19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މެސުޓް އޮޒިލް

ޖަރުމަނުގެ ގައުމީޓީމަށް ކުޅޭކަށް ދެން ބޭނުމެއް ނޫން: އޮޒިލް

  • އޮޒިލް އާއި އޭނާގެ އާއިލާއަށް ވެސް ބިރު ދައްކާފައިވާކަމަށް އޭނާ ބުނޭ
  • ވޯލްޑްކަޕުގެ ދަށް ނަތީޖާގެ އިލްޒާމް ވެސް އޮޒިލްއަށް
އަބުދުﷲ މުހައްމަދު | 8Abbo

| 23 ޖުލައި 2018 | ހޯމަ 10:20 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާންއާއިއެކު ފޮޓޯއެއް ނަގާފައިވާތީ ވެސް އޮޒިލްއަށް ވަނީ ފާޑުކިޔާފަ -- ގެޓީ އިމޭޖާސް

ޖަރުމަނުގެ ގައުމީޓީމަށް ދެން ކުޅެން ބޭނުން ނުވާ ކަމަށް އާސެނަލްގެ މިޑްފީލްޑަރ މެސުޓް އޮޒިލް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ކުޅުން ތެރިޔާ ނެރެފައިވާ ދިގު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖަރުމަނުގެ ގައުމީ ޖާޒީ ދޫކޮށްލަން އޭނާ ބޭނުންވީ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ އާއި މެދު ކަންތައް ކުރި ގޮތުންނެވެ.

މީގެ އިތުރުން އޭނާ ވަނީ ވަރލްޑް ކަޕްގައި ޖަރުމަނަށް ލިބުނު މާޔޫސްކުރު ވަނިވި ނަތީޖާއަކީ ވެސް އޭނާގެ ސަބަބުން ވީކަމެއް ކަމަށް ބުނަމުން ގެންދާ ކަމަށް ބުނެފައެވެ.

މެއިމަހު ލަންޑަންގައި އޮތް އިވެންޓެއްގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާން އާއި އެކު ފޮޓޯއެއް ނަގާފައި ވާތީ ވެސް އޮޒިލްއަށް ވަނީ ފާޑުކިޔާފައެވެ.

އެ ރަސްމިއްޔާތަށް އޮޒިލް ގޮސްފައި ވަނީ މެންޗެސްޓަރ ސިޓީއަށް ކުޅޭ ޖަރުމަނުގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އިލްކައި ގުންޑުއާން އާއިއެކުއެވެ. ދެ ކުޅުންތެރިންނަކީ ވެސް ތުރުކީ ދަރިކޮޅުގެ ދެ ކުޅުންތެރިންނެވެ.

އޮޒިލް ބުނެފައި ވަނީ އޭނާ އާއި ގުންޑުއާން ރައީސް އޮރްދޮޣާން އާއި ވާހަކަދެއްކީ ފުޓްބޯޅަ އާއި ބެހޭގޮތުން ކަމަށެވެ.

އޭގެ ފަހުން ތުރުކީގެ ވެރިކަންކުރާ އޭކޭ ޕާޓީން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އެ ފޮޓޯ ބޭނުން ކޮށްފައެވެ.

ރައީސް އޮރްދޮޣާން ވަނީ އެ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

އޮޒިލް އާއި ގުންޑުއާން އަކީ ޖަރުމަނުގެ ޑިމޮކްރެޓިކް އުސޫލުތައް ބަލައިގަންނަ ދެ ކުޅުންތެރިންތޯ ޖަރުމަނުގެ ސިޔާސީ އެތައް ބަޔަކު ސުވާލު އުފައްދައެވެ.

ތުރުކީގައި ނާކާމިޔާބު ކޮށްލި ބަޣާވާތަށް ފަހު ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާން އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކަށް ކުރިން ޖަރުމަނުން ވަނީ ފާޑުކިޔާފައެވެ.

އޮޒިލް ބުނެފައި ވަނީ ރައީސް އޮރޮދޮޣާން އާ އެކު އެ ފޮޓޯ އަށް ނުހުޓުނު ނަމަ އެކަންވާނީ އޭނާގެ "ކާބަފައިންނަށް އިހުތިރާމް ކުޑަކުރުން" ކަމަށެވެ.

އޭގެ އިތުރުން އޭނާ ބުނެފައި ވަނީ އޭނާ އަށާއި އޭނާގެ އާއިލާއަށް ރުޅިވެރިކަމުގެ މެއިލްތައް ލިބިފައިވާކަމަށާއި، ފޯނުންގުޅައި ބިރުދައްކައި އަދި ސޯޝަލް މީޑިއާގައި ވެސް އެފަދަ ކޮމެންޓްތައް ކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް