18 ޑިސެންބަރު 2018 | އަންގާރަ | 09 މުލަ
11 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:01
އަސްރު 15:27
މެންދުރު 12:06
އިރުއަރާ 06:04
ފަތިސް 04:47

އޭންޖެލްހެކް ހެކެތޯން

އޭންޖަލްހެކްއިން ރާއްޖެއިން 1 ވަނައަށް ދިޔަ ފަރާތް ބައިނަލް އަގްވާމީ ހެކްސަލަރޭޓަރ ޕްރޮގްރާމްއަކަށް

  • އެމެރިކާގެ ސެންފްރެންސިސްކޯގެ ސިލިކޮންވެލީގައި ބާއްވާ ގްލޯބަލް ޑިމޯ ޑޭގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ
  • އެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރި ވެވޭނީ ހަމައެކަނި ދައުވަތު ލިބޭ މަދު ގުރޫޕް ތަކަކަށް
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 23 ޖުލައި 2018 | ހޯމަ 06:41 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  3. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  4. ފެނަކަ އެމްޑީއަކަށް ސައީދު
  5. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  6. ޓްރީޓޮޕް ހޮސްޕިޓަލުން މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއް ތައާރަފް ކޮށްފި
  7. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  8. އިމާރަތްކުރި ކުންފުނިން ހުއްދަ ވެސް ނަގާފަ އެއް ނެތް، ބޯޑް ވެސް ނަގާފައި ވަނީ އެހެންކަމަކަށް: ސިޓީ ކައުންސިލް


އޭންޖަލްހެކް ހެކަތޮންއިން ރާއްޖެއިން އެއްވަނައަށް ދިޔަ ފަރާތް، ގްރޫޕް ފިންވައިސް -- ދިރާގު

ދިރާގާއި ސްޕާކްހަބް ގުޅިގެން ބޭއްވި އޭންޖަލްހެކްއިން ރާއްޖެއިން 1 ވަނައަށް ދިޔަ ފަރާތް ބައިނަލް އަގްވާމީ އެކްސަލަރޭޓަރ ޕްރޮގްރާމްއަށް ނޮމިނޭޓް ވެއްޖެއެވެ.

އިއްޔެ ބޭއްވި އޭންޖަލްހެކް ހެކަތޯން ނިމުމުގެ ރަސްމިއްޔާތުގައި އެއްވަނައަށް ދިޔަ، ފިންވައިސް ގުރޫޕަށް ވަނީ އެއްވަނައަށް ދިއުމާއި ގުޅިގެން އެމެރިކާގެ ސެންފްރެންސިސްކޯގެ ސިލިކޮންވެލީގައި ބާއްވާ ގްލޯބަލް ޑިމޯ ޑޭގައި އެ ގުރޫޕްގެ އުފެއްދުން ދައްކާލުމުގެ ދައުވަތު ވެސް ލިބިފައެވެ.

ބައިނަލް އަގްވާމީ ހެކްސަލަރޭޓަރ ޕްރޮގްރާމަކީ 12 ހަފްތާއަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ތަމްރީން ކޮށްދޭން ތިބޭ މީހުންނަކީ، އެ މީހުންގެ ދާއިރާތަކުގެ އެންމެ ފުންނާބު އުސް ތަޖްރިބާކާރުންނެވެ. އެ ތަޖްރިބާކާރުންގެ އަމާޒަކީ އެ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވާ ގުރޫޕްގެ އުފެއްދުންތައް "ފައްކާ" ކުރުމުގައި އެހީތެރިވެދީ ގްލޯބަލް ޑިމޯޑޭއަށް ތައްޔާރު ކޮށްދިނުމެވެ. އެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރި ވެވޭނީ ހަމައެކަނި ދައުވަތު ލިބޭ މަދު ގުރޫޕްތަކަކަށެވެ.

އޭންޖަލްހެކްއިން އެއްވަނައަށް ދިޔަ ފިންވައިސް ގުރޫޕުން ބުނީ އެ މީހުންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ރާއްޖޭގައި ތައާރަފް ކޮށްދިނީތީ ދިރާގަށާއި ސްޕާކްހަބްއަށް ވަރަށް ބޮޑަށް ޝުކުރު ވެރިވާ ކަމަށެވެ. އަދި ދެ ދުވަހަށް ކުރިއަށް ދިޔަ އެ ޕްރޮގްރާމުން ވަރަށް ގިނަ ފިލާވަޅުތައް ދަސްވިކަމަށާއި އެ ފިލާވަޅުތަކުގެ ސަބަބުން ކުރިން ނޭނގޭ އެތައްކަމެއް އެގިއްޖެ ކަމަށެވެ.

ރާއްޖެއިން ކުރިއަށް ގެންދިޔަ އޭންޖަލްހެކްގައި 50 މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޑިވޮލަޕަރުންނާއި، ޑިޒައިނަރުންނާއި އެންޓިޕްރިނިއަރުން ވަނީ ބައިވެރިވެފައެވެ.

ރާއްޖެއިން ކުރިއަށް ގެންދިޔަ އޭނަޖަލްހެކް ހެކަތޯނަކީ ތިން މަސް ދުވަސް ތެރޭ ހިންގާ ބައިނަލް އަގްވާމީ 60 ހެކަތޯނުގެ ބައެކެވެ. ބައިނަލް އަގާވާމީ ހެކަތޯނުގައި ޖުމްލަ ދިހަ ހާހަށް ވުރެ ގިނަ ޑިވޮލޮޕަރުން ކޮންމެ އަހަރަކު ވެސް ބައިވެރިވެއެވެ.

ދިރާގާއި ސްޕާކްހަބްއިން ރާއްޖެއަށް ތައާރަފް ކުރި ދުނިޔޭގެ އެންމެ ބޮޑު 'އޭނަޖަލްހެކް' ހެކަތޯންގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާގައި އުޅުއްވާ ފަރާތްތަކަށް ސިލިކަން ވެލީއަށް ދިއުމުގެ މަގު ވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ. އެކަމުގެ ސަބަބުން އާ ދޮރުތަކެއް ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބި އެ ފަރާތްތަކުގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލުމުގެ މަގު ވަނީ ތަނަވަސް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

FBI listah

5 މަސް ކުރިން

FBI listah arafa thithibee

0
0