25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ޒުވާނުންގެ އުއްމީދު

"އަލަތު ކައިވެނީގެ ފްލެޓް" ހުވަފެނީ ބިލާހަކަށް!

  • ދައުރު ނިމޭ އިރު މި ސަރުކާރުން އެއްވެސް ފްލެޓެއް ނާޅާ
އާމިނަތު ނުޒުހާ | nuzu8121

| 23 ޖުލައި 2018 | ހޯމަ 21:47 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ބަލައިގަތުން ކުރިއަށް ދަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ޒުވާނުންނަށް ވަރަށް ގިނަ ވައުދުތައް ވެވަޑައި ގަންނަވަމުންނެވެ. ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ. ޒުވާނުންނަށް އެތައް ހުވަފެނެއް ދައްކަވަމުންނެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައި ދެއްވުމަށް ރައީސް ޔާމީން ވައުދުވެ ވަޑައިގަތެވެ. ޒުވާނުންނަށް ރައްކާތެރި މާހައުލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަލަތު ކައިވެންޏާ އެކު ޒުވާނުންނަށް ފްލެޓް ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ވައުދުތަކަކާ އެކު ރައީސް ޔާމީން ވޯޓު ހޯއްދެވުމަށް ޒުވާނުންގެ ގާތަށް މީހުން ފޮނުއްވާއިރު، 2013 ގެ ވައުދުތައް ފުއްދުނީ ކިހާވަރަކަށްތޯ ޒުވާނުން ސުވާލުކުރާނެއެވެ.

އަލަތު ކައިވެންޏާ އެކު ޒުވާނުންނަށް ފްލެޓް ދޭނެ ކަމަށް ޕީޕީއެމް. އިން ވި ވައުދަކީ ޒުވާނުން ބަލައިގަތް ވައުދެކެވެ. ތޮއްޖެހިފައިވާ މި މާލޭގައި ދިރިއުޅޭ ޒުވާނުންނަށް އެންމެ ބޭނުންވެފައި ވި އެއްކަމަކީ، ބޯހިޔާވަހިކަމެވެ. ދިރިއުޅޭނެ ތަނެއް ނެތިގެން، އަދި އަތްފޯރާ އަގެއްގައި ތަނެއް ކުއްޔަށް ހިފޭނެ ގޮތެއް ނެތިގެން ކައިވެންޏެއް ނުކޮށް ތިބި ޒުވާނުންގެ އަދަދު މަދެއް ނޫނެވެ. އެ ޒުވާނުންނަށް ޕީޕީއެމް. އިން 2013 ގައި ވި ވައުދަކީ އެ ޒުވާނުން ކައިވެނިކޮށްގެން ދިރިއުޅޭނޭ ބޯހިޔާވަހިކަމެއް ހޯދައި ދިނުމެވެ.

އެމްޑީޕީ. ގެ ވެރިކަމުގައި ފްލެޓްތައް އެޅުމުގެ މަސައްކަތް ފަށައި، އެކަން ކުރަމުން ދިޔަލެއް ފަސޭހަކަމުން ޒުވާނުންނަށް ހީކުރެވުނީ ޕީޕީއެމް. ގެ ސަރުކާރެއްގައި ވެސް ފަސޭހަ ރަހުމަތެއްގައި އެކަން ވެދާނެ ކަމަށެވެ. ފްލެޓް އެޅުމަކީ ރޮކެޓް ސައިންސް ނޫންކަން އޮތީ ވިސްނިފައެވެ. އެހެންނަމަ ވެސް، ފްލެޓް އެޅުމުގެ ނަމުގައި ކޮރަޕްޝަން ހިންގައި، ފްލެޓް ޕްރޮޖެކްޓްތައް ހިންގާނެ ގޮތެއް ނޭނގި، އެމްޑީޕީ. ގެ ސަރުކާރުގައި އެޅި ފްލެޓްތައް ވެސް ބެހުމުގައި އިންތިހާއަށް ކޮރަޕްޝަން ހިންގަފާނެ ކަމަށް ޒުވާނުން ހިއެއް ނުކުރެއެވެ.

ކޮންމެއަކަސް ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައީއެވެ. މި ސަރުކާރުން އެޅި ފްލެޓެއް ފެންނާކަށް ނެތެވެ. ސޯޝަލް ހައުސިންގ ޕްރޮޖެކްޓްތަކުގެ ތެރެއިން ރައީސް ނަޝީދުގެ ސަރުކާރުން ފެށި ޕްރޮޖެކްޓްތައް ފިޔަވައި، އިތުރު ޕްރޮޖެކްޓެއް ފެށިފައެއް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ކުރީކޮޅު ކައިވެނިކުރި ޒުވާނުންނަށް ދަރިން ލިބި، އެކުދިން ޕްރީސްކޫލް ފެށިއިރު ފްލެޓެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތެވެ. އަލަތު ކައިވެންޏާ އެކު ފްލެޓް ލިބޭނެ ކަމަށް އޮންނަ އުއްމީދަށް ވުރެ ޕީޕީއެމްއަށް ކުރާ އަލަތު ސޮޔާ އެކު ފްލެޓް ލިބޭނެކަމުގެ އުއްމީދު މާބޮޑެވެ. އެހެނަސް، އެއީ ހަމައެކަނި އުއްމީދެކެވެ. އެއުއްމީދު މިސަރުކާރަށް ހަޤީޤަތަކަށް ހަދައެއް ނުދެވުނެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ދެން ފެށީ ހިޔާ މަޝްރޫއު ނަމުގައި އަނެއްކާ ވެސް ލޮލުގައި އަނދުން އެޅުވުމުގެ މަޝްރޫޢެކެވެ. ސަރުކާރުގެ ކުންފުނިތަކުން ފްލެޓް އަޅައިދެނީއޭ ބުނެ، އަމިއްލައަށް ޚަރަދު ބަރަދު ނުބެލެހެއްޓޭ ކުންފުނިތަކުން ވެސް ފެށީ ފްލެޓް އަޅާށެވެ. އެތަންތަނުގައި ވަޒީފާތަކުގައި ތިބި ޒުވާނުން ވެސް މޮޅުތަކެއް ވެދާނެ ކަމަށް ހީކޮށްގެން ތިއްބާ ކުއްލިއަކަށް އެމީހުންނަށް އެންގީ ބޮޑެތި ޑައުންޕޭމަންޓް ދެއްކުމަށެވެ. އެވަރުގެ އަދަދެއް ދައްކާކަށް ކެރިކުޅަދާނަ ޒުވާނުން އެކުންފުނިތަކަކު ނެތެވެ. ޒުވާނުންނަށް ހައްތަހާ ވެސް ދޯކާއެވެ. އަނެއްކޮޅުން ހިޔާ މަޝްރޫއުގެ ދަށުން އަލަތު ކައިވެނިކުރާ ފަރާތްތައްކަށް ކަނޑައެޅީ މުސްތަގުބަލެއް ނެތް ފްލެޓްތަކެކެވެ. އެއް ކޮޓަރީގެ ފްލެޓްތައް ހާއްސަކޮށްފައި ވަނީ އެ ކެޓެގަރީއަށެވެ. މާނައަކީ އަދި ހަމައެކަނި ކަރުދާހުގައި އޮތް އެ ފްލެޓްތައް ލިބުނެއް ކަމަކު އެ ދެމަފިރިން ދަރިއަކު ހޯދައިގެން ވެސް އުޅެންޖެހޭނީ އެތަނުގައި ކަމެވެ. މިހާރު ވެސް ކިޔާހެން މުޅި އާއިލާ ގޮވައިގެން އުޅެންޖެހޭނީ މީދާ ހޮރެއްގައެވެ. މި ޕްލޭނުން ވެސް އެނގިގެން ދަނީ ޒުވާނުންގެ މުސްތަގުބަލާ މެދު މި ސަރުކާރުން އެއްވެސް ވިސްނުމެއް ނެތް ކަމެވެ. ނުވަތަ ވިސްނުން ހުރީ ނޭފަތު ކުރިއާ ހަމައިގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް