21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ނަޤްޝް ލަޔަލްޕޫރީ ނިޔާވުން

މަޝްހޫރު ޝާޢިރެއް ކަމަށްވާ ނަޤްޝް ލަޔަލްޕޫރީ ނިޔާވެއްޖެ

  • ނިޔާވިއިރު ޢުމުރަކީ 89 އަހަރު
  • ނަޤްޝް ލަޔަލްޕޫރީއަށް ވަނީ ޅެން ހެދުމުގެ ރޮނގުން ޤައުމީ އެވޯޑުތައް ލިބިފައި
އާލާ އިބުރާހިމް | aalu_aala

| 23 ޖެނުއަރީ 2017 | ހޯމަ 15:46 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ނަޤްޝް ލަޔަލްޕޫރީ ނިޔާވިއިރު ޢުމުރަކީ 89 އަހަރު -- ގޫގުލް

ޕާކިސްތާނަށް ނިސްބަތްވާ މަޤްބޫލު ޝާޢިރެއް އަދި ލަވަ ލިޔުންތެރިއެއް ކަމަށްވާ ޖަސްވަންތު ރާއި ޝަރްމާ ނިޔާވެއްޖެއެވެ.

 

ޢުމުރުން 89 އަހަރުގައި މަރުވި ޖަސްވަންތް ރާއި ޝަރްމާ މަޤްބޫލުވެފައިވަނީ ނަޤްޝް ލަޔަލްޕޫރީގެ ނަމުންނެވެ. އޭނާގެ ޢާއިލާއާ ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އޭނާ ނިޔާވެފައިވަނީ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

 

ޕާކިސްތާނުގެ ފައިސަލްއާބާދު، މިހާރު އިންޑިޔާގެ ޕަންޖާބުގެ އަވަށެއް ކަމަށްވާ ލަޔަލްޕޫރަށް އުފަން، ނަޤްޝް ލަޔަލްޕޫރީ ހިންދީ ސިނަމާގައި ފައިތިލަ ސާބިތުކުރުމުގެ ނިޔަތުގައި އިންޑިޔާގެ މުމްބާއީއަށް ބަދަލުވެފައިވަނީ 1940ގެ އަހަރުތަކުގެ ތެރޭގައެވެ. އެތަކެއް އަހަރުތަކެއް ވަންދެން ކެނޑިނޭޅި ކުރި މަސައްކަތުން އޭނާއަށް ހިންދީ ސިނަމާއިން އެންމެ ފުރަތަމަ ވެސް ފުރުޞަތެއް ލިބިފައިވަނީ 1952 ވަނަ އަހަރެވެ. ލަވަ ލިޔުންތެރިއެއްގެ ޙައިސިއްޔަތުން އެންމެ ފުރަތަމަ ލިބުނު ފުރުޞަތާއެކު އޭނާ ވަނީ 1970އިގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް އެތަކެއް ކާމިޔާބީތަކެއް ޙާޞިލްކޮށްފައެވެ.

 

ލަވަތަކަށް ޅެން ހެދުމަށް އޭނާ ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން އިންޑިޔާގެ ބޮޑެތި ފިލްމު ޑައިރެކްޓަރުންނާއި، މިއުޒިކް ޑައިރެކްޓަރުންގެ އިތުރުން ލަވަކިޔުންތެރިންނާއެކު ނަޤްޝް ލަޔަލްޕޫރީ ވަނީ މަސައްކަތްކޮށްފައެވެ. އޭނާ ހަދާފައިވާ "ރޮމޭންޓިކް" އަދި "އިމޯޝަނަލް" ޅެންތައް އެތައް މިލިއަން މީހުންގެ ހިތްތަކާއި ވަނީ ކުޅެފައެވެ.

 

ނަޤްޝް ލަޔަލްޕޫރީ ލިޔެފައިވާ ބައެއް މަޤްބޫލު ޅެންތަކުގެ ތެރޭގައި 1971 ވަނަ އަހަރު ނެރުނު ފިލްމު "ޗެޓަނާ" ގައި ހިމެނޭ ލަވައެއް ކަމަށްވާ "މޭ ތޯ ހަރް މޯޅް ޕަރް" އާއި 1981 ވަނަ އަހަރު ނެރުނު ފިލްމު "ދަރްދު" ގައި ހިމެނޭ ލަވައެއް ކަމަށްވާ "ނާ ޖާނޭ ކިޔާ ހުވާ، ޖޯ ތޫނޭ ޗޫ ލިޔާ" ގެ އިތުރުން 1974 ވަނަ އަހަރު ނެރުނު ފިލްމު "ކޯލް ގާރލް" ގައި ހިމެނޭ ކިޝޯރް ކުމާރް ކިޔާފައިވާ ލަވަ، "އުލްފަތު މޭ ޒަމާނޭ ކީ" ގެ އިތުރުން 1977 ވަނަ އަހަރު ނެރުނު ފިލްމު "ގަރޯންޑާ" ގައި ހިމެނޭ ލޯބީގެ ލަވައެއް ކަމަށްވާ "ދޯ ދީވާނޭ ޝެހެރް މޭ" ހިމެނެއެވެ.

1970އިގެ އަހަރުތަކަށް ފަހު ނަޤްޝް ލަޔަލްޕޫރީގެ ނަން ކޮންމެވެސް ވަރަކަށް ފަނޑުވެގެން ދިއުމާއެކު 1990އިގެ އަހަރުތަކުގެ ތެރޭގައި އޭނާ ވަނީ ބޮލީވުޑުން ރިޓަޔަރ ކޮށްފައެވެ. އެހެން ނަމަވެސް، 2005 ވަނަ އަހަރުގެ ތެރޭގައި އޭނާގެ ޅެންތައް އަނެއްކާ ވެސް ވަނީ އަޑުއިވިގެން ގޮސްފައެވެ. އެގޮތުން 2005 ވަނަ އަހަރުގެ ފަހުކޮޅު ނެރުނު ފިލްމު "ތާޖް މަހަލް" ގައި ހިމެނޭ އަށް ލަވައިގެ ޅެން ހަދައިދީފައިވެއެވެ. މީގެ އިތުރުން 2006 ވަނަ އަހަރު ނެރުނު ފިލްމު "ޔާތްރާ" ގެ ލަވަތަކަށް ވެސް ޅެން ހަދާދީފައިވަނީ ނަޤްޝް ލަޔަލްޕޫރީ އެވެ.

ވަރަށް ޅަ ޢުމުރުގައި ލިޓަރޭޗަރ، ޚާއްޞަކޮށް އުރުދޫ ލިޓަރޭޗާރއަށް ޝައުޤުވެރިކަން އުފެދުނު ނަޤްޝް ލަޔަލްޕޫރީގެ ޢުމުރުން 89 އަހަރުގައި ނިޔާވެފައިވާއިރު، އޭނާގެ ޅެންތަކަށް ވަނީ އިންޑިޔަން ޓެލެވިޜަން އެކެޑެމީ އެވޯޑްސްގެ އިތުރުން އެންމެ މޮޅު ލަވަ ލިޔުންތެރިއަކަށް އިންޑިއަން ޓެލީ އިން ދޭ އެވޯޑު ވެސް ލިބިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް