25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މަގޭ ރިޕޯޓް

ސާބަހޭ މުގާބޭ، ސާބަހޭ މުގާބޭ

  • މިހެން ގޮވީ ރައީސް ޔާމީންގެ ސަޕޯޓަރުން
އާމިރު ސަލީމް | produceramir

| 23 ޖުލައި 2018 | ހޯމަ 12:34 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ހޯރަފުއްޓަށް ރައީސް ޔާމީން ވަޑައިގެން ބޭއްވި ޖަލްސާ -- ރައީސް އޮފީސް

މިވާހަކަ އަޑު އިވުމާއެކު އަޅުގަނޑުގެ ގާތަށްވެސް ފުރަތަމަ އައީ ހިންޏެވެ. އެންމެ ފުރަތަމަ ޤަބޫލު ކުރަންވެސް ދަތިވިއެވެ. ހީކުރީ ބަޔަކު ހަދަ ހަދައިގެން ދައްކާ ވާހަކައެއް ކަމަށެވެ. އެހެންކަމުން އެރަށުގެ ދެތިން މީހަކަށް ގުޅާލައިގެން މިކަން ކަށަވަރުވޭތޯ ބަލާލީމެވެ. އެއީ ހަމަ ތެދެކެވެ. ހަމަ ހަޤީޤަތުގައިވެސް ހިނގި ކަމެކެވެ. ބަޔަކަސް އޮޅުނީ އެވެ. އެހެން ވެދާނެ ނޫންތޯއެވެ.

މިފަހަކަށް އައިސް ރައީސް އަބްދުﷲ ޔާމީން އުތުރުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. އެއީ އުތުރުގެ ބޮޑު ރަށެކެވެ. އާބާދީވެސް ބޮޑު ރަށެކެވެ. ރައީސް އެރަށަށް ވަޑައިގަތީ ބޮޑު މަޝްރޫޢު އެއް ފައްޓަވައި ދެއްވާށެވެ. ޖަލްސާ ފެށި ރައީސް ޔާމިން ވާހަކަފުޅު ދައްކަވަން ފައްޓަވައިފިއެވެ. ބައެއް ފަހަރު ރައީސް ވިދާޅުވާ އެއްޗެއްސަށް މީހުން އަތްޖަހައެވެ. އަނެއްބައި ފަހަރު މީހުން ހީ ހަދައެވެ. މިކަންތައް ގަނޑުގެ ތެރޭގައި ރައީސް ވިދާޅުވާ ކޮންމެ އެއްޗެކަށް މާ ގަދައަށް ސަޕޯޓްކުރާ އަންހެނުންތަކެއްގެ އަޑު އިވެއެވެ. އެމީހުން ރައީސް ކޮންމެ އެއްޗެއް ވިދާޅުވުމުން ބާރަށް އަތް ޖަހާފައި ކިޔާތީ އިވެނީ "ސާބަހޭ މުގާބޭ، ސާބަހޭ މުގާބޭ" މިހެންނެވެ. އެމީހުން މިހެން ކިޔަން ފެށުމުން ބައެއް މީހުން އެމީހުންނާ ދިމާލަށް ހައިރާން ކަމާއެކު ބަލައި ހަދައެވެ. އަދި އަނެއް ބަޔަކު ވަރަށް ވަގު ވަގަށް އަތުން އިޝާރަތްކޮށް އެމީހުން ގާތު އެހެން ނުކިޔާށޭ ވެސް ބުނާތީ ފެނެއެވެ. ނަމަވެސް އެކަމާ އެމީހުން އަޅައެއް ނުލައެވެ. "ސާބަހޭ މުގާބޭ" އޭ ގޮވާ އަތް ޖެހުމުގައި އެމީހުން ފޯރިއާއެކު އުޅެއެވެ.

 

ހޯރަފުށީގައި ބޭއްވި ޖަލްސާގައި ބައިވެރިވި އެރަށުގެ ބައެއް މީހުން

ކޮންމެއަކަސް ޖަލްސާ ނިމިއްޖެ އެވެ. ރައީސް ވެސް އެރަށުން ފުރައިވަޑައިގެންފިއެވެ. އެއާއެކު ޖަލްސާ ތެރޭގައި މި ހިނގި ކަންތައްތަކުގެ ވާހަކަ ފަތުއަޑު ކިޔާފައި ރަށުތެރޭގައި ފެތުރިގެންފިއެވެ. އެހެން ގޮވި މީހުން ދެކެ ބައެއް މީހުން ރުޅި އައިސްގެން ވެސް އުޅެއެވެ. އިސާހިތަކު އެމީހުން އެޕާޓީގެ ބޮޑެތި މީހުން ކައިރިއަށް ހާޒިރުކޮށްފިއެވެ. އެމީހުން ބުނި ގޮތުން އެމީހުން އެހެން ގޮވީ ރައީސް އަށް ތާއީދު ކުރުމުގެ ގޮތުން ނެވެ. އެމީހުންނަށް އެހެން މީހުން އެހެން ކިޔާ އަޑު މާކުރިންސުރެ އިވެއެވެ. މަގު ކުނި ކަހަން ނުކުމެ އުޅޭއިރު ބަނދަރު ޖޯލީގައި ތިބޭ މީހުން ކޮންމެ ދުވަހަކު ކިޔާތީ އިވޭކަމަށް އެމީހުން ބުނީ ރައީސް ޔާމީނަކީ ހާދަހާ ވަރުގަދަ މީހެކޭ ހަމަ މުގާބޭ ކަހަލަ އެވެ. ރައީސް ޔާމިނަކީ ހާދަހާ ބޯ ރަނގަޅު މީހެކެވެ. މުގާބޭ ކަހަލަ އެވެ. ރައީސް ޔާމިނަކީ ހާދަހާ މޮޅު މީހެކެވެ. ހަމަ މުގާބޭ ކަހަލަ އެވެ. މި އަޑުތައް އިވި އިވި އެމީހުންނަށް ދަސްވީ ކަމަށާ، އެމީހުން ހީކުރީ މުގާބޭ އަކީ މާ ރަނަގަޅު މާ މޮޅު މީހެއް ކަމަށެވެ. އެހެންވެ، ރައީސްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ރައީސް އަށް މުޚާތަބު ކުރަނީ މުގާބޭ ކިޔައިގެންނޭވެސް އެމީހުން ބުންޏެވެ.

ކޮންމެއަކަސް އޮޅުމެއްގެ ތެރޭގައި ތިބެގެން ނަމަވެސް ރައީސް ޔާމިންގެ ސަޕޯޓަރުންވެސް ރައީސް ޔާމިންއަށް މުގާބޭ ކިޔަން ފަށައިފިއެވެ. އެހެންވެދާނެ ނޫންތޯއެވެ. ބަޔަކަށް ހަމަ ހަޤިޤަތުގައިވެސް އޮޅިދާނެ ނޫންތޯއެވެ.          

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް