18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޖަޕާނުގައި ހޫނު ގަދަވުން

ޖަޕާނަށް ހޫނު ގަދަވުމުގެ ސަބަބުން 30 މީހުން މަރުވެ އެތަކެއް ހާސް މީހުން އެޑުމިޓް ކޮށްފި

  • ޖަޕާނުގެ ހޫނު މިން ހުރީ 40.7 ޑިގްރީ ސެލްސިއަސްއަށް
  • ހޫނު ގަދަވެ 10،000 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލްތަކަށް ގެންދެވި ފަރުވާ ދެމުންދޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 22 ޖުލައި 2018 | އާދީއްތަ 12:31 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ޖަޕާނުގައި ހޫނު ގަދަ ވުމުގެ ސަބަބުން ކުޑަ ހިފައިގެން މީހުން ދަނީ -- ޖަޕާން ޓައިމްސް

ޖަޕާނުގެ އެކި ސަރަހައްދުތަކަށް ހޫނު ގަދަ ވުމުގެ ސަބަބުން 30 މީހުން މަރުވެ އެތަކެއް ހާސް މީހުން ހޮސްޕިޓަލުގައި އެޑުމިޓް ކޮށް ފަރުވާދޭން ފަށައިފިއެވެ.

މިދިޔަ ހަފްތާގައި ޖަޕާނުގައި ވަނީ 6 އަހަރުގެ ކުއްޖަކު ސްކޫލަށް ގޮސް އުޅެނިކޮށް "ހީޓް ސްޓްރޯކް" އެއް ޖެހި މަރުވެފައެވެ. މީގެ އިތުރުން ހޫނު ގަދަވުމުގެ ސަބަބުން 90 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ގަސްތަކެއްގެ ތެރެއިން ވަނީ ފެނިފައެވެ. މަރުވި 30 މީހުންވެސް މަރުވީ ހީޓް ސްޓްރޯކް ޖެހިގެންކަމަށް ޖަޕާނުގެ ޚަބަރުތަކުގައި ވެއެވެ.

އޭބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަޕާނުގެ ހޫނު މިން ހުރީ 40.7 ޑިގްރީ ސެލްސިއަސްއަށެވެ. އަދި ބައެއް އަވަށްތަކުގައި ހޫނު މިން ހުރީ 39.8 ޑިގްރީއަށެވެ.

ދަ ޖަޕާން ޓައިމްސް އިން ބުނީ ހޫނު ގަދަވެ 10،000 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލްތަކަށް ގެންދެވި ފަރުވާ ދެމުންދާކަމަށެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ހޫނުން ރައްކާތެރި ވުމަށާއި ގިނައިން ފެނާއި ދިޔާތަކެތި ބޭނުންކޮށް އަދި ހަށިގަނޑު ފިނިކޮށް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

ޖަޕާނުގައި މިހާ ގަދައަށް ހޫނުވެފައި މިވަނީ ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން 218 އަށް ވުރެ ގިނަ މީހުން މަރުވެ 12 މީހުން ގެއްލިފައިވާތާ އަދި މަހެއްހާ ދުވަސް ނުވަނީސްއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް