25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ޒިމްބާބްވޭގެ އިންތިޚާބު

ޒިމްބާބްވޭގެ އިންތިޚާބަށް ދަނީ ނުފޫޒު ފޯރުވަމުން: އދ

  • އިންތިޚާބު އޮންނާނީ އަންނަ ހޯމަ ދުވަހު
  • މުގާބޭގެ ވެރިކަމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބު
  • ޖުމްލަ 21 ބޭފުޅަކު ރައީސްކަމަށް ވާދަކުރައްވާ
މިއުވާން މުހައްމަދު | Miuvaan

| 25 ޖުލައި 2018 | ބުދަ 01:29 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ޒިމްބާބްވޭގެ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ނަންގަގްވާ (ވ) އަދި އިދިކޮޅު ލީޑަރު ޗަމީސާ (ކ) -- ރޮއިޓަރސް

އަންނަ ހޯމަ ދުވަހު ޒިމްބާބްވޭގައި ބާއްވާ އާއްމު އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އޮފީހުން ބުނެފިއެވެ. 

މި އިންތިޚާބަކީ ޒަމާންތަކެއް ވަންދެން ޒިމްބާބްވޭގައި ވެރިކަންކުރެއްވި ރޮބަރޓް މުގާބޭ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޤާމުން ވަކިކުރެވުނު ފަހުން އެޤައުމުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ. މުގާބޭއަށްފަހު ވެރިކަމަށް ވަޑައިގެންނެވި އެމަރސަން ނަންގަގްވާ މިއިންތިޚާބުގައި ވާދަކުރައްވާއިރު، އެމަނިކުފާނާއި އެންމެ ގާތުން ވާދަކުރައްވާނީ އިދިކޮޅު ލީޑަރު ނެލްސަން ޗަމީސާއެވެ. 

އިންތިޚާބަށް ނުފޫޒުތަކެއް ފޯރުވުމަށް މަސައްކަތްކުރާކަމަށް އދއިން ތުހުމަތުކުރިއިރު، އެކަންކުރަނީ ކޮން ބައެއްކަމެއް އދއިން ބުނެފައެއް ނުވެއެވެ. އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރަށްފުށު ހިސާބުތަކުގެ މީހުން ގަދަކަމުން ކެމްޕޭން ރެލީތަކަށް ގެންދާކަމަށް އދއިން ތުހުމަތުކުރެއެވެ. ވަކިބައެއްގެ ނަން އދއިން ފާހަގަ ނުކުރިނަމަވެސް ވެރިކަންކުރާ ޒާނޫ-ޕީއެފް އިން އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ތުހުމަތުކޮށްފައިވެއެވެ. 

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އޮފީހުން ނެރުނު ރިޕޯޓެއްގައިވަނީ ޒިމްބާބްވޭގައި ޑިމޮކްރަސީއަށް މަގުފަހިވެގެންދާތީ އެކަން ފާހަގަކުރާކަމަށާއި، އެހެންނަމަވެސް ވޯޓަށް ނުފޫޒު ފޯރުވުމަށް ހިންގޭ އަމަލުތަކާއިމެދު ކަންބޮޑުވާކަމަށެވެ. ގަދަކަމުން މީހުން ކެމްޕޭން ރެލީތަކަށް ގެންދިޔުމުގެ އިތުރުން ވޯޓުލާ މީހުންނަށް ބިރު ދެއްކުމާއި، ފުރައްސާރައިގެ އަމަލުތަކުގެ ރިޕޯޓްތައް ލިބެމުންދާތީ ކަންބޮޑުވާކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އޮފީހުން ނެރުނު ރިޕޯޓްގައިވެއެވެ. 

ވެރިކަންކުރާ ޒާނޫ-ޕީއެފްގެ ޖަލްސާތަކަށް ސްކޫލް ކުދިންނާއި ޓީޗަރުން ގަދަކަމުން ގެންގޮސް، ޕާޓީ ޕްރޮމޯޓްކުރާ ހެދުން ލައްވާ މައްސަލައިގައި ޓީޗަރުންގެ ޖަމްއިއްޔާއަކުން ޒިމްބާބްވޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައެއްގައި، ދަރިވަރުންނާއި ޓީޗަރުން ޖަލްސާތަކަށް ގެންދިޔުން މަނާކޮށް، އެޕާޓީގެ މައްޗަށް ޒިމްބާބްވޭގެ ހައިކޯޓުން ހުކުމެއްވެސް ނެރެފައިވެއެވެ. 

ކެމްޕޭނުގެ ތެރެއިން ނަންގަގްވާގެ ކެމްޕޭން ޖަލްސާއަކަށް މިދިޔަ މަހު ބޮމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން 2 މީހަކު މަރުވެފައިވެއެވެ. ނަންގަގްވާ ތުހުމަތުކުރައްވާ ގޮތުގައި މިހަމަލާއަކީ ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއަށް ވަފާތެރި ފެކްޝަނަކުން ހިންގި އަމަލެކެވެ. 

މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހައްދަވާނެކަމަށް ނަންގަގްވާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ 16 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިންތިޚާބު އޮބްޒަރވްކުރުމަށް ވިލާތުގެ އިއްތިޙާދާއި އެމެރިކާގެ އޮބްޒަރވަރުންނަށް ނަންގަގްވާ ވަނީ ދައުވަތު ދެއްވާފައެވެ. މުގާބޭ ވަނީ މީގެ ކުރިން ހުޅަނގުގެ އޮބްޒަރވަރުން އެޤައުމަށް ވަނުން މަނާކުރައްވާފައެވެ. 

މީގެ އިތުރުން ޒިމްބާބްވޭގެ އަސްކަރިއްޔާއިންވެސް ވަނީ އިންތިޚާބުގައި ވަކިކޮޅަކަށް ނުޖެހޭނެކަން އިއުލާންކޮށްފައެވެ. އެހެންނަމަވެސް މީގެ ކުރީގެ އިންތިޚާބުތަކުގައި އިދިކޮޅު ފަރާތްތައް މޮޅުވެއްޖެނަމަ އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރާނެކަމަށް އަސްކަރިއްޔާގެ އޮފިޝަލުން ފާޅުގައި ވިދާޅުވެފައިވެއެވެ. 

ހޯމަ ދުވަހު ބާއްވާ އިންތިޚާބުގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ އިތުރުން ޤާނޫނު ހަދާ މަޖިލީހަށާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރުން އޮންނާނެއެވެ. އާއްމު އިންތިޚާބަށް 120 ޕާޓީއަކުން ކުރިމަތިލާފައިވާއިރު، ރިޔާސީ އިންތިޚާބަށް ނަންގަގްވާއާއި ޗަމީސާގެ އިތުރުންވެސް 21 ކެންޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. 

ދެކުނު އެފްރިކާގެ ދިރާސާކުރާ ކުންފުންޏަކުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ނަންގަގްވާ އިންތިޚާބުގެ 40 އިންސައްތަ ކާމިޔާބުކުރައްވާނެއެވެ. އަދި ޗަމީސާ 37 އިންސައްތަ ކާމިޔާބުކުރައްވާނެއެވެ. އެހެންކަމަށްވާނަމަ ދެވަނަ ބުރަކަށް ދާން ޖެހޭނެއެވެ. 

މިފަހަރުގެ އިންތިޚާބުގައި ޒުވާނުންގެ ވޯޓު މުހިއްމު ދައުރެއް އަދާކުރާނެއެވެ. ޒިމްބާބްވޭގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަށްވުރެ ބޮޑު ބަޔަކީ 25 އަހަރުން ދަށުގެ ޒުވާނުންނެވެ. އަދި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 43.5 އިންސައްތައަކީ 35 އަހަރުން ދަށުގެ ޒުވާނުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް