15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޑެމީ ލޮވާޓޯ

އޯވަޑޯޒްވެގެން ޑެމީ ލޮވާޓޯ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

 • ލޮސް އެންޖަލެސްގެ ހޮލީވުޑް ހިލްސްގައި ހުންނަ ޑެމީގެ ގޭގައި އޭނާ ހޭނެތިފައި އޮއްވާ ފެނިފައި ވަނީ އަންގާރު ދުވަހުގެ ވަގުތެއްގައި
 • ޑެމީގެ ހާލު ސްޓޭބަލް ކަމަށާއި މިހާރު ހޭއަރާފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ބުނި
 • މަސްތުވާތަކެތީގެ ވަބާއިގައި ޖެހިފައިވާކަން 25 އަހަރުގެ ޑެމީ ފުރަތަމަ ހާމަކޮށްފައި ވަނީ މީގެ ހަތް އަހަރު ކުރިން
އައިޝަތު ޝާނީ | Shaaknee

| 25 ޖުލައި 2018 | ބުދަ 08:00 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
 8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ޑެމީ ލޮވާޓޯ -- ގެޓީ އިމޭޖާސް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޑެމީ ލޮވާޓޯ އޯވަޑޯޒްވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

ލޮސް އެންޖަލެސްގެ ހޮލީވުޑް ހިލްސްގައި ހުންނަ ޑެމީގެ ގޭގައި އޭނާ ހޭނެތިފައި އޮއްވާ އަންގާރަ ދުވަހުގެ ވަގުތެއްގައި ފެނިފައިވާ ކަމަށާއި އެވަގުތު ނެލަކްސޯން ކިޔާ އެންޓި-އޯވަޑޯޒް ބޭހެއް ބޭނުންކޮށް ފަރުވާ ދީފައިވާ ކަމަށް ޓީއެމްޒީ. އިން ރިޕޯޓް ކޮށްފައިވެއެވެ. އަދި އެއަށް ފަހު އޭނާ ވަނީ ސީޑަރސް-ސިނައި ހޮސްޕިޓަލްއަށް ގެންގޮސްފައެވެ.

އޭނާގެ ހާލު ސްޓޭބަލް ކަމަށާއި މިހާރު ހޭއަރާފައިވާ ކަމަށް ޑެމީގެ ތަރުޖަމާނާ ހަވާލާދީ ބީބީސީން ރިޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން، މީޑިއާތަކުން ފަތުރަމުން ދާ ބައެއް ހަބަރުތަކަކީ ދޮގު ހަބަރު ކަމަށް ފާހަގަކޮށް ޑެމީގެ ތަރުޖަމާނު ވަނީ އޭނާއަށް "ޕްރައިވަސީ" ދިނުމަށް އެދިފައެވެ.

އެ ބުނި ދޮގު ހަބަރުތަކަކީ ސީދާ ކޮން ހަބަރުތަކެއްކަން އޭނާ ބުނެފައި ނުވާއިރު، ޑެމީ އޯވަޑޯޒް ވެފައި ވަނީ ހެރޮއިން އަށް ކަމަށް ބައެއް ރިޕޯޓްތަކުން ބުނާއިރު، އަނެއްބައި ރިޕޯޓްތަކުން ބުނާ ގޮތުގައި ޑެމީ ވަނީ ހެރޮއިން ބޭނުން ކުރިކަމަށް އިންކާރުކޮށްފައެވެ. އަދި ބޭނުން ކުރި ޑްރަގެއް ހާމަ ކުރުމަށް ދަނީ އިންކާރު ކުރަމުންނެވެ. މިއިން އެއްވެސް ވާހަކައެއް އޭނާގެ ޓީމުން ކަށަވަރު ކޮށްދީފަ އެއް ނުވެއެވެ.

މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ ކަން 25 އަހަރުގެ ޑެމީ ފުރަތަމަ ހާމަކޮށްފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ. އަދި އެއަށް ފަހު އެފަދަ ކަމެއް ނުކުރާތާ ހަ އަހަރު ވެފައިވާ އިރު، މަސްތުވާތަކެތި އަލުން ބޭނުން ކުރެވެން ފެށިފައިވާކަން ޑެމީ ވަނީ މިދިޔަ މަހު ހާމަކޮށްފައެވެ.

ޑެމީ ހޮސްޕިޓަލު ގައި އެޑްމިޓް ކޮށްފައިވާ ކަމުގެ އަޑު ފެތުރުމާ އެކު ގިނަ ފަރާތަކަކުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް ހެޔޮ ދުއާގެ މެސެޖް ފޮނުވާފައެވެ. އޭގެ ތެރޭގައި އެލެން ޑިޖެނެރެސް އާޢި، އާރިއާނާ ގްރާންޑޭ އާއި،، ބްރޫނޯ މާސް އާޢި، ކެޝާ ފަދަ ތަރިން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް