25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އެމްއެމްއޭ

ޑިޖިޓަލް ޕޭމަންޓް ނިޒާމް ހަރުދަނާކުރުމަށް ކުރިއަށް އޮތް ހަތަރު އަހަރު މަސައްކަތްކުރާނެ: އެމްއެމްއޭ

  • މުހިއްމު 6 ލަނޑުދަނޑިއެއް ހިމެނޭ
މިއުވާން މުހައްމަދު | Miuvaan

| 22 ޖުލައި 2018 | އާދީއްތަ 18:29 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ސްޓްރެޓީޖިކް ޕްލޭން ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- އެމްއެމްއޭ

ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމު ވީހާވެސް ބޮޑަކަށް ނަގުދު ފައިސާ އަށް ބަރޯސާނުވެ، ޑިޖިޓަލް ޕޭމެންޓްތަކާއި ހަމައަށް ގެންދިއުމުގެ އަމާޒާއި އެކު މަރުކާޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ނެރެފިއެވެ.

އެމްއެމްއޭ. ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްޓްރެޓީޖިކް ޕްލޭން އިފްތިތާހް ކޮށްދެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި މާލީ ވަޒީރު އަހުމަދު މުނައްވަރެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގައި އެމްއެމްއޭގެ މުވައްޒަފުންގެ މަޝްވަރާ އާއި، ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް.)ގެ ފަންނީ ލަފާ ހިމަނާފައިވާނެ ކަމަށެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ކަމާއި ގުޅޭ ހުރިހާ މުއައްސަސާތަކުގެ ފަންނީ އަދި ޕޮލިސީ ލެވެލްގެ ބޭފުޅުންގެ ލަފަޔާއި އަދި ރާއްޖޭގެ ހަރަކާތްތެރިވާ މާލީ ޚިދުމަތްދޭ ހުރިހާ އިދާރާތަކެއްގެ ފަންނީ އަދި ޕޮލިސީ ލެވެލްގެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވި، އެކަންކަމަށް ރިއާޔަތް ކުރެވިފައި ވާނެކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ މަރުކަޒީ ބޭންކުގެ އެންމެ މުހިއްމު އެއް ލަނޑުދަނޑިއަކީ ވީހާ ވެސް ގިނަ ބަޔަކަށް މާލީ ގޮތުން ބައިވެރިވެވޭ، އަދި ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަކަމާއިއެކު މާލީ ހިދުމަތްތައް ލިބޭނެ ގޮތަކަށް މާލީ ދާއިރާ ބައްޓަން ކުރުންކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ތިބި ކަމުގައި ވިޔަސް ބޭންކިންގެ ހިދުމަތާއި އިންޝުއަރެންސްގެ ހިދުމަތާއި އެހެނިހެން މާލީ ހިދުމަތްތައް ލިބިގެން ދިއުމަކީ ބޭންކްގެ އެއް އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ. 

އެމްއެމްއޭގެ ސްޓްރެޓްޖިކް ޕްލޭން އެކުލެވިގެން ވަނީ މައިގަނޑު ހަ ލަނޑުދަނޑިއެއްގެ މައްޗަށެވެ. އެއީ:

  1. މަނިޓަރީ ސިޔާސަތު ހިންގުން ހަރުދަނާކުރުން
  2. މާލީ ދާއިރާގެ ސްޓެބިލިޓީ ދެމެހެއްޓުން
  3. ރައްކާތެރި އަދި ފަސޭހަ ޕޭމެންޓް ސިސްޓަމެއް ގާއިމުކުރުމާއި، އެމްއެމްއޭ. އިން ސަރުކާރަށް ދޭ ބޭންކިން ހިދުމަތް އިތުރަށް ތަރައްގީކުރުން
  4. އެމްއެމްއޭގެ އުފެއްދުންތެރިކަމާއި ގަވަރނެންސް ހަރުދަނާކުރުން
  5. އިގްތިސާދީ ދިރާސާތަކާއި ތަފާސްހިސާބު ހަރުދަނާކުރުން
  6. މާލީ ދާއިރާ ތަރައްގީކުރުމާއި މާލީ ނިޒާމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުން

މި ރަސްމިއްޔާތުގައި ގަވަރުނަރު ނަސީރު ވިދާޅުވީ ރާއްޖޭގެ މާލީ މައްސަލަތަކަށް ހައްލު ހޯދޭނީ ދިވެހިންނަށް ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގައި މުޅި ދުނިޔެއަށް ވެސް ރާއްޖެ އިން ދަނީ މިސާލު ދައްކަމުންކަމަށާއި، ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އެބަހުރި ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ މައްސަލަތަކަށް ހައްލު ހޯދޭނީ ދިވެހިންނަށްކަމަށް ގަވަރުނަރު ވިދާޅުވެފައިވާއިރު، މިހާރުގެ ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތަށް ބައިނަލްއަޤްވާމީ މާލީ އިދާރާ އާއި ވާރލްޑް ބޭންކާއި، ދުނިޔޭގެ އެހެން ޤައުމުތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި ވަކިން ޚާއްސަކޮށް ދިވެހިރާއްޖެ، ޗައިނާއަށް ދަރަނިވެރިވަމުންދާ މިންވަރު އިތުރުވެފައިވާއިރު، އެކަމަށް އެކަށީގެންވާ ހައްލުތަކެއް ސަރުކާރަށް ހޯދިފައެއް ނުވެއެވެ. އަދި މީގެ އިތުރުން ސަރުކާރުން އަދި ވެސް ގެންދަނީ ހިފެހެއްޓުމެއް ނެތި ޗައިނާ އިންނާއި ޢަރަބި ޤައުމުތަކުން ލޯނު ނަގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މިހާރު މިގެންދަނީ

9 މަސް ކުރިން

އަހަރުމެން މިހާރު މިގެންދަނީ ރުބެލްގެ ރަށުގެ ތަނަވަސްކަމާ 80 މިލިއަން ގުނީމާވީ ގޮތެއް ބަލަމުން!

0
0
އުދަފިނޮލު

9 މަސް ކުރިން

އުދަފިނޮލު ވަގުވަގަށް ހިއްކަނީތަ؟

0
0