20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ކެންޔާގެ ރީތީގެ ރާނީ

ކެންޔާގެ ރީތީގެ ރާނީ މެރުމަށް ހުކުމް ކޮށްފި

  • އޭނާގެ ލޯބިވެރިޔާ މަރާލާފައި ވަނީ 2015 ގައި
  • ރޫތުގެ މައްޗަށް ކުށް ސާބިތުވީ 2015 ގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 22 ޖުލައި 2018 | އާދީއްތަ 14:30 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ރޫތު ކަމަންޑޭ -- އިންޑިޕެންޑެންޓް.ޔޫކޭ

ލޯބިވެރިޔާގެ ގަޔަށް 25 ފަހަރު ވަޅިޖެހައި މަރާލުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ކެންޔާގެ ރީތީގެ ރާނީ ރޫތު ކަމަންޑޭ މެރުމަށް ހުކުމް ކޮށްފިއެވެ.

ރޫތު ކަމަންޑޭ އޭނާގެ ލޯބިވެރިޔާ ކަމަށްވާ 24 އަހަރުގެ ފާރިދު މުހައްމަދު މަރާލާފައިވަނީ 2015 ވަނަ އަހަރުގައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ މިދިޔަ މެއި މަހުގައެވެ.

ރޫތު ކަމަންޑޭއަށް މަރުގެ ހުކުމް ކުރުމަށްފަހު ގާޒީ ޖެސީ ލެސިޓް ވިދާޅުވީ އޭނާ މަރަން ހުކުމް ކުރީ ރުޅިއަންނަ ކޮންމެ ފަހަރަކު ނުވަތަ ނުތަނަވަސްވާ ކޮންމެ ފަހަރަކު ލޯބިވެރިޔާ މެރުން އެއީ ކުށެއްކަން ޒުވާނުންނަށް އެންގުމުގެ ގޮތުންކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ނުކުރުމަށް ޒުވާނުންގެ ކިބައިން ގާޒީ ވަނީ އެދިވަޑައިގެންފައެވެ.

ރޫތުގެ ލޯބިވެރިޔާ މަރާލުމަށްފަހު އޭނާ ވަނީ އަމިއްލަ ހަށިގަނޑުގައި ވަޅިން އަޅައި އަދި ލޯބިވެރިޔާގެ ފޯނު ވެސް ބަލާފައި ކަމަށް ގާޒީ ވިދާޅުވިއެވެ.

ރޫތު މެރުމަށް ހުކުމް ކުރުމާއެކު އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ އެއީ އިންސާނިއްޔަތާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް