19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޓްރާންސްފާ މާކެޓް

ރޯމާގެ ކިބައިން ބަދަލުހިފައި ބާސާއިން މެލްކޮމް ގެންގޮސްފި

  • ބާސާއިން ވަނީ އޭނާ ހޯދުމަށް 41 މިލިއަން ޔޫރޯ ހުށަހަޅާފައި
  • މެލްކޮމް ބާސާއާއެކު ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 ޖުލައި 2018 | އަންގާރަ 21:38 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ބާސާގެ އައު ވިންގަރ މެލްކޮމް -- ގެޓީ އިމޭޖާސް

މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން ބަލިވެ ބާސެލޯނާ މުބާރާތުން ކެޓުމާ އެކު އެކަމަށް ބަދަލުހިފައި ރޯމާއިން ގެންނަން މަސައްކަތްކުރި ބޯޑޯގެ ބްރެޒިލް ޒުވާން ވިންގަރ މެލްކޮމްގެ ސޮއި ބާސާއިން ހޯދައިފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ރޯމާއިން ވަނީ ބޯޑޯއާ އެކު މެލްކޮމް ހޯދުމަށް 38 މިލިއަން ޔޫރޯގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް ބާސާ އިން ވަނީ އެންމެ ފަހު ވަގުތު ރޯމާގެ އެއްބަސްވުން ހައިޖެކްކޮށް ރޯމާއިން ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައެވެ. އެގޮތުން ބާސާ އިން ވަނީ އޭނާ ހޯދުމަށް 41 މިލިއަން ޔޫރޯގެ އިތުރުން ބޯނަސްގެ ގޮތުގައި އެއް މިލިއަން ޔޫރޯ  ބޯޑޯއަށް ދީފައެވެ. 

ބާސާއާ އެކު މެލްކޮމް ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. 

ބާސާއިން މެލްކޮމް ގެނައުމަށް ނިންމީ ޗެލްސީ އިން އެޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގަރ ވިލިއަން ވިއްކުމަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ. 

މެލްކޮމް ހޯދުމަށް މީގެ ކުރިން އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕަރސް އިން ވެސް ވަނީ ޖެނުއަރީ މަހުގެ ތެރޭގައި ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެވަޓަން އިން ވެސް އޭނާ ހޯދުމަށް ބިޑު ކުރިއިރު މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކް އަދި އިންޓަ މިލާންގެ އިތުރުން ޕީއެސްޖީ އިން ވެސް އޭނާ ގެންނަން ޝައުގުވެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މެލްކޮމް ވެގެންދާނީ އައު ސީޒަނަށް ބާސާ އިން ގެންނަ ތިން ވަނަ ކުޅުންތެރިޔާއަށެވެ. އެޓީމުން ވަނީ ސެވިއްޔާއަށް ކުޅުނު ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް އަދި ގްރެމިއޯގެ މިޑްފީލްޑަރު އާތުރު ވެސް ގެނެސްފައެވެ. 

މެލްކޮމް ވަނީ މިދިޔަ ސީޒަނުގައި ބޯޑޯއަށް ކުޅުނު 96 މެޗުގަައި އެޓީމަށް 23 ލަނޑު ޖަހައިދީފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް