20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ޒުވާނެއްގެ ހިތްވަރު

ވަޒީފާ އަދާކުރަން 32 ކިލޯމީޓަރަށް ހިނގި މުވައްޒަފަކަށް، ވެރިމީހާގެ ކާރު!!!

  • ޒުވާނާގެ ހިތްވަރަށް ގިނަ ބަޔަކު ދަނީ ތައުރީފްކުރަމުން
  • ޒުވާނާ ވަނީ ބޮޑު ތޫފާނެއްގެ ޝިކާރައަކަށް ވެސް ވެފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 23 ޖުލައި 2018 | ހޯމަ 09:32 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ގޭގެ އާއި އޮފީސް ފަދަ ތަންތަން ބަދަލުވާ އިރު ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގެ ޚިދުމަތް ދޭ ކުންފުންޏާ ގުޅުނު ޒުވާނާއަށް ސީއީއޯ ކާރު ދިނުމުން އުފަލުން ރޮނީ -- ޓްވިޓަރ

އެއްތަނުން އަނެއް ތަނަށް މުދާ ގެންގޮސްދޭ ކުންފުންޏަކުން ލިބުނު ވަޒީފާ ފަށަން ތައްޔާރުވެފައި ވަނިކޮށް 'ވޯލްޓާ ކާރ'ގެ ކާރު ހަލާކުވިއެވެ. އެހެން ނަމަވެސް އެއީ އޭނާގެ ފުރަތަމަ ދުވަސް ކަމުން ވަޒީފާ އަދާ ކުރަން ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކޮންމެ ފަދަ ހުރަހެއް ކަޑައްތުކޮށްފައި ވެސް އެކަން ކުރަން އޭނާ ހުރީ ތައްޔާރަށެވެ. އޭނާ މަސައްކަތްކުރާ ތަން ހުންނަނީ ގެއާއި 32 ކިލޯމީޓަރު ދުރުގައެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ މަޖީދީ މަގުގެ އެއްކޮޅުން އަނެއް ކޮޅަށް 18 ބުރު ޖެހުން ފަދަ ކަމެކެވެ. ނުވަތަ މާލެ ވަށައި ހަ ބުރެވެ. އެއީ އެމެރިކާގެ ހޯމްވުޑާއި ޕެލްހާމްއާ ދެމެދެވެ.

އޭނާގެ އެ ނުރައްކާތެރި ދަތުރު ފެށީ މުޅި ދުވަސް އެއްކޮށް ހޭލާ އުޅުމަށް ފަހު ހަތަރު ގަޑިރުގެ ނިދި ނިދައިގެންނެވެ. މެންދަމުގެ ހަމަހިމޭން ބިރުވެރި ކަމުގެ ވަގުތުގައި ދަތުރު ފެށީ މަންމައަށް ވަދާއީ ސަލާމް ކޮށްފައެވެ. ދެމައިންގެ ދިރިއުޅުމަށް އާމްދަނީ ހޯދުމުގެ މަގްސަދުގައްޔާއި، އޭނާގެ މުސްތަގްބަލް ކުރި އެރުއްވުމަށްޓަކައެވެ. އެއްވެސް މެދުކެނޑުމެއް ނެތި އަވަސް ފިޔަވަޅުތަކާއެކު ކުރި ދިގު ދަތުރު ހުއްޓުވާލީ ކައިރިއަށް މަޑުކުރި ބައެކެވެ.

އޭނާގެ ނަސީބު ވެސް ރަނގަޅެވެ. އޭނާގެ ކައިރި އަށް މަޑުކުރީ ފޭރޭ ނުވަތަ އެފަދަ ނުބައި ބައެއް ނޫނެވެ. ފުލުހުންގެ ބައެކެވެ. ނަސްލީ އިމްތިޔާޒް ގެންގުޅޭ ކަމުގެ ގިނަ ރިޕޯޓްތައް ލިބެމުންދާ އެމެރިކާގެ ފުލުހުންގެ ތެރެއިން އެ ކާރުގައި ދަތުރު ކުރި ފުލުހަކީ ނަސީބަކުން އެ 'ނުބައި' ބަލި ވާރުތަ ވެފައި ހުރި މީހެއް ނޫނެވެ. އެހެންނޫން ނަމަ ކޮންމެފަދަ ކަމެއް ވެސް އޭނާ އަށް މެދުވެރިވުމުގެ ފުރުސަތު އޮތެވެ.

އެހާ ދިގު ރާސްތާއެއް ކަޑައްތުކޮށްފައި ވިއްސައްކަ އަހަރުގެ އެ ޒުވާނާ ދަނީ ކޮންތާކަށްތޯ އޮޅުން ފިލުވުމަށް ފަހު ފުލުސް ވަނީ އޭނާ އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ފުލުސް ވަނީ އޭނާގެ ކާރުގައި އެ ޒުވާނާ މަސައްކަތް ކުރަން ޖެހޭ ތަނަށް ގެންގޮސްދީފައެވެ. އަދި އޭގެ ކުރިން އެތަނާ ކައިރީގައި ހުރި ކެފޭއަކުން އޭނާ އަށް ހެނދުނުގެ ނާސްތާ ވެސް ދީފައި ވެއެވެ.

ގޭގެއާއި އޮފީސް ފަދަ އިމާރާތްތައް ބަދަލުވާ އިރު އެތަންތަނުގައި ހުންނަ މުދާތައް އެއްތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ ބެލްހޮޕްސްގެ ޓްރެއިނީއެއްގެ ވަޒީފާ އަށް ކާރ ނިކުއި ފުރަތަމަ ދުވަހެވެ. އަދި އޭނާ މަސައްކަތްކުރަން ދާންޖެހުނީ ގެއަކަށެވެ. މިހެންކަމުން އެ ގެއަށް، އެ ފުލުސް ވަނީ ކާރ ގެންގޮސްދީފައެވެ. އަދި އެ ކުންފުނީގެ އެހެން މުވައްޒަފުން އެތަނަށް ދިއުމުގެ ކުރިން ކާރ އަށް އެ ގެއަށް ދެވުމުން، އެ ފުލުސް ވަނީ ކާރ އެ ގޭގެ މީހުންނަށް ތަޢާރަފް ކޮށްދީފައެވެ. އަދި ކާރގެ އެ ދަތުރުގެ ވާހަކަ އެ ގޭގެ މީހުންނާ ހިއްސާކޮށްފައެވެ. އަދި އެ ގޭގެ މީހުން ވަނީ ކާރގެ އެ ހައިރާންކުރަނިވި ވާހަކަ ކުންފުނީގެ މުއައްޒަފުން އެގެއަށް ދިޔުމުން އެ މުވައްޒަފުންނާ ވެސް ހިއްސާކޮށްފައެވެ. 

އެ ގޭގެ މީހުންނާއި އެ ގެއަށް އެ ދުވަހު މަސައްކަތްކުރަން ދިޔަ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ވެސް ކާރ ގެ އެ ހިތްވަރަށް ތައުރީފު ލިބުނެވެ. ކާރގެ އެ ވާހަކަ އެ ގޭގެ މީހުން ވަނީ ފޭސްބުކް މެދުވެރިކޮށް އާންމުކޮށްފައެވެ. މި ސްޓޭޓަސްއަށް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެތަށް ހާސް ލައިކް ލިބި އެތަކެއް ފަހަރު ޝެއާކޮށްފައި ވާއިރު، ވައިރަލް ވެފައިވާ އެ ސްޓޭޓަސްގެ ވާހަކަ ބެލްހޮޕްސް ކުންފުނީގެ ސީއީއޯއަށް ލިބުމުން އޭނާ ވަނީ، އޭނާގެ އަމަލުން މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ.

އޭނާ ވަގުތުން ވަނީ އެ ކުންފުންޏާއި އަލަށް ގުޅުނު މުވައްޒަފުގެ ކައިރިއަށް ގޮސް، އޭނާގެ އަތުގައި އޮތް ކާރުގެ ތަޅުދަނޑި ހަވާލުކުރުމަށް ފަހު އެ ކާރަކީ އެ ވަގުތުން ފެށިގެން އެ ޒުވާނާގެ ކާރެއް ކަމަށް ބުނެފައެވެ. އެ ކުންފުނީގެ ސީއީއޯ ބުނީ އޭނާގެ އާއިލާއަށް އެ ކާރުން ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ކަމަށާއި ކާރ ގެ އާއިލާއަށް ވެސް ގިނަ ޚިދުމަތްތަކެއް އެ ކާރުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކެޓަރީނާ ހަރިކޭން ތޫފާނުގައި ކާރ އާއި އޭނާގެ މަންމަގެ ގެ ހަލާކުވެ ސުންނާފަތި ވެފައިވާއިރު، މިހާރު އުޅޭ ގެއަށް އެ މީހުން ބަދަލުވީ ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ނިޔަތުގައެވެ. އަދި އެ  ކާރަކީ ރަގަޅު ފާލެއް ކަމަށާއި އެ ކާރު ވެގެން ދާނީ ކާރ އަށް އޭނާ ކުރި މަސައްކަތް އަބަދު ވެސް ރަމްޒު ކޮއްދޭނެ އެއްޗެކަށް ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ކުންފުނީގެ ސީއީއޯ ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް