21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އޮސްޓްރެއިލިއާގެ ސިއްހަތު

އަނދުން ބޭނުން ކޮށްގެން އޮސްޓްރޭލިއާ ކުޑަކުދިންތަކެއް ވިހަވެއްޖެ

  • ލޭ ތަހްލީލު ކުރިކުރުމުން ހުރިހާ ކުދިންގެ ގައިން ވެސް ވަނީ ލެޑް މައުދަން ފެނިފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 24 ޖުލައި 2018 | އަންގާރަ 19:22 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


ކުދިންތައް ވިހަވީ ޕާކިސްތާނުގެ \'ހާޝްމީ\' ބްރޭންޑްގެ އަނދުން ބޭނުން ކުރުމުން -- ގޫގުލް

ޒީނަތްތެރިވުމަށް ބޭނުން ކުރާ އަނދުން ބޭނުންކޮށްގެން އޮސްޓްރޭލިޔާގައި ކުޑަކުދިންތަކެއް ވިހަވެއްޖެއެވެ. 

އޮސްޓްރޭލިއާ އިން ބުނީ އެ ކުދިންތައް ވިހަވީ ޕާކިސްތާނުގެ "ހާޝްމީ" ބްރޭންޑްގެ އަނދުން ބޭނުން ކުރުމުގެ ސަބަބުން ކަމަށެވެ. އެ އަދުނުގައި ނުރައްކާތެރި މައުދަނެއް ކަމަށްވާ "ލެޑް" އެކުލެވިގެންވާ ކަމެވެ.

އެ މައުދަނަކީ އޭގެ ކުޑަ މިންވަރެއްގެ އަސަރު ވެސް އިންސާނަކަށް ކޮށްފި ކަމުގައި ވާ ނަމަ އުމުރު ދުވަހަށް ދިފާއީ ނިޒާމް ހަލާކުކޮށްލުމުގެ ބާރު ލިބިގެންވާ އެއްޗެކެވެ. ހަށިގަނޑުގެ ހަލާކުކޮށްލައި ބައިތަކުގެ ތެރޭގައި ކިޑްނީ އާއި ސިކުނޑި ވެސް ހިމެނެއެވެ.

ހާޝްމީ ބްރޭޑްގެ އަނދުނުގެ ބާތްވަތްތަކުގެ ތެރޭގައި ލެޑް އެކުލެވިގެންވާ މިންވަރު ހުރީ 84 ޕަސަންޓްގައި ކަމަށާއި ދެން ވެސް އެކުލެވިގެން ވަނީ ނުރައްކާތެރި މައުދަންތައް ކަމަށް އެ ގައުމުން ކުރި ދިރާސައިގައި ވެއެވެ.

އެ ކުދިންގެ ލޭ ތަހްލީލު ކުރިކުރުމުން ހުރިހާ ކުދިންގެ ގައިން ވެސް ވަނީ ލެޑް މައުދަން ފެނިފައެވެ. ނަމަވެސް އޭގެ ސަބަބުން ކުދިންނަށް ލިބިފައިވާ ގެއްލުމުގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އިންސާނުންނަށް ގެއްލުންދޭ މައުދަން އެކުލެވޭ އެ ބްރޭންޑްގެ އަނދުންތައް ވިއްކުމަށް އޮސްޓްރޭލިއާ އިން ހުއްދަ ދީފައި ވަނީ އޭގައި އެ ނުރައްކާތެރި މާއްދާތައް އެކުނުލެވޭ ކަމަށް ލިޔެކިޔުންތަކުން ބުނެފައިވާތީއެވެ.

އެ ކަމުގެ ސަބަބުން އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ވަނީ އެ އަނދުން ބޭނުން ކުރުން މަނާ ކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ވަނީ އެ އަނދުން ވިއްކުން ވެސް މަނާ ކޮށްފައެވެ. އެހެން ސަރަހައްދުތަކުން މަޑު ކުރަނީ އޮސްޓްރޭލިއާގެ ސިއްހަތާއި ބެހޭ އިދާރާގެ ރަސްމީ ބަހެއް ލިބެންދެންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ވިއްކުން މަނާ ކޮށްފައިވާ އެ އަނދުން، ސިއްހަތައް ގެއްލުންދޭ ކަމަށް އޮސްޓްރެއިލާ އިން ކަނޑައަޅައިފި ނަމަ ގާތްގަނޑަކަށް މިލިޔަން ޑޮލަރުން އެ ކުންފުނި ޖޫރިމަނާ ކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް