24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފީފާ ދަ ބެސްޓް އެވޯޑް

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

 • އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ލިސްޓެއް ވަނީ އިއުލާންކޮށްފައި
 • މި ލިސްޓުގައި ނޭމާ ނުހިމެނޭ
 • މިއެވޯޑްތަކަށް ވާދަކުރާ ފަރާތްތަކަށް ވޯޓްލުމަށް ފީފާއިން ވަނީ މިހާރު ހުޅުވާލާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 ޖުލައި 2018 | އަންގާރަ 20:50 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 5. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 7. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 8. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު


ރޮނާލްޑޯ އެމްބާޕޭ އަދި މެސީ - މި ތިން ކުޅުންތެރިން ވެސް ވަނީ މިއެވޯޑަށް ނޮމިނޭޓް ވެފައި -- ގެޓީ އިމޭޖާސް

ފީފާ އިން ކޮންމެ އަހަރަކު ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފިއެވެ. 

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ލިސްޓެއް އިއުލާންކޮށްފައެވެ. މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ؛

 1. ކްރިސްޓިއާނޯ ރޮނާލްޑޯ (ޔުވެންޓަސް/ޕޯޗުގަލް)
 2. ކެވިން ޑެބްރައިން (މެންޗެސްޓާ ސިޓީ/ބެލްޖިއަމް)
 3. އެންޓޮއިން ގްރީޒްމަން (އެޓްލެޓިކޯ މެޑްރިޑް/ފްރާންސް)
 4. އެޑެން ހަޒާޑް (ޗެލްސީ/ބެލްޖިއަމް)
 5. ހެރީ ކޭން (ޓޮޓެންހަމް ހޮޓްސްޕަރސް/އިނގްލޭންޑް)
 6. ކިލިއަން އެމްބާޕޭ (ޕީއެސްޖީ/ފްރާންސް)
 7. ލިއޮނެލް މެސީ (ބާސެލޯނާ/އާޖެންޓީނާ)
 8. ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް/ކްރޮއޭޝިއާ)
 9. މުހައްމަދު ސަލާހު (ލިވަޕޫލް/އިޖިޕްޓް)
 10. ރަފައޭލް ވަރާން (ރެއާލް މެޑްރިޑް/ފްރާންސް)

މިދިޔަ އަހަރު މި އެވޯޑް ކާމިޔާބުކުރި ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުނު ރެއާލް މެޑްރިޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޔޫރަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ލިއޮނެލް މެސީ ގެންދިޔައިރު ފްރާންސްގެ ކުޅުންތެރިންގެ ގޮތުގައި އެންޓޮއިން ގްރީޒްމަން އަދި ރަފައޭލް ވަރާންގެ އިތުރުން ކިލިއަން އެމްބާޕޭ ވަނީ ވާރލްޑް ކަޕް މިއަހަރު ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ މުހައްމަދު ސަލާހު އަދި ހެރީ ކޭންގެ ފަރާތުން ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ކްރޮއޭޝިއާ ފައިނަލަށް ގެންގޮސްދިން ކެޕްޓަން ލޫކާ މޮޑްރިޗް ވެސް ވަނީ ލިސްޓުގައި ހިމަނާފައެވެ. ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ. މީގެ އިތުރުން ބެލްޖިއަމްގެ ދެ ކުޅުންތެރިން ކަމަށްވާ ހަޒާޑް އަދި ޑެބްރައިން ވެސް ވަނީ ލިސްޓުގައި ހިމަނާފައެވެ. 

މިދިޔަ އަހަރު ތިން ވަނަ ހޯދި ނޭމާއަށް މި ލިސްޓުން ފުރުސަތު ދީފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި އޭނާގެ އަޑު މަޑުވެފައިވާ އިރު މި މަހު ނިމިގެންދިޔަ ވޯލްޑް ކަޕްގައި ވެސް އޭނާ އަށް އެދެވިގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 

ފީފާއިން ވަނީ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރާ 11 ކޯޗުން ވެސް އިއުލާންކޮށްފައެވެ. އެ ލިސްޓުގައި ހިމެނޭ ކޯޗުންނަކީ؛ 

 1. މަސިމިލިއާނޯ އަލެގްރީ (ޔުވެންޓަސް)
 2. ސްޓަނިސްލާސް ޗާޝޯވް (ރަޝިއާ)
 3. ލަޓްކޯ ޑަލިޗް (ކްރޮއޭޝިއާ)
 4. ޑިޑިއާ ޑެޝޭމްޕްސް (ފްރާންސް)
 5. ޕެޕް ގާޑިއޯލާ (މެންޗެސްޓާ ސިޓީ) 
 6. ޔާގެން ކްލޮޕް (ލިވަޕޫލް)
 7. ރޮބާޓޯ މާޓިނޭޒް (ބެލްޖިއަމް)
 8. ޑިއޭގޯ ސިމިއޯނޭ (އެޓްލެޓިކޯ މެޑްރިޑް)
 9. ގެރެތު ސައުތުގޭޓް (އިންގްލޭންޑް) 
 10. އާނެސްޓޯ ވަލްވާޑޭ (ބާސެލޯނާ)
 11. ޒައިނުއްދީން ޒިދާން (ރެއާލް މެޑްރިޑް)

މިއެވޯޑްތަކަށް ވާދަކުރާ ފަރާތްތަކަށް ވޯޓްލުމަށް ފީފާއިން ވަނީ މިހާރު ހުޅުވާލާފައެވެ. މި އެވޯޑަށް ސަޕޯޓަރުންނާއި ނޫސްވެރިން އަދި ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުން ވޯޓު ދޭނެއެވެ. އެވޯޑު ހަފްލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ލަންޑަނުގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތުއްތުނާ

9 މަސް ކުރިން

މަށަށް ހީވަނީ ފީފާގެ މޮޅު ކުޅުންތެރިޔާ ލިބޭނީ ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް/ކްރޮއޭޝިއާ) އަށް

0
1