12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ރަޝިޔާގެ ޓްރެވަލް ފެއާ

ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

 • މިފެއަރ ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރ މަހުގެ 11 އިން 13އަށް
 • ބައިވެރިވުމުގެ ފުރުޞަތު ޖުލައި 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ
 • މިއީ ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއަރ
ރިޒުނާ ޒަރީރު | RiznaZareer

| 25 ޖުލައި 2018 | ބުދަ 06:55 | |

މަގުބޫލް

 1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
 2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
 3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
 4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
 5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
 6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
 7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
 8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


އެމްއައިޓީޓީ. ފެއަރގެ ތެރެއިން: ރާއްޖެ އިން މިފަދަ ގިނަ ޓްރެވެލް ޝޯވްތަކުގައި ބައިވެރިވޭ -- ޓްވިޓަރ

ރަޝިޔާގައި ބާއްވާ "އޯޓީޑީވައިކޭއެޗް. ލެއިޝަރ 2018" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު, މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް ޓުއާރ އޮޕަރޭޓަރސް (މަޓާޓޯ) އިން ހުޅުވާލައިފިއެވެ.

މިއީ އިންޓަރނޭޝަނަލް ޓްރެވެލް ޓްރޭޑް ޝޯވް އަކަށްވާ އިރު، މިފެއަރ ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރ މަހުގެ 11 އިން 13 އަށް ރަޝިޔާގެ، މޮސްކޯގައެވެ. ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ޖުލައި 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޓާޓޯގެ ކޯ-އެގްޒިބިޝަން ރެޖިސްޓްްރޭޝަން ފޯމް ފުރަން ޖެހޭނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.

މިފެއަރ ގައި ބައިވެރިވާ ރިސޯޓް، ހޮޓާ އަދި އެއަރލައިންތަކުން ދައްކަން ޖެހޭނީ 2،500 ޑޮލަރު ކަމަށާއި ގެސްޓްހައުސްތަކާއި ޓްރެވެލް އެޖެންޓުން ދައްކަން ޖެހޭނީ 2،000 ޑޮލަރު ކަމަށް މަޓާޓޯ އިން ބުންޏެވެ. ފެއަރގައި ބައިވެރިވާ ފަރާތްތަކަށް ދެ މީޓަރު، ދެ މީޓަރުގެ ޖާގައެއް ލިބޭއިރު އެގްޒިބިޓަރ ބެޖްވެސް ލިބޭނެއެވެ.

"އޯޓީޑީވައިކޭއެޗް. ލެއިޝަރ" އަކީ 1995 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ފެއަރއަކަށްވާ އިރު މިއީ ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއަރއެވެ. މިފެއަރ މަޝްހޫރުވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ލިބޭ ފެއަރ އެއްގެ ގޮތުގައި ކަމަށާއި އަދި ފެއަރގެ ތެރެއިން މިދާއިރާގައި ހަރަކާތްތެރިވާ ފުންނާބު އުސް ފަރާތްތަކާއި ބައްދަލުވެ ގުޅުން ބަދަހިވެއެވެ. މިފެއަރގެ ތެރެއިން ތަފާތު ގިނަ ދާއިރާ އާއި ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ އިރު، އެޑިއުކޭޝަނަލް ސެޝަންސް، ކަންޓްރީ ޕްރެޒެންޓޭޝަން، ސެމިނަރސް އަދި ނެޓްވޯރކިން އިވެންޓްތައް ހިމެނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއްގައުމަކީ ވެސް ރަޝިޔާއެވެ. އެގޮތުން 2016 ވަނަ އަހަރާއި 2017 ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ފާއިތުވި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 33.1 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 61،931 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ އިރު 2016 ވަނަ އަހަރު ވަނީ 46،522 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް ބަލާއިރު 38،397 ފަތުރުވެރިން ވަނީ ރަޝިޔާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެހެންކަމުން މިއަހަރު ނިމޭއިރު މިއަދަދު އެހެން އަހަރުތަކަށްވުރެ އިތުރުވެގެންދާނެ ކަމަަށް ބެލެވެއެެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް