19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ރާއްޖޭގެ ފަތުރުވެރިކަން

ފުރަތަމަ 6 މަސްދުވަހު އެންމެ ގިނަ ފަތުރުވެރިން އައީ ޔޫރަޕުން

  • މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި އަޅާބަލާއިރު މިއަހަރު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު މަދު
  • ފުރަތަމަ 6 މަސްދުވަހު 726،515 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި
މިއުވާން މުހައްމަދު | Miuvaan

| 25 ޖުލައި 2018 | ބުދަ 03:48 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް -- ފޭސްބުކް

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޔޫރަޕުންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ޓޫރިޒަމް މިނިސްޓްރީއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް އައި ޔޫރަޕްގެ ފަތުރުވެރިންގެ އަދަދަކީ 3 ލައްކަ 72 ހާސް ތިން ސަތޭކަ އަށްޑިހަ އަށެކެވެ. މިއީ މިއަހަރުގެ އެމުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ 51.3 އިންސައްތައެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ޔޫރަޕުން އައި ފަތުރުވެރިންގެ އަދަދަށްވުރެ 16.3 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫންމަހުގެ ނިިޔަލަށް ރާއްޖެއަށް ޔޫރަޕުން އައިސްފައިވަނީ 320،162 ފަތުރުވެރިންނެވެ. 

ޔޫރަޕުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ 57 ހާސް އަށްސަތޭކަ ހަތާވީސް ފަތުރުވެރިންނާއިއެކު ޖަރުމަންވިލާތުންނެވެ. ދެވަނައިގައި ވަރަށް ކުޑަ ތަފާތަކާއިއެކު 57،535 ފަތުރުވެރިންނާއިއެކު އޮތީ އިނގިރޭސިވިލާތެވެ. އަދި އިޓަލީވިލާތުންވެސް 56 ހާހަށްވުރެ ގިނަ ފަތުރުވެރިން އައިއިރު ރަޝިޔާއިން 38 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ. 

އެއް ޤައުމަކުން އެންމެ ގިނަ ފަތުރުވެރިން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ޖޫން މަހުގެ ނިޔަލަށް 127،412 ފަތުރުވެރިން ރާއްޖެއަށް އައެވެ. އެހެންނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާއި އަޅާބަލާއިރު 6.5 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށް 180 ހާހަށްވުރެ ގިނަ ފަތުރުވެރިން ޗައިނާއިން އައެވެ. 

ހަމައެކަނި ޖޫން މަހަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީވެސް ޗައިނާއިންނެވެ. ޗައިނާއިން ޖޫން މަހު 22،853 ފަތުރުވެރިން ރާއްޖެއަށް އައިއިރު، އެއީ ރާއްޖެއަށް އެމަހު އައި ފަތުރުވެރިންގެ ގާތްގަނޑަކަށް 4 ބައިކުޅަ އެއް ބައެވެ. ޖޫން މަހު މުޅި ޔޫރަޕުން އައިސްފައިވަނީ 30،765 ފަތުރުވެރިންނެވެ. އެއީ ރާއްޖެއަށް ޖޫން މަހު އައި ޖުމްލަ ފަތުރުވެރިންގެ 32.8 އިންސައްތައެވެ. 

ޖޫން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 93،786 އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 726،515 އެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އައި ފަތުރުވެރިންގެ އަދަދަކީ 657،540 އެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު ވަނީ 10.5 އިންސައްތަ އިތުރުވެފައެވެ.

ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުންދާއިރު، ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ހައި ސީޒަނެވެ. އަދި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެ، އިތުރު ރިސޯޓްތައްވެސް ހުޅުވެމުން ދިޔުމާއިއެކު، މިއަހަރުގެ ހައި ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަޅާއިރު ޓްރެންޑާއި އެއްގޮތަށް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް