15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ސުއީ ދާގާ މޭޑްއިން އިންޑިއާ

ސުއީ ދާގާ މޭޑްއިން އިންޑިއާ ޕްރޮމޯޓު ކުރުމުގައި ވަރުން އާއި އަނުޝްކާ

  • މި ފިލްމުން ފެނިގެންދާނީ ވަރުން އާއި އެކު އަނުޝްކާ ޝަރުމާ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 25 ޖުލައި 2018 | ބުދަ 08:01 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
  8. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި


އަނުޝްކާ އާއި ވަރުން -- ޓްވިޓަރ

އަންނަ ސެޕްޓެމްބަރު މަހުގެ 28 ގައި ސިނަމާތަކަށް އަންނަ ސުއީ ދާގާ މޭޑް އިން އިންޑިއާގައި ޕްރޮމޯޓު ކުރުމަށް އެ ފިލްމުގެ ލީޑު ދެ ތަރިން ކަމުގައިވާ ވަރުން ދާވަންއާއި އަނުޝްކާ ޝަރުމާ ފަށައިފިއެވެ.

މިފިލްމަކީ ވަރުން އާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ މައްޗަށް ބިނާކޮށް ހަދާފައިވާ  މި ފިލްމަކީ އިންޑިއާގެ ބައްޕަ ކަމުގައި ބުނާ މަހާތުމާ ގާންދީ އަށް ހާއްސަކޮށްގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ވަރުން ވެސް އަދި އަނުޝްކާ ވެސް ފެންނާނީ ހެދުން ފަހާ މީހެއްގެ ގޮތުގައެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން އެ ދެ ތަރިން ވެސް ވަނީ ފަހަން ދަސްކޮށްފައެވެ.

ސުއި ދާގާ މޭޑް އިން އިންޑިއާ ޕްރޮމޯޓު ކުރުމަށް ވަރުންއާއި އަނުޝްކާ އިންޑިއާގެ 10 ސިޓީއަކަށް ޒިޔާރަތްކޮށް ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަހުމަދު އާބާދާއި، ދިއްލީ އާއި ކޮލްކަތާ އާއި، ލަކްނޫ އާއި ޖައިޕޫރާއި، އިންޑޯ އާޢި، ޕޫން އާއި، ޗަންދިގަޅް އެވެ.

ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިންމާލެވިފައިވާ އިރު ޓްރެއިލާ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރ މަނީޝް ޝަރުމާ ބުނީ ފިލްމު ޕްރޮމޯޓު ކުރުމަށް ވަރުން އާއި އަނުޝްކާ އެކި ސިޓީތަކަށް ގޮސް އެމީހުން އެފިލްމު ގައި ކޮށްފައިވާ ބައެއް އެކްޓްތައް އާންމުންނަށް ދައްކާލާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް