19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ސްޓާބަކްސް އައުޓްލެޓް

އަޑުއިވުމުން މަހްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސްޓާބަކްސް އިން އެމެރިކާގައި އައުޓްލެޓެއް ހުޅުވަނީ

  • އެމެރިކަން ސައިން ލެންގުއޭޖްގައި ބޭނުންކުރުމުގައި ތަޖުރިބާ ލިބިފައިވާ 20 މުވައްޒަފުން އެ އައުޓްލެޓަށް ވަޒީފާއަށް ނަގާނެ
  • އައުޓްލެޓްގެ ސަބަބުން އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ
  • އެ ކުންފުނިން އެމެރިކާގައި އައުޓްލެޓް ހުޅުވާނެ ދުވަހެއް ނުބުނޭ
ސިމާހާ ނަސީމް | sim_kamana

| 24 ޖުލައި 2018 | އަންގާރަ 17:32 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


އަޑުއިވުމުން މަހްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސްޓާބަކްސް އިން އެމެރިކާގައި އައުޓްލެޓެއް ހުޅުވަނީ -- ގޫގުލް

އަޑުއިވުމުން މަހްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސްޓާބަކްސުން އެމެރިކާގައި އައުޓްލެޓެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

އެ އައުޓްލެޓް ހުޅުވިގެން ދިޔުމާއެކު ސްޓާފުންނަށް ކަސްޓަމަރުންނާ "ސައިން ލެންގުއޭޖް" ބޭނުންކޮށްގެން މުހާތަބު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކަން ސައިން ލެންގުއޭޖްގައި ބޭނުންކުރުމުގައި ތަޖުރިބާ ލިބިފައިވާ 20 މުވައްޒަފުން އެ އައުޓްލެޓަށް ވަޒީފާއަށް ނަގާނެ ކަމަށް ވެސް ސްޓާބަކްސް އިން ބުންޏެވެ. އަދި މި އައުޓްލެޓްގެ ސަބަބުން އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ސްޓާބަކްސް އިން ދެކެއެވެ.

މިހާރުވެސް އަޑުއިވުމުން މަހްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން މެލޭޝިއާގެ ކުއަލަލަންޕޫރުގައި ސްޓާބަކްސްގެ އައުޓްލެޓެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.

އެމެރިކާގައި މި ކަހަލަ އައުޓްލެޓެއް ހުޅުވާނެކަން އެ ކުންފުނިން އިއުލާން ކުރުމުން އާންމުންގެ ފަރާތުން ވަނީ އެ ކުންފުންޏަށް ތައުރީފުކޮށް މަރުހަބާ ކިޔާފައެވެ.

ސްޓާބަކްސް އިން ވަނީ އެ ކުންފުނީގެ 28,000 އައުޓްލެޓްގައި ޕްރާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލާނެ ކަމަށް ވެސް މީގެ ކުރިން ބުނެފައެވެ.

އެ ކުންފުނިން އެމެރިކާގައި އައުޓްލެޓް ހުޅުވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް