17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެމެރިކާ-އީރާން

ސިންގާގެ ނަގުލާ ނުކުޅޭތި: ރޫހާނީ

  • އެމެރިކާ އާއި އީރާނުގެ އެންމެ މަތީ ވެރިންގެ ދެމެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވެމުން
ރާއްޖެ އެމްވީ | raajjemv

| 24 ޖުލައި 2018 | އަންގާރަ 14:16 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އީރާނުގެ ރައީސް ހަސަން ރޫހާނީ -- ގޫގުލް

އީރާން އާ އެމެރިކާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސް ކުރެއްވުމަށް، އެމެރިކާގެ ރައީސް ޓްރަމްޕް މަސައްކަތް ނުކުރެއްވުމަށް، އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެ، އެމެރިކާއަށް ރޫހާނީ އިންޒާރު ދެއްވައިފިއެވެ.

ރޫހާނީ ވިދާޅުވީ އެމެރިކާ އިން އީރާނަށް ކުރިމަތި ލާ ނަމަ އޭގެ ނަތީޖާ އަކަށް ވެގެން ދާނީ ހަނގުރާމަ ތަކުގެ މަންމަ ހަނގުރާމަ އަށް ކަމުގައެވެ.

"ސިންގާގެ ނަގުލާ ނުކުޅޭތި، ނޫނީ ފަހުން އެކަމާ ހިތާމަ ކުރަން ޖެހިދާނެ." ރޫހާނީ އާދިއްތަ ދުވަހު ވިދާޅުވިއެވެ.

ދެގައުމުގެ އެންމެ މަތީ ވެރިންގެ މެދުގައި ބަސްމަގު ހޫނު ވެގެން ދިޔައީ އީރާނުން ބޭރުގެ ގައުމުތަކާ އެކު ކުރާ ތެލުގެ ވިޔަފާރި އަށް އެމެރިކާއިން ހުރަސް އަޅަމުން ގެންދިއުމާ ގުޅިގެން އެކަމަށް އީރާނުން ރައްދު ދިނުމުންނެވެ.

އީރާނުގެ ރަސްމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރޫހާނީ ވިދާޅުވީ:

"އީރާނާ އެކު ސުލްހަ ވުމަކީ ސުލްހަ ތަކުގެ މަންމަ ސުލްހަ ވުން، އީރާނާ ދެކޮޅަކަށް ހަނގުރާމަ އަށް ނުކުތުމަކީ ހަނގުރާމަ ތަކުގެ މަންމަ ހަނގުރާމަ އަށް ނުކުތުން". ކަމަށެވެ.

އީރާނުގެ ރައީސް ވަނީ، ސަރަހައްދުގެ އެހެން ހުރިހާ ގައުމަކުން ތެލުގެ ވިޔަފާރި ކުރަމުން ދާއިރު އީރާނުން އެއްވެސް ކަމެއް ނުކޮށް އެތަން ބަލަން އޮންނަންވީތޯ ސުވާލު ކުރައްވާފައެވެ.

އީރާނުން ބުނަނީ އެގައުމުގެ ތެލުގެ ވިޔަފާރިއަށް ހުރަސް އަޅާ ނަމަ އެހެން ގައުމުތަކުން ކުރާ ތެލުގެ ވިޔަފާރިއަށް ދަތި ކުރަން އެގައުމަށް ޖެހިދާނެ ކަމަށެވެ.

އީރާނާ އާ އޮމާން އާ ދެމެދު އޮންނަ ސްޓްރައިޓް އޮފް ހޯމޫޒް ކިޔާ ކަނޑުއޮޅި އަކީ ތެޔޮ ޓޭންކަރުތައް ދަތުރު ކުރުމަށް ބޭނުން ކުރާ މުހިންމު ކަނޑުއޮޅި އެއް ކަމަށް ވެފައި އެ ކަނޑުއޮޅިއަކީ އީރާނުގެ ބާރު ހިނގާ ތަނަކަށް ވުމާއެކު، އީރާނުން ކަނޑުއޮޅީގެ ދަތުރު ތަކަށް ހުރަސް އަޅައިފި ނަމަ ސަރަހައްދުގެ ގައުމުތަކުން ކުރާ ތެލުގެ ވިޔަފާރިއަށް ބޮޑު ދައްޗަކާ ކުރިމަތިވާނެ ކަމަށް ބެލެއެވެ.

މި ކަނޑުއޮޅި އަށް އިޝާރާތް ކުރައްވާ އީރާނުގެ ރައީސް ވިދާޅުވެފައިވަނީ ސްޓްރައިޓް އޮފް ހޯމޫޒްގެ ސަލާމަތީ ކަންކަމަކީ ފެށުނީއްސުރެ ވެސް އީރާނުން ބަލަހައްޓަމުން އައި ކަމެއް ކަމަށެވެ. އަދި އެއްވެސް ބަޔަކު އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރޫހާނީގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ސްޓްރައިޓް އޮފް ހޯމޫޒް ގެ ތެރެއިން 2016 ވަނަ އަހަރު އެކަނިވެސް ދުވާލަކު 18.5 މިލިއަން ފީފާ ތެޔޮ އުފުލާފައިވާ ކަން ރެކޯޑް ކުރެވިފައިވެއެވެ.

އީރާނުގެ ވިޔަފާރިއަށް އެމެރިކާ އިން ހުރަސް އަޅަމުން ގެންދަނީ އެމެރިކާ، ރަޝިއާ، ޔޫކޭ، ފްރާންސް، ޖަރުމަނު ވިލާތް، ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަން އެކުލެވޭ ގޮތުން އީރާނާ އެކު ހަދާފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ އިން އަމިއްލަ އަށް ވަކިވުމާ އެކުގައެވެ.

ނިއުކްލިއަރ އެއްބަސްވުމާ އެމެރިކާ އިން ވަކިވި ނަމަވެސް ޔޫރަޕިއަން ޔޫނިއަން އިން ބުނެފައިވަނީ، އެއްބަސްވުން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އީރާނާ އެކު ކުރަމުންދާ ވިޔަފާރިތަކަށް ވެސް ހުއްޓުމެއް ނުގެންނާނެ ކަމުގައެވެ.

އީރާނުގެ ސަރުކާރާ އެގައުމުގެ ރައްޔިތުންނާ ދެމެދު ނުތަނަވަސް ކަން އިތުރު ކުރުމަށް ވެސް އެމެރިކާ އިން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ.

ރޫހާނީގެ ވާހަކަފުޅުގައި އެކަމަށްވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް