13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ޓްރާންސްފާ މާކެޓް

ފުރަތަމަ ސީޒަނާ މެދު ވަރަށް ހިތްހަމަޖެހޭ، ބަޔާންގައި މަޑުކުރަން ބޭނުން: ހަމޭސް

  • ހަމޭސް ބަޔާންއަށް ކުޅެމުން އަންނަނީ ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 ޖުލައި 2018 | އަންގާރަ 16:56 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ަހަމޭސް ބަޔާންގެ ޖާޒީގައި -- ގެޓީ އިމޭޖާސް

ބަޔާން މިއުނިކްގައި ހޭދަކުރި ފުރަތަމަ ސީޒަނާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެކްލަބްގައި މަޑުކުރަން ބޭނުންވާ ކަމަށް ކޮލޮމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ބުނެފިއެވެ. 

ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް ހަމޭސް ބަޔާންއާ ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓުގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ ކޮންޓްރެކްޓް ދެބައިވެފައިވާއިރު އަންނަ ސީޒަނަށް އޭނާ އަލުން އަނބުރާ ރެއާލްއަށް ގެންދަން އުޅޭ ކަމުގެ ރިޕޯޓްތަކެއް ވަނީ ފެތުރިފައެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވުމާ އެކު އޭނާގެ ބަދަލުގައި ހަމޭސް އަލުން އަނބުރާ ރެއާލްއަށް ގެންދަން އެކްލަބްގެ މެނޭޖްމަންޓުން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ހަމޭސް ބުނީ އަދިވެސް އޭނާ ދެމިހުރީ ބަޔާންގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި ފުރަތަމަ ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށް ދެކޭ ކަމަށެވެ. ކްލަބާއި ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި ކްލަބްގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް ހަމޭސް ބުނެފައި ވެއެވެ. 

ބަޔާންގެ ޗީފް އެގްޒެކްޓިވް ކާލް ހެއިންޒް ރުމެނިގާ ވެސް ވަނީ ހަމޭސް އެޓީމުގައި މަޑުކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ ބުނެފައި ވަނީ ސްޕެއިންގެ މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތަކަަކީ ތެދު ޚަބަރުތަކެއް ނޫން ކަމަށާއި އަންނަ ސީޒަނުގައި ވެސް ހަމޭސް ބަޔާން އިން ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. 

ބަޔާންގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ހަމޭސް ވަނީ އެ ޓީމުގެ ފުރަތަމަ އެގާރާގައި މުހިންމު ދައުރެއް އަދާކޮށްފަވެ. ކާމިޔާބު ތިން ސީޒަނަށް ފަހު ހަމޭސް ރެއާލް ދޫކޮށްލީ އެ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ.

ނިމިގެންދިޔަ ސީޒަނުގައި ހަމޭސް ބަޔާންއަށް 39 މެޗު ކުޅެދީ އަށް ލަނޑު ޖަހައިދިނެވެ. ހަމައެހެންމެ ބަޔާން އިން ބުންޑެސްލީގާ ކާމިޔާބުކުރިއިރު އެޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ހަމޭސްއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް