15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ބޮލީވުޑް

ސަންޖޭ ދަތުގެ އަންހެނުންގެ 40 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

  • ވީޑިއޯގައި ސަންޖޭ އާއި ދެ ދަރިން ފެނިގެންދޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 24 ޖުލައި 2018 | އަންގާރަ 03:39 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ސަންޖޭ ދަތާއި އޭނާގެ އަންހެނުން މަންޔަތާ -- ގޫގުލް

ސަންޖޭ ދަތުގެ ދިރިއުޅުމުގައި ހޭދަކުރި އެންމެ ހިތްދަތި ދުވަސްތަކާއި އުފާވެރި ދުވަސްތަކުގައި އެންމެ ގާތުގައި ހުރި އޭނާގެ އަންހެނުން މަންޔަތާ ދަތުގެ 40 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފިއެވެ.

މަންޔަތާ އެކު ކޭކުފަޅަނިކޮށް އިންސްޓަގްރާމްގައި ޝެއަރ ކޮށްފައިވާ ވީޑިއޯގައި ފިރިމީހާ ސަންޖޭ އާއި ދެ ދަރިން ކަމަށްވާ އިގްރާ އާއި ޝަހުރާން ފެނިގެން ދެއެވެ. މީގެ އިތުރުން ވެސް މި ހަފްލާގައި އެމީހުންގެ ގާތް ރައްޓެހިން ވަނީ ބައިވެރި ވެފައެވެ.

އަޅި ކުލައިގެ ވިދާ ފޮތީގައި ފަހާފައި ހުރި ރީތި ކުރު ހެދުމެއްގައި މަންޔަތާ ހުރި ފޮޓޯތަކުގެ އިތުރުން އާއިލާއާ އެކުގައި ނަގަފައިވާ ފޮޓޯތައް ވެސް ޝެއާކޮށްފައި ހުއްޓެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކާމިޔާބު ފިލްމް "ސަންޖޫ" ރިލީޒް ކުރި ދުވަހު މަންޔަތާ ވަނީ އެނާގެ ފިރިމީހާއަށް ވަރަށް އަސަރުގަދަ މެސެޖެއް ދީފައެވެ.

އެދުވަހު އޭނާގެ އިންސްޓަގްރާމްގައިވަ މެސެޖްގައި ވަނީ ދެ ކުދިންނާ އެކު ސަންޖޭ ދަތު ނަގާފައިވާ ފޮޓޯއެއް ޝެއަރކޮށްފައެވެ، އޭގައި ކެޕްޝަނެއްގެ ގޮތުގައި ޖަހާފައި ވަނީ ކުރީގެ މަޝްހޫރު ލަވައެއް ކަމަށްވާ "ރުކްޖާނަ ނެހީ ތުކަހީން ހާރްކޭ... ކާޓޯންޕޭ ޗަލްކޭ މިލޭންގެ ސާޔޭ ބަހާރުކޭ" އެވެ.

މިދިޔަ ޖޫން މަހުގެ 29 ގައި ރިލީޒްކުރި "ސަންޖޫ" ވަނީ ބޮލީވުޑްގައި ގިނަ ރެކޯޑްތަކެއް މުގުރާފައެވެ. އެގޮތުން ފިލްމް އެޅުވި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް މި ފިލްމް ވަނީ ވެގެން ގޮސްފައެވެ. މި ފިލްމްގައި މަންޔަތާގެ ރޯލުން ފެނިގެން ދަނީ ދިޔާ މިރްޒާއެވެ. އަދި ސަންޖޭދަތުގެ ރޯލުން ފެނިގެން ދަނީ ރަންބީރު ކަޕޫރެވެ. ރަންބީރު މިހާތަނަށް ކުޅުނު ފިލްމްތަކުގެ ތެރެއިން ވެސް ފިލްމް އެޅުވި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައި ވަނީ މި ފިލްމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް