21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

\"ފާރުފުށި މޯލްޑިވްސް\"

ފާރުފުށި މޯލްޑިވްސް ޑިސެމްބަރު މަހު ހުޅުވަނީ

 • ރިސޯޓް ހުޅުވަނީ 15 ޑިސެމްބަރ 2018 ގައި
 • މި ރިސޯޓުގައި 80 ވިލާ ހުންނާނެ
 • ޔުނިވާރސަލްއަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓް އޮޕަރޭޓްކުރާ އެއް ފަރާތް
ރިޒުނާ ޒަރީރު | RiznaZareer

| 23 ޖުލައި 2018 | ހޯމަ 13:47 | |

މަގުބޫލް

 1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. އަލިދީގެ ތާއީދު އިބޫއަށް!
 7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ފާރުފުށި މޯލްޑިވްސް. -- ޫޔުނިވާރސަލް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ޔުނިވާސަލް ރިސޯޓުން ތަރައްޤީ ކުރާ "ފާރުފުށި މޯލްޑިވްސް" އަންނަ ޑިސެމްބަރ މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެންމެ ބޭނުންވާ ގޮތަށް ތަރައްޤީކުރާ މި ލަގްޒަރީ ރިސޯޓަކީ، ޕްރައިވެޓް އައިލެންޑެއްގެ ކޮންސެޕްޓަށް ތަރައްޤީކުރާ ރިސޯޓެކެވެ. ރ. އަތޮޅުގެ އުތުރުން އޮންނަ މިރިސޯޓަށް ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ފުރައިގެން 50 މިނިޓްގެ ތެރޭގައި ދެވެން އޮންނަ ރިސޯޓެކެވެ.

މިއަހަރުގެ ޑިސެމްބަރ 15 ގައި މި ރިސޯޓުން ފަތުރުވެރިންނަށް މަރުހަބާކިޔަން ތައްޔާރު ވަމުންދާ އިރު 80 ވިލާ ވަނީ ފަތުރުވެރިންނަށް ހިތްފަސޭހަކަމާއި އެކު ޗުއްޓީ ހޭދަކޮށްލެވޭނެ ގޮތަށް ފަރުމާކޮށްފައެވެ.

ބީޗު  10 ބަނގަލޯ އާއި، ޕޫލާ އެކު ފަރުމާކޮށްފައިވާ 37 ބީޗް ރެޓްރީޓްސް އާއި ރިސޯޓްގެ އެކި ހިސާބުތަކުގައި ފަރުމާކޮށްފައިވާ 39 ސްލީކް އޯޝަން ރެޓްރީޓްސް ހިމެނެއެވެ.

މި ރިސޯޓުގައި ޖުމްލަ 3 ރެސްޓޯރަންޓާއި 2 ބާރ ހުންނައިރު، "އިރު" ރެސްޓޯރަންޓް ޚާއްޞަކޮށްފައި ވަނީ ޑައިނިން ރެސްޓޯރަންޓެއްގެ ގޮތުގައި ކަމަށާއި، ބޮލި ރެސްޓޯރަންޓަކީ އޮޕެން ސްކައި ރެސްޓޯރަންޓަކަށް ވާއިރު އަތިރި އަކީ ހުރިހާ ފަންތިއަކަށް ފަރުމާކޮށްފައިވާ ރެސްޓޯރެންޓެކެވެ.

ފާރުފުއްޓަކީ ފާރުފުށި އިންވެސްޓްމަންޓްގެ އަމިއްލަ ރަށަކަށްވާއިރު މިތަން ތަރައްޤީކޮށްފައި ވަނީ ޔުނިވާސަލް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޑެޓުންނެވެ.

ޔުނިވާސަލަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓް އޮޕަރޭޓްކުރާ އެއް ބަޔަކަށްވާއިރު ޔުނިވާސަލްގެ ދަށުން މިހާރު ވެސް ކުރުނބާ މޯލްޑިވްސް އާއި، ވެލައްސަރު މޯލްޑިވްސް އާއި، ކުރަމަތި މޯލްޑިވްސް އާއި، ބަރޮސް މޯލްޑިވްސް އާއި، ކަނދޮޅު މޯލްޑިވްސް އާއި، ދިއްގަލި މޯލްޑިވްސް އާއި، މާފުށިވަރުގެ އިތުރުން މިލައިދޫ އައިލެންޑް މޯލްޑިވްސް ހިމެނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް