24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ވަޒީފާގައި ހޭދަކުރާ

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

  • ގްރީސްގައި މުވައްޒަފުން އަހަރަކު 2035 ގަޑި އިރު މަސައްކަތުގައި ހޭދަކުރޭ
  • ވަޒީފާ އަދާ ކުރާ ވަގުތު މަދު ކުރުމުން މަސައްކަތުގެ 20 ޕަސެންޓް ޕްރޮޑަކްޓިވިޓީ އިތުރުވޭ
  • އަދާކުރާ ވަޒީފާ އާއި އަމިއްލަ ނަފްސަށް ލިބޭ ހިންހަމަޖެހުފައި ވަރަށް ބޮޑަށް ވަނީ ގުޅިފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 24 ޖުލައި 2018 | އަންގާރަ 11:58 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަގަޅުވޭ -- ހިއުމަން ރިސޯސެސް އޮންލައިން

އެންމެ ގިނައިން ކުންފުނިތަކުގެ އިސްވެރިން ނުވަތަ މެނޭޖަރުން ދައްކާ ވާހަކައަކީ ވަޒީފާ އަދާ މީހުންގެ ކަންޖޫސް ވާހަކައެވެ. ހަވާލުކުރާ މަސައްކަތް ކުރާއިރު އޮފީހަށް ސަލާމް ގިނައިން ބުނާ ވާހަކައެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ޕްރޮޑަކްޓިވް މަސައްކަތްތަކެއް ކުރާ، ހިތްހަމަޖެހިގެން ވަޒީފާ އަދާ ކުރާ މުވައްޒަފުން ފާހަގަކުރެވޭ ދުނިޔޭގެ މަޝްހޫރު ކުންފުނިތައްވެސް އެބަހުއްޓެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު، މަސައްކަތުގެ ވަގުތުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތެވެ. މުވައްޒަފުންގެ ޕްރޮޑަކްޓިވިޓީ އިތުރު ކުރެވޭނެ ގޮތްތަކަކީ ކޮބައިކަމާ އެންމެ ރަނގަޅު އުކުޅު ތަކަކީ ކޮބައިތޯ ބަލާލާނަމެވެ.

އާންމުގޮތެއްގައި ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް މިހާރަކަށް އައިސް އެއް އޮފް ދުވަހުގެ ބަދަލުގައި ދެ އޮފް ދުވަސް ވެސް ދެމުންދެއެވެ. މި ބަދަލުތަކާއެކުވެސް ވެސް މަސައްކަތުގެ ޕްރޮޑަކްޓިވިޓީ އިތުރަށް ރަނގަޅުވާ ކަމަށް ތަރައްގީވެފައިވާ ގައުމުތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ވަޒީފާ އަދާ ކުރާ ވަގުތު މަދު ކުރުމުންވެސް ފެނިގެންދަނީ މަސައްކަތުގެ 20 ޕަސެންޓް ޕްރޮޑަކްޓިވިޓީ އިތުރުވިތަނެވެ. އަދި މުވައްފަޒުން ވަޒީފާއާއި މެދު ހިތްހަމަޖެހޭ މިންވަރު އިންތިހާއަށް އިތުރުވެގެންދެއެވެ. ނިއުޒިލެންޑްގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމުގައިވާ ޕާޕެޗުއަލް ގާޑިއަން ކުންފުނިން ވަނީ އަމަލީ ގޮތުން މިކަން ތަޖުރިބާކޮށްފައެވެ.

މި އެކްސްޕެރިމެންޓްގެ ނަތީޖާގެ އަލީގައި އޯކްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލިޖީގެ ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ޕްރޮފެސަރ ޖެރާޑް ހާރް ވިދާޅުވީ، އަދާކުރާ ވަޒީފާ އާއި މީހާގެ ނަފްސަށް ލިބޭ ހިތްހަމަޖެހުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އަދާ ކުރާ ވަޒީފާ އާއި ގޭގައި އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުން މިހާއަށް ލިބޭ ހިތްހަމަޖެހުން އިތުރުވެ، އަދާ ކުރާ ވަޒީފާގައި ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މަގުފަހިވާ ކަމަށެވެ.

ގައުމުތަކަށް ބަލާއިރު ގްރީސް އަކީ ވަޒީފާގައި ގިނަ ވަގުތު މުވައްޒަފުން ހޭދަކުރާ އެއް ގައުމެވެ. އެހެން ނަމަވެސް މުވައްފަޒުންގެ ޕްރޮޑަކްޓިވިޓީއަށް ބަލާއިރު އެގައުމު ހިމެނެނީ ލިސްޓުގެ ފުލުގައެވެ. ޖަޕާނަށް ބަލާއިރު އެގައުމަކީ ގިނަ ވަގުތު މުވައްޒަފުން ވަޒީފާގައި އުޅޭ ގައުމެކެވެ. އެހެން ނަމަވެސް އޭގެއިން އެގައުމުގެ ޕްރަޑަކްޓިވިޓީއަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. ޖަޕާނުން މިހާރު މަސައްކަތް ކުރަނީ އިތުރު ވަގުތުގައި މަސައްކަތް ކުރުން ހުއްޓުވާ މުވައްޒަފުން ވަޒީފާގައި ހޭދަ ކުރާ ވަގުތު މަދު ކުރުމަށެވެ.

ސްވިޑެންއަށް ބަލާއިރު މުވައްޒަފުން މަސައްކަތުގައި ހޭދަކުރަންޖެހެނީ އެންމެ ހަ ގަޑިއިރެވެ. އެހެން ނަމަވެސް މުވައްޒަފުންގެ މަސައްކަތުގެ ކުއަލިޓީ ރަނގަޅު ކަމަށާއި ސްޓްރެސް މަދުވުމާއި އާއިލާއާއި އެކު ވަގުތު ހޭދަކުރުމަށް އިތުރު ފުރުސަތު ލިބުމުގެ ސަބަބުން އަދާކުރާ ވަޒީފާއަށް ފަރުވާ ބަހައްޓާ މީހުން އިތުރުވެއެވެ. މަސައްކަތް ކުރުމަށް ފަރުވާ ކުޑަކުރާ މީހުންނާއި މަސައްކަތަށް ސަލާމް ބުނާ މީހުން މަދެވެ.

އައިސްލޭންޑްގައިވެސް ވަނީ ވަޒީފާ އަދާ ކުރާ ވަގުތު މަދު ކުރުމުގެ އެކްސްޕެރިމެންޓެއް ހަދާފައެވެ. އެ ގައުމުގެ ސިޓީއެއްގެ މީހުން ވަޒީފާ އަދާ ކުރަންޖެހޭ ވަގުތު ހަތަރު ގަޑިއިރާއި ފަސް ގަޑިއިރަށް ބަދަލު ކުރިއެވެ. މިއާ އެކު ވަޒީފާ އަދާ ކުރުމުގައި މުވައްޒަފުންގެ ޝައުގުވެރިކަން އިތުރުވެ މުވައްޒަފުން ސިކް ލީވް ނެގުން މަދުވިއެވެ. މިއާއެކީ ހަރަދުތައް ކުޑަވެ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންދިޔަ އެވެ. މިފަދަ ހުރިހާ ހޯދުންތަކުންވެސް އެނގިގެންދަނީ މަސައްކަތް ކުރުމަށް ވަގުތު މަދު ކުރުމުން މުވައްޒަފުންގެ ޕްރޮޑަކްޓިވިޓީ އިތުރުވެގެންދާ ކަމެވެ. ގިނަ ވަގުތު މުވައްޒަފުން ވަޒީފާގައި އުޅުމަކުން އެމީހާއަކީ އެންމެ ޕްރޮޑަކްޓިވް މީހާއެކޭ އަދިހަމަ ނުބުނެވޭނެއެވެ.

އެންމެ ޕްރޮޑަކްޓިވިޓީ ރަނގަޅު ގައުމުތަކަށް ބަލާއިރު ޖަރުމަނަކީ ދުނިޔޭގައިވެސް ނަމޫނާ ގައުމެކެވެ. އެގައުމަކީ އެއްވެސް ވަރަކަށް އިތުރު ވަގުތުގައި މަސައްކަތްކުރުމަށް ތާއީދު ކުރާ ގައުމެއް ނޫނެވެ. އެގޮތުން އަހަރަކު އެގައުމުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ވަޒީފާގައި ހޭދަކުރަނީ 1363 ގަޑިއިރެއެވެ. އެއީ ދުނިޔޭގެވެސް އެންމެ ގިނަ ވަގުތު މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ހޭދަކުރާ މެކްސިކޯ އަށް ވުރެ 892 ގަޑިއިރު މަދު އަދަދެކެވެ. މެކްސިކޯގައި އަހަރު 2255 ގަޑި އިރު މުވައްޒަފުން ވަޒީފައި ހޭދަކުރެއެވެ. އެހެން ނަމަވެސް ޕްރޮޑަކްޓިވިޓީއަށް ބަލާ އިރު އެގައުމު އުޅެނީ ލިސްޓުގެ އެންމެ ފުލުގައެވެ. ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު އެންމެ ގިނަ ވަގުތު މަސައްކަތުގައި މުވައްޒަފުން ހޭދަކުރާ ގައުމަކީ ގްރީސްއެވެ. ގްރީސްގައި މުވައްޒަފުން އަހަރަކު 2035 ގަޑި އިރު ވަޒީފާގައި ހޭދަކުރެއެވެ.

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ޕާފޯމެންސް ރަގަޅު ކުރުމަށްޓަކައި ކުންފުނިތަކަށް ކުރެވޭނެ އެއް ކަމަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުވައްޒަފުންގެ ހިޔާލު ހޯދުމެވެ. އަދި އުސޫލުތައް ކަނޑައެޅުމުގައި މުވައްޒަފުން ބައިވެރި ކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް