20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

  • އާސެނަލް އޮތީ ކުޅުނު 22 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ
ލީވާން އަލީ | MrLeevaan

| 23 ޖެނުއަރީ 2017 | ހޯމަ 16:49 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ބާންލީ ކޮޅަށް ލަނޑު ޖެހުމަށްފަހު ސަންޗޭޒް އުފާފާޅުކުރަނީ -- ގޫގުލް

ޕްރިމިއާ ލީގުގައި އެލެކްސިސް ސަންޗޭޒް ޖަހައިދިން ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލައިފި އެވެ.

 

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ބާންލީއާ ވާދަކޮށް އާސެނަލް އިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

 

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބާންލީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން އާސެނަލް އިން ވަނީ މެޗުގެ ތެރެއަށް ވަދެ ކޮންޓްރޯލް ހޯދާފައެވެ.

 

އެގޮތުން އެޓީމުން ވަނީ ބާންލީގެ ހާފަށް ބާރުބޮޑުކޮށްފައެވެ. ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް އާސެނަލް އަށް ލިބިފައިވާއިރު، ބާންލީ އިން ވަނީ އާސެނަލްގެ އެޓޭކްތައް ދިފާއުކޮށްފައެވެ.

 

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

 

ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އާސެނަލް އެވެ. އެގޮތުން 59 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮޒިލްގެ އެހީތެރިކަމާއެކު މުސްތާފީ އެވެ.

 

މި ލަނޑާއެކު އާސެނަލް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް އެޓީމަށް އިތުރު ހުރަސްތަކާ ކުރިމަތިވީ 65 ވަނަ މިނެޓުގައި އެޓީމުގެ ގްރަނިޓް ޒާހާ އަށް ރެފްރީ ދެއްކި ރަތް ކާޑުންނެވެ.

 

އެގޮތުން މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައި ބާންލީ އިން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އާސެނަލްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

 

ބާންލީ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަންދުރޭ ގްރޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެހެންނަމަވެސް މެޗުގެ އެންމެ ފަހު ސިކުންތުކޮޅު ތެރޭގައި އާސެނަލް އިން ވަނީ އެޓީމަށް ލިބުނު ޕެނަޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ.

 

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 22 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބަލިވި ބާންލީ އޮތީ ކުޅުނު 22 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް