19 ޖެނުއަރީ 2019 | ހޮނިހިރު | 02 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ޕާކިސްތާނުގެ އާއްމު އިންތިޚާބު

ޕާކިސްތާނުގެ އާއްމު އިންތިޚާބު: އަނެއްކާ ވެސް ކެންޑިޑޭޓަކު މަރާލައިފި

  • ޕާކިސްތާނުގެ އާއްމު އިންތިޚާބު އޮންނާނީ ޖުލައި 25 ގައި
  • އިންތިޚާބު ބާއްވާ ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 800،000 މީހުން މަސައްކަތްކުރާނެ
އަބުދުﷲ މުހައްމަދު | 8Abbo

| 23 ޖުލައި 2018 | ހޯމަ 12:54 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  7. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އިކްރާމުﷲ މަރާލާފައި ވަނީ އޭނާ އާއި އޭނާއާ އެކުގައި ދަތުރުކުރަމުންދިޔަ ވެހިކަލްތަކަށް ކުލާޗީއޭ ކިޔުނު އަވަށުގައި ދިން ހަމަލާއެއްގައި -- އަލްޖަޒީރާ

ހަށިގަނދުގައި ބޮން ހަރުކޮށްގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި އާއްމު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު މަރާލައިފިއެވެ.

އިންތިޚާބަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން މިފަހަރުގެ ހަމަލާ އަމާޒުވީ ހުޅަނގު އުތުރުގެ ޓައުނެއް ކަމަށްވާ ދީރާ އިސްމާއިލް ޚާންގެ ކެނޑިޑޭޓެއް ކަމަށްވާ އިކްރާމުﷲ ގަންދަޕޫރަށެވެ.

އިކްރާމުﷲ މަރާލާފައި ވަނީ އޭނާ އާއި އޭނާއާ އެކުގައި ދަތުރުކުރަމުންދިޔަ ވެހިކަލްތަކަށް ކުލާޗީއޭ ކިޔުނު އަވަށުގައި ދިން ހަމަލާއެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ނިސްބަތްވާ ޕާޓީ، ތަހްރީކޭ އިންސާފު ޕާޓީ އިން ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ. ނަމަވެސް އެ ޕާޓީން ދަނީ ބުދަ ދުވަހު ބާއްވާ އިންތިޚާބުގެ ކެމްޕެއިން މެދުކަނޑާނުލައި ކުރިޔަށްގެންދަމުންނެވެ.

ތަހްރީކޭ އިންސާފް ޕާޓީގެ ލީޑަރު އިމްރާން ޚާން ވަނީ ގަންދަޕޫރު ވަކިވެދިއުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އިމްރާމް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުއާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދެކުނު ވަޒިރިސްތާން ޑިސްޓްރިކްޓާއި އިންވެގެން އޮންނަ ދީރާ އިސްމާއިލް ޚާންއަކީ ތަހްރީކޭ ތާލިބާން ޕާކިސްތާނުގެ ބާރުގަދަ ސަރަހައްދަކަށްވާއިރު ވޭތުވެދިޔަ ފަހުގެ އަހަރުތަކުގައި މިފަދަ އެތައް ހަމަލާތަކެއް އެތަނުގައި ދީފައިވެއެވެ.

ތަހްރީކޭ ތާލިބާން ޕާކިސްތާނުން އާދީއްތަ ދުވަހު ވަނީ އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެފައެވެ.

އިންތިޚާބުގެ ތިން ހަފްތާ ކުރިން ފެށިގެން ދެވުނު ހަމަލާތަކުގައި އެގައުމުގެ އެކި ކަންކޮޅުތަކުން މަދުވެގެން 179 މީހުން މަރާލާފައިވާއިރު އެންމެ ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ބަލޮޗިސްތާނާއި ޚައިބަރުޕަޚްތުންޚްވާ ޕްރޮވިންސަށެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން މިހަފްތާގައި ބުނެފައިވާ ގޮތުގައި އިންތިޚާބު ބާއްވާ ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 800،000 މީހުން މަސައްކަތްކުރާނެއެވެ. އޭގެ ތެރޭގައި 370،000 ސިފައިން ވެސް ހިމެނެއެވެ.

ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ 272 ގޮނޑިއަށް މެމްބަރުން ހޮވުމާއި ޕްރޮވިންސް އެސެމްބްލީތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚަބުގައި 106 މިލިއަން މީހުން ވޯޓް ލާނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް