11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ސުގާރ ފްރީ ބްރޭންޑުގެ ހަކުރު

ޑައިބެޓީސް މީހުންނަށް ހާއްސަ 'ސުގާރ ފްރީ' ބްރޭންޑެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

  • ތިން ބާވަތެއްގެ 9 އުފެއްދުމެއް ވަނީ ބާޒާރައް ނެރެފައި
  • މިއީ އިންޑިއާގެ އެއްވަނަ ސުވީޓްނާ ބްރޭންޑް
  • މިބްރޭންޑަކީ އިންޑިޔާގެ 94 އިންސައްތައިގެ މާކެޓް ހިއްސާ އޮންނަ ބްރޭންޑެއް
ރިޒުނާ ޒަރީރު | RiznaZareer

| 23 ޖުލައި 2018 | ހޯމަ 14:38 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު



ހަކުރު ބަލި ހުންނަ މީހުންނަށް ބޭނުންކުރެވޭ، ސިއްހަތަށް ފައިދާ ހުރި، އިންޑިއާގެ އެއްވަނަ ސުވީޓްނާ ބްރޭންޑް ކަމަށްވާ "ސުގަރ ފްރީ" އެސްޓީއޯ ސުޕަރމާޓް އިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އެސްޓީއޯ އިން މަޢުލޫމާތުދޭ ގޮތުގައި ސުގަރ ފްރީގެ ތިން ބާވަތެއްގެ ނުވަ އުފެއްދުމެއް ވަނީ ބާޒާރައް ނެރެފައެވެ. މީގެ ތެރޭގައި ހިމެނެނީ ސުގަރ ފްރީ ގޯލްޑާއި، ސުގަރ ފްރީ ނެޗުރަލް އަދި ސުގަރ ފްރީ ގްރީން އެވެ.

  • ސުގާރފްރީ ގޯލްޑަކީ ހަކުރުގެ ބަދަލުގައި ބޭނުންކުރެވޭ އާޓިފިޝަލް ސުވީޓްނާ ބޭނުންކޮށްގެން އުފައްދާފައިވާ ހަކުރެކެވެ. މިވައްތަރަކީ ހަކުރު ބޭނުންކުރާ މިންވަރަށް ބަލައި ދުޅަހެޔޮ ސިއްހަތެއްގައި ތިއްބެވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އަދި އާދައިގެ ހަކުރުގައި ހުންނަ މިންވަރަށް ވުރެ ކުޑަކޮށް ކެލޮރީސް ހުންނަ ހަކުރެކެވެ. މިގޮތުން ސުގާރ ފްރީ ގޯލްޑްގައި އެކުލެވޭނީ އާދައިގެ ހަކުރުގައި އެކުލެވޭ ކެލޮރީސްގެ 2 އިންސައްތައެވެ. މިހަކުރު ބޭނުންކުރަން އެންމެ ރަނގަޅީ ސައި، ކޮފީ އަދި ޖޫސް ފަދަ ބުއިންތަކާ އެކުގައެވެ. ސުގަރ ފްރީ ގޯލްޑްގެ ހަކުރުގެ 50 އަދި 100 ގުޅައިގެ ޕެކިންގެެ އިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކިން ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދިނެވެ.
  • ސުގަރ ފްރީ ނެޗުރަލް: ސުކޮލޯސް އިން އުފައްދާފައިވާ ސުގަރ ފްރީ ނެޗުރަލްއަކީ އެއްވެސް ވަރަކަށް ކެލޮރީ ނުހިމެނޭ ހަކުރެކެވެ. މިއީ ޑައިބެޓިކް ބޭފުޅުންގެ އިތުރުން ދުޅަހެޔޮ އަދި ސިއްހަތަށް ބަލައިގެން ކެއިންބުއިމުގެ ކަންކަން ގެންގުޅޭ ފަރާތްތަކަށް ހާއްސަ، ކެއްކުމަށް ވެސް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ހަކުރެކެވެ. ސުގަރ ފްރީ ނެޗުރަލްގެ 50 އަދި 100 ގުޅައިގެ ޕެކިންގެެ އިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކިން ވެސް ހުރެއެވެ.
  • ސުގަރ ފްރީ ގްރީން: ސުގަރ ފްރީ ގްރީންއަކީ %100 ގުދުރަތީ ސްޓެވިއާ ފަތުން އުފައްދައިފައިވާ އެއްވެސް މިންވަރަކަށް ކެލޮރީސް ހިމެނިގެންނުވާ ހަކުރުގެ ބާވަތެކެވެ. މިއީ ހަކުރު ބަލި ހުންނަ ފަރާތްތަކުގެ އިތުރުން އެކި އުމުރުފުރާއިގެ މީހުންނަށް ވެސް ބޭނުންކުރެވޭނެ ހަކުރެކެވެ. ސުގަރ ފްރީ ގްރީންގައި ލިބެން ހުރީ ގުޅަ ހިމެނޭ ޕެކިން ކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

އިންޑިޔާގެ "ޒީދަސް ވެލްނެސް" ކުންފުނީގެ އުފެއްދުމެއް ކަމަށްވާ "ސުގަރ ފްރީ" ބްރޭންޑްގެ ހަކުރަކީ އިންޑިޔާގެ ގިނަ އަދަދެއްގެ އާންމުންގެ އިތުރުން ގެސްޓްހައުސްތަކުގަ އާއި، ރިޒޯޓް، ރެސްޓޯރެންޓް، ހޮޓާ، ކެފޭ އަދި ބޭކަރީތަކުގައި ވެސް ބޭނުންކުރަމުން ގެންދާ މަގުބޫލު ހަކުރެކެވެ. ހާއްސަ އަގުތަކެއްގައި މި ހަކުރު ވިއްކުމަށް އެސްޓީއޯ އިން ނިންމާފައިވާއިރު ވޯލްޑް ހެލްތު އޮގަނައިޒޭޝަނުން ހުއްދަ ލިބިގެން ވިއްކާ މިބްރޭންޑަކީ އިންޑިޔާގެ 94 އިންސައްތައިގެ މާކެޓް ހިއްސާ އޮންނަ ބްރޭންޑެކެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް