11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ބޮލީވުޑް

ދަޅަކް ގެ ކާމިޔާބީ: ދެ ދުވަހުން 19 ކްރޯޑަށް އަރައިފި

  • ދެވަނަ ދުވަހު އާމްދަނީގެ ގޮތުގައި މި ފިލްމަށް ވަނީ 10.5 ކްރޯޑް ރުޕީސް ލިބިފައި
  • އިންޓަނޭޝަނަލް މާކެޓް ގައި ވެސް "ދަޅަކް" ގެ ފެށުން ވަރަށް ރަނގަޅު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 22 ޖުލައި 2018 | އާދީއްތަ 14:59 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ދަޅަކް ގެ ޕޯސްޓަރު -- ގޫގުލް

ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ބޮލީވުޑަށް ތަޢާރަފް ވެގެންދާ ފިލްމް "ދަޅަކް" ރިލީޒް ކުރިތާ ފުރަތަމަ ދެ ދުވަހުން ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 19.25 ކްރޯޑަށް އަރައިފިއެވެ.

 މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ވަނީ ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު 8.71 ކްރޯޑް ރުޕީޒް ލިބިފައެވެ.

ބޮކްސް އޮފީހުގެ ރިޕޯޓްތައް ބުނާގޮތުން ދެވަނަ ދުވަހު އާމްދަނީގެ ގޮތުގައި މި ފިލްމަށް ވަނީ 10.5 ކްރޯޑް ރުޕީސް ލިބިފައެވެ.

މި ފިލްމާއި ބެހޭގޮތުން ޓްރޭޑް އެންލިސްޓް ތަރަން އާދާޝް ބުނެފައި ވަނީ ދަޅަކް ގެ ފެށުން ވަރަށް ވަރުގަދަ ކަމަށެވެ. އަދި އަލަށް ތައާރަފްވާ ދެތަރިންގެ ގެ ފިލްމެއް ކާމިޔާބު ވަމުން ދަނީ ވަރަށް މަދު ފަހަރެއްގައި ކަމަށެވެ.

މި ފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ވަނީ ކުރިން އެ ރެކޯޑް ގާއިމް ކޮށްފައިވާ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔަރ" އަށް ވުރެ މައްޗަށް އަރާފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ތަރަން އާދޭޝް ކޮށްފައިވާ އެހެން ޓްވީޓެއްގައި ވަނީ އިންޓަނޭޝަނަލް މާކެޓް ގައި ވެސް "ދަޅަކް" ގެ ފެށުން ވަރަށް ރަނގަޅު ކަމަށް ބުނެފައެވެ. އެގޮތުން ނޯތް އެމެރިކާއިން 122 ހާސް ޑޮލަރު އަދި ޔޫއޭއީ އާއި ގަލްފްގެ ގައުމުތަކުން 228 ހާސް ޑޮލަރު، ޔޫކޭ އާއި އަޔަލޭންޑުން 47 ހާސް ޑޮލަރު އަދި އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުން 44 ހާސް ޑޮލަރު ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ބައެއް ގައުމުތައް އިތުރަށް ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ކަމުން މުޅި ޖުމްލަ އަދި އިތުރު ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް