19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބައިތުލްމާލުން ވައްކަން ކުރުން

ރައްޔިތުންގެ ބައިތުލްމާލު 'ދަވާލީ' ކާކުކަން އެންމެންނަށް ވެސް އެނގޭ!

 • އެމްއެމްޕީއާރުސީން އެކަނި ވެސް 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވޭ
 • ސަރުކާރުގެ ކުންފުނިތަކުން ވެސް ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ފެންމަތިވެފައިވޭ
 • ބޮޑު އަގުގައި މަޝްރޫއުތައް ހިންގާފައިވޭ
މުހައްމަދު ފަޒީން | phaxyn

| 23 ޖުލައި 2018 | ހޯމަ 23:57 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 4. ޕްރިޔަންކާ އިނީ ބަލިވެ؟
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަދީބު -- އާކައިވް

ދިވެހިރާއްޖެއަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ޖަޒީރާ ގައުމެކެވެ. އޭގެ ފައިދާ ރަނގަޅުގޮތުގައި ބޭނުން ހިފައިފި ނަމަ ރާއްޖެއަށް ވުރެ ވަކި އަމާން އަދި ފުދުންތެރި ރައްޔިތެއް ދިރިއުޅުމެއް އުޅެވޭނެ ގައުމެއް ނޯންނާނެ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަމައެކަނި ރާއްޖޭގެ ފަޅު ރަށްތަކާއި ފަޅުތަކާއި ކަނޑުގެ ރޯދީގެ ބޭނުންކޮށްގެން ވެސް ރާއްޖެއަކީ ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ހެދިދާނެއެވެ. މި ދައްކަނީކީ ރޮކެޓް ސައިންސްގެ ވާހަކައެއް ނޫނެވެ. އެއީކީ ހަމައެކަނި މިއަދު ލިބިފައި އޮތް ފުރުސަތެއް ވެސް ނޫނެވެ. ދިވެހި ގައުމު ގައުމެއްގެ ގޮތުގައި ދެމިއޮތް ދުވަހުން ފެށިގެން ވެސް އެކަން އޮތީ އެގޮތަށެވެ. މައްސަލައަކީ ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދޭނެ ރަނގަޅު އިހުލާސްތެރި ވެރިން އިހުތިޔާރު ކުރެވިފައި ނުވުމެވެ. ނުވަތަ ރައްޔިތުން އިހުތިޔާރުކުރާ ވެރިން ރައްޔިތުންނަށް "ދޯކާ" ދެނީ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭތާ އެތައް ހާސް އަހަރެއް ވެފައިވާއިރު، ރާއްޖެ އިސްލާމުވިތާ ވެސް 800 އެތައް އަހަރެއް ފާއިތުވެއްޖެއެވެ. މިއަދާ ހަމައަށް ވެސް ދިވެހި ގިނަ ރައްޔިތުން ތިބީ ނިކަމެތި ހާލަތުގައެވެ. ގިނަ ރަށްރަށުގައި ސާފު ބޯފެން ނެތްއިރު، ނަރުދަމާ ނިޒާމު ގާއިމު ކުރެވިފައެއް ނުވެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއެވެ. ބޯހިޔާވަހިކަން ނުލިބިގެން އުޅެނީ ކޮންމެހެން ރާއްޖޭގައި ގޯތި ގެދޮރުއަޅާނެ ބިން ނެތިގެނެއް ވެސް ނޫނެވެ. ވެރިންގެ އިހުލާސްތެރިކަން ނެތީއެވެ.

ރާއްޖޭގައި މި ފަހަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމަށް ބުނެ ވައުދުވެ، އައި ސަރުކާރަށް ހިފަހައްޓާލެވުނީ އެންމެ ތިން އަހަރުއެވެ. ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުން ކޮރަޕްޓް ވެފައިވާ ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުން ވެގެން އެސަރުކާރު ވަނީ ބަދަލު ކޮށްފައެވެ. ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިންގެ ގޮތުގައި އުޅުއްވާ ވެރިންގެ ވެސް އިހުލާސްތެރިކަން ހަމަ ނެތީއެވެ.

އަސްލު މައުލޫއަށް ޖެހިލާނަމެވެ. މިހާތަނަށް ދައުލަތުން އެންމެ ބޮޑު ހިޔާނަތްވެފައި ވަނީ މިހާރު ވެރިކަން ކުރަމުންދާ ސަރުކާރުންނެވެ. އެއީ އެއްވެސް ރައްޔިތަކު ދެބަސްވާ ކަމެއް ނޫންނެވެ. ސަރުކާރުގެ ވެރިން ވެސް އެއްބަސްވެލައްވައެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާ ހިޔާނާތަކީ ސަރުކާރުގެ ވެރިންގެ މެދުގައި ވަރަށް ބޮޑަށް ރޭވިގެން ހިންގާފައިވާ ވައްކަމުގެ ބޮޑު މައްސަލައެކެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން ހިޔާނާތް ހިންގާފައި ވަނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އެނގުމާއި ފެނުމުގެ ތެރެއިންނެވެ. އެކަން ކަށަވަރުވާ ބައިވަރު ހެކިތައް އެހުރީ ފެންމަތި ވެފައެވެ.

ފުރަތަމަ ހެއްކަކީ ރައީސް ޔާމީން އަމިއްލަ ފުޅަށް ވެވަޑައިގެންނެވި އިއުތިރާފެވެ. ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ފައިސާ، ކަޅު ފޮށި ފޮއްޓަށް އަޅައިގެން ވެއްދީ ހަމައެކަނި، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ދޫވެއްސަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ގެކޮޅަށް ވެއްދި އެ ފައިސާއަކީ ހަލާލު ފައިސާއެއް ނޫންކަން ރައީސް ޔާމީން ވަނީ އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ އެވާހަކަފުޅަށް ބާރު ލިބޭ އެހެނިހެން ކަންކަމަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ފުލުހުން ހިންގިއިރު، އެމްއެމްޕީއާރުސީގެ އޮފީހުންނާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ގެއިން ވެސް ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވެއެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި އެފައިސާތަކަށް ދެން ހެދީ ކިހިނެއްކަން އެނގޭ މީހަކު މި އުޑުދަށުގައި ހުރި ކަމަކަށް ނުވެއެވެ.

ދެން އޮތީ އެންމެ ފަހުން ފެންމަތިވެގެން މިދިޔަ ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އަދި ގިނަ ދުވަސްތަކެއް ވަންދެން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި 100 ވަރަކަށް ދުވަހު ނައިބު ރައީސްކަން ވެސް ކުރެއްވި އަހުމަދު އަދީބުގެ ވާހަކައެވެ.

އަދީބު ވިދާޅުވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގައުމު ހިންގަވަމުން ގެންދެވީ ރައީސް ޔާމީން ނޫން ކަމަށާއި އެމަނިކުފާނު އުޅުއްވީ އެމްއެމްޕީއާރުސީން ލިބުނު ޑޮލަރު މާރުކުރެއްވުމާއި ގުނުއްވުމުގައި ކަމަށެވެ.

ގައުމު ހިންގުމުގައި އުޅުއްވީ އަދީބު ކަމަށް އޭނާ އެވިދާޅުވާ ވާހަކައިގައި ހަގީގަތެއްވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އޭރު ސަރުކާރުގެ މުޅި މޫނުމަތިން އަދީބު ފެންނަމުން ދިއުމާއި ސަރުކާރު ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އަދީބު އަވަދިނެތި އުޅުއްވާފައި ވުމެވެ. ހުދު ރައީސް ޔާމީން ވެސް މިހާތަނަށް އަދީބާ ގުޅޭ ގޮތުން ވިދާޅުވެފައިވާ ވާހަކަތަކުން އެކަން އެނގެއެވެ. އެއްކަމަކީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފުލް ކޮންޓްރޯލް އަދީބުގެ އަތުގައި އޮތުމެވެ. ސަރުކާރުގެ ވަޒީރުން އުޅުއްވީ މުޅިން ވެސް އަދީބުގެ އަރިހުގައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކުން ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުގެ ފުލް ކޮންޓްރޯލް އަދީބަށް އޮތްކަން ދޭހަވެ އެވެ. އަދި އަދީބަށް 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށާއި އަދީބަކީ ހާލިދުބުން ވަލީދު ފަދަ ބޭފުޅެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާތީ، ގައުމު ހިންގުމުގައި އަދީބު އުޅުއްވާތަން ފެންނަލެއް ގިނަވެގެން ދިޔައީ އެހެންވެގެން ކަމަށް ވެސް ވެދާނެއެވެ.

ސަރުކާރުން ހިންގާފައިވާ ޖަރީމާތުގެ ވާހަކަ އަދީބާއި އެކަމުގައި ކުރިން އުޅުނު ބައެއް ފަރާތްތަކުން ފެންމަތި ކުރަމުންދާއިރު އޭގައި ހަގީގަތެއް އެކުލެވިގެންވާ ކަމަށް ބެލެވެއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެކަންކަމުގައި އުޅުނު ފަރާތްތައް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ގޮސް ނިމެނީ ރައީސް ޔާމީނާ ހަމައިންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބު ވިދާޅުވަނީ އެމްއެމްޕީއާރުސީ އަށް ލިބުނު ޑޮލަރު ޗެކްތައް ދިވެހި ފައިސާއަށް މާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނު އެ ފައިސާ ގުނުއްވަމުން ގެންދެވީ އޭރު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި އަދި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ގ. ދޫވެހީގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކާއެކުގައި ކަމަށެވެ.

އަދީބުގެ އެވާހަކަތަކުން އާ ވާހަކައަކަށްވީ ގ. ދޫވެހީގެ ކުޑަ ކޮޓަރިއެއްގައި ބިދޭސީއަކާ އެކު އެފައިސާ ގުނުއްވަމުން ގެންދިޔަ ކަމަށް ވިދާޅުވާ ވާހަކައެވެ. ގ. ދުވެއްސަށް އެމްއެމްޕީއާރްސީގެ ފައިސާ ވަދެފައިވާ ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފު ވެވަޑައިގެންނަވާފައިވާއިރު، އަދީބުގެ އެންމެ ގާތް އެކުވެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނަނީ ކަޅު ދަބަހުގައި ރައީސް ޔާމީނަށް ފައިސާ ފޯރުކޮށް ދީފައިވާނެ ކަމަށެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ ގެކޮޅަށް ވަދެފައިވާ ކަމަށް އަމިއްލަ ފުޅަށް ވިދާޅުވެފައިވާއިރު، އަމިއްލަފުޅު ބޭންކު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ދައުލަތުގެ ބައިތުލްމާލުން މިހާބޮޑެތި ވައްކަމާއި ހިޔާނާތުގެ އަމަލުތައް ހިންގާފައިވާއިރު، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ދުވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފަހަތުންނެވެ.

ތަހުގީގެއް ހިންގާލާނެ ހިތްވަރެއް ނެތެވެ. އެކަމަކު މިއީ ވެސް ސައްތަ އިން ސައްތަ މުސްލިމު ގައުމެކޭ ބުނާއިރު، ލަދު ގަންނަންޖެހެއެވެ. ދުނިޔޭގެ އެންމެ ބޮޑު ޔަހޫދީ ދައުލަތުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ އޭނާގެ ގެ ފުލުހުން ޗެކްކޮށް، ތަހުގީގު ހިންގާފައި ވެއެވެ. އަދި ނަތަންޔާހޫގެ އަނބިކަބަލުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ތަހުގީގު ހިންގާފައިވާއިރު އަނބިކަނބަލުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ. ނަމަވެސް މި ގައުމުގައި ވެރި މީހާއާ ސުވާލެއް ކޮށްލާނެ މީހަކު ވެސް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް