15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޕާކިސްތާނުގެ އާއްމު އިންތިޚާބު

ޕާކިސްތާނުގެ އިންތިޚާބު: ވޯޓުލާން ތިން ދުވަހަށް ވެފައިވަނިކޮށް ނަވާޒް ޝަރީފް ޕާޓީގެ ކެންޑިޑޭޓަކު އުމުރަށް ޖަލަށް

 • ހުކުމް ކުރީ ހަ އަހަރުވީ މައްސަލައެއްގައި
 • މިއީ 2011 ވަަނަ އަހަރު ފެންމަތިވި މައްސަލައެއް
 • މި ނިންމުމާއިއެކު އައްބާސީއަށް ވާދައެއް ނުކުރެއްވޭނެ
އަބުދުﷲ މުހައްމަދު | 8Abbo

| 22 ޖުލައި 2018 | އާދީއްތަ 14:14 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ހުދު ހެދުމެއްގައި ހަނީފް އައްބާސީ -- ޑެއިލީ ޓައިމްސް

މަގާމުން ދުރުކޮށް ޖަލަށްލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ، ޕާކިސްތާން މުސްލިމް ލީގް ނަވާޒް ޕާޓީގެ އިސް ކެންޑިޑޭޓަކު އުމުރުދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ޖުލައިމަހުގެ 25 ވަނަ ދުވަހު ބާއްވާ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، ޕާކިސްތާން މުސްލިމް ލީގް ނަވާޒް ޕާޓީގެ ލީޑަރު ހަނީފް އައްބާސީ ޖަލަށްލުމަށް އެންޓި ޑްރަގް ކޯޓުން ހުކުމް ކުރި މައްސަލައަކީ ހަ އަހަރުވީ މައްސަލައެކެވެ.

ރާވަލްޕިންޑީގައި ހުންނަ ކޮންޓްރޯލް އޮފް ނާކޮޓިކްސް ސަބްސްޓެންސަސް(ސީއެންއެސް)އިން އައްބާސީގެ މައްޗަށް އުމުރު ދުވަހުގެ ޖަލުހުކުމެއްކުރީ ނަހަމަގޮތުގުގައި އެފެޑްރިން ކެމިކަލް ބޭނުންކުރިކަމަށް ސާބިތުވުމުންނެވެ.

ނަވާޒް ޝަރީފްއާއި އަރިސް ބޭފުޅެއްގެގޮތުގައި ބެލެވިފައިވާ އައްބާސީ ވާދަކުރައްވަނީ ރާވަލްޕިންޑީއަށް ނިސްބަތްވެވަޑައިގަންނަވާ އަވާމީ މުސްލިމް ލީގްގެ ވެރިޔާ ޝެއިޚް ރާޝިދްއާއެވެ.

ނާކޮޓިކްސް ކޯޓުގެ މި ނިންމުމާއި ގުޅިގެން ޕާކިސްތާން މުސްލިމް ލީގް ނަވާޒުގެ ލީޑަރަށް މި އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.

އެފެޑްރިން މައްސަލަ ފެންމަތިވެގެން އައީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ވާހަކަދައްކަވަމުން 2011 ވަނަ އަހަރުގެ މާޗް މަހު އޭރުގެ ފެޑެރަލް މިނިސްޓަރ މަޚްދޫމް ޝަހާބުއްދީން ފެންމަތިކުރެއްވި ވާހަކައަކާއި ގުޅިގެންނެވެ. ޝަހާބުއްދީންވަނީ ފާމަސޫޓިކަލް ކުންފުނިތަކަށް 9،000 ކިލޯ ގްރާމްގެ އެފެޑްރިން ހަމަޖައްސައިދިން ގޮތް ތަހުގީގުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އެންޓި ނާކޮޓިކްސް ފޯސް(އޭއެންއެފް)އިން 2012 ވަނަ އަހަރު މި މައްސަލައިގައި އައްބާސީވެސް ހިމެނިވަޑައިގަންނަވާ ގޮތުން ނުވަ މީހެއްގެ މައްޗަށް ތުހުމަތުކުރިއެވެ.

އައްބާސީގެ މައްޗަށް ދައުވާކުރީ ކޮންޓްރޯލް ކޮށްފައިވާ ކެމިކަލެއްކަމަށްވާ އެފެޑްރިންގެ 500 ކިލޯ ގްރާމް، ޑަކުޓަރީ ބޭސް އުފައްދާ އޭނާގެ ކުންފުންޏެއްކަމަށްވާ ގްރޭ ފާމަސޫޓިކަލްއިން 2010 ވަނަ އަހަރު ބޭނުންކުރިކަމަށް ބުނާ މައްސަލައިގައެވެ.

ޑަކްޓަރީ ބޭސް އުފެއްދުމަށް ބޭނުންކުރުމުގެ ބަދަލުގައި އޭނާ އެ ބޭނުންކޮށްފައިވަނީ ސްމަގްލް ކުރާ ފަރާތަކަށް ދޭން ކަމަށްވަނީ ތުހުމަތުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް