15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ބްރެޒިލްގެ ރިޔާސީ އިންތިޚާބު

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ޖަޔުރ ބޮލްސާނަރޯ ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވައިފި

  • ބޮލްސާނަރޯއަކީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ދެވަނަ ކެންޑިޑޭޓް
  • ބްރެޒިލްގެ ރިޔާސީ އިންތިޚާބު އޮންނާނީ އޮކްޓޯބަރު މަހު
އަބުދުﷲ މުހައްމަދު | 8Abbo

| 23 ޖުލައި 2018 | ހޯމަ 08:03 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެއް -- އޭއެފްޕީ

އޮކްޓޯބަރު މަހު ބާއްވާ ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ކަނާތުފިޔައިގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ޖަޔުރ ބޮލްސާނަރޯ ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވައިފިއެވެ.

އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރައްވާފައިވާ ބޮލްސާނަރޯ އުޅުއްވަނީ ރޭހުގެ ދެވަނައިގައެވެ. އެންމެ ފުރަތަމަ އިންތިޚާބަށް ނުކުންނެވާނެކަން އިއުލާނުކުރެއްވީ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާއެވެ.

ނަމަވެސް ކޮރަޕްޝަނުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އޭނާއަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ނާދިރު ކަމެކެވެ.

ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާއަކީ ކުށް ގިނަ އެ ގައުމު ސަލާމަތްކޮށްދޭނެ މީހާއެވެ.

ބްރެޒިލްގެ އެތައް މިލިއަން ބަޔަކު ސޯޝަލް މީޑިއާގައި ފޮލޯކުރާ ބޮލްސާނަރޯއަކީ "ބްރެޒިލްގެ ޓްރަމްޕް" އަށް ވެވަޑައިގެންފާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.

އުމުރުފުޅުން 63 އަހަރުގެ ބޮލްސާނަރޯ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ވެރިރަށް ރިއޯ ޑި ޖެނީރޯގައި ބޭއްވި އެއްވުމެއްގައި 3،000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައެވެ.

ކޮންގްރެސްގެ މެމްބަރެއްގެ ގޮތުގައި ވެސް އިންނަވާ ބޮލްސާނަރޯ ނުކުންނަވަނީ ބްރެޒިލްގެ ސިޔާސީ މައިދާނުގައި މާބޮޑު ބުރަދަނެއް ނެތް ސޯޝަލް ލިބަރަލް ޕާޓީ އިންނެވެ.

މިއާ އެކު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޓީވީ އިޝްތިހާރުތަކަށް އޭނާއަށް ލިބިވަޑައިގަންނަވާނީ ގިނަވެގެން 10 ސިކުންތެވެ. މިއީ ރިޔާސީ ރޭހަށް ނުކުމެ ވަޑައިގަންނަވާ ކެނޑިޑޭޓަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

"އަޅުގަނޑުމެންގެ ނެތް ބޮޑު ޕާޓީއެއް. އަޅުގަނޑުމެންގެ ނެތް އިންތިޚާބަށް ފަންޑެއް. އަޅުގަނޑުމެންގެ ނެތް ޓީވީ ވަގުތުތަކެއް ނަމަވެސް އަޅުގަނޑުމެންގެ އެބައޮތް އެހެން މީހުންނަށް ލިބިފައި ނުވާ އެއްޗެއް، އެއީ ތިޔަ ބޭފުޅުން، ބްރެޒިލްގެ ރައްޔިތުން" ބަޑި ކޮންޓްރޯލް ކުރުމަށް ވަކާލާތުކުރައްވާ އަދި އެބޯޝަނާ ދެކޮޅަށް ވާހަކަދައްކަވާ ބޮލްސާނަރޯ ވިދާޅުވިއެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ދެވަނަ ބުރަކަށް ވަޑައިގެންނެވުނު ނަމަވެސް ބޮލްސާނަރޯއަށް އިންތިޚާބު ކާމިޔާބެއް ނުކުރެއްވޭނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް