22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޖަޕާން

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން ކާރިސާއެއް ކަމަށް ކަނޑައަޅައިިފި

  • މިހާތަނަށް 65 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 24 ޖުލައި 2018 | އަންގާރަ 20:41 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ޖަޕާނުގެ މަގެއްގައި ބަޔަކު ހިނގާފައ ދަނީ -- ޔާހޫ

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން މަދުވެގެން 65 މީހަކު މަރުވެފައިވާއިރު، އެ ކާރިސާއަކީ ގައުމަށް ދިމާވެފައިވާ ގުދުރަތީ ކާރިސާއެއް ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ އިން ކަނޑައަޅައިފިއެވެ. 

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާގެ ތަރުޖަމާނަކު މީޑިއާ އަށް ވިދާޅުވެފައި ވަނީ ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް "މިހާތަނަށް އެގައުމަށް ކުރިމަތިވެފައި ނުވާހާ މިންވަރަށް ހޫނު ގަދަވެފައިވާ" ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން 22،000 މީހަކު ވަނީ ހޫނުގަދަވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ކާރިސާ ކުރިމަތިވެފައިވާއިރު، އެ ކާރިސާ އަށް ނިމުމެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ފޯކާސްޓަރުން ބުނެއެވެ. 

ޖަޕާނުގައި މިހާރު އާދަޔާ ޚިލާފަށް ހޫނުގަދަވެފައިވާއިރު، ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، 218 އަށް ވުރެ ގިނަ މީހުން މަރުވެ 12 މީހުން ގެއްލިފައިވާތާ އަދި މަހެއްހާ ދުވަސް ވެސް ނުވެއެވެ. 

ޖަޕާނުގެ ރައްޔިތުން ވީހާ ވެސް ގިނައިން ފެންބޮއެ، އެއާ ކޮންޑިޝަން ބޭނުންކޮށް، އަދި ގިނަ ވަގުތު އަރާމުކުރުމަށް އޮފިޝަލުން ދަނީ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް