މި ގެއަށް ބަދަލު ވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށާއި އެގޭގެ އިންޓީރިއާ ގެ މަސައްކަތްތައް ކުރުމަށް ހަމަޖައްސާފައި ވަނީ ޖޯން އަބްރަހަމްގެ ބޭބެ އެލަން އަބްރަހަމް ކަމަށް ޚަބަރުތައް ބުނެއެވެ.

ގެއެއް ހޯދުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސް ކޮޅެއް ވެފައިވަނިކޮށް އޭނާއަށް މި ޑީލް އައިސްފައި ވަނީ މި މަހުގެ ކުރީކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެކަމާއި އޭނާގެ އާއިލާ ތިބީ ވަރަށް އުފަލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޭގެ އިންޓީރިއާ މަސައްކަތްތައް ކުރުމަށް އެލަން ހަމަޖެއްސީ އެލަން، އޭނާގެ ކޮއްކޮ ޖޯން އަބްރަހަމްގެ ގޭގެ އިންޓީރިއާ މަސައްކަތްތައް ކޮށްފައިވާ ގޮތް ޓައިގާއަށް ކަމުގޮސްފައި ވުމުންނެވެ.

ޓައިގާގެ މަންމަ ހަމަޖައްސައި ދީފައިވާ މި ގޭގައި ޖިމްއަކަށް ޖާގަ ހަދަން އޭނާ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަހަރު ރިލީޒް ކުރި ޓައިގާ ގެ ފިލްމް "ބާޣީ2" ވެފައި ވަނީ މިއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ކާމިޔާބު އެއް ފިލްމަށެވެ. އޭނާ މިހާރު ޝޫޓް ކުރަމުން ދަނީ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އެވެ. މި ފިލްމްގައި އޭނާ ފެނިގެން ދާނީ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތެއިރިއާ އާއި އެކުގައެވެ.  

ދާދިފަހުން ބޮލީވުޑްގެ ތަރި ޝާހިދް ކަޕޫރު ވެސް ވަނީ ވޮރްލީ އިން 56 ކްރޯޑް ރިޕީސްގެ އަގުހުރި އެޕާޓްމަންޓެއް ގަނެފައެވެ.

އުމުރުން 28 އަހަރުގެ ޓައިގާ ވެސް މިހާރު ވެފައި މި ވަނީ ބޮލީވުޑްގެ ޒުވާން ތަރިންގެ ތެރެއިން އެ މީހުންގެ އަމިއްލަ ގެތަކަށް ބަދަލުވާ ލިސްޓަށް އަރާފައެވެ. ބޮލީވުޑްގެ ޒުވާން ތަރިންގެ ތެރެއިން ތާޕްސީ ޕަންނޫ އާޢި، ރަންބީރު ކަޕޫރު އާޢި، އަދިތްޔާ ރޯއީ ކަޕޫރު ވަނީ ދާދިފަހުން ގެ ގަނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް