22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޒިމްބާބުވޭގެ އިންތިޚާބު

ދޮން ނަސްލުގެ ދަނޑުވެރިންނަކަށް ބިރެއް ނެތް:ނަންގަގްވާ

  • ދޮން ނަސްލުގެ ރައްޔިތުންގެ އަދަދު 30،000 އަށް އަރާ
  • ޒިމްބާބުވޭގައި ދޮން ނަސްލުގެ މީހުންގެ ދަނޑު ބިންތައް އަތުލަމުންދިޔަ
އަބުދުﷲ މުހައްމަދު | 8Abbo

| 22 ޖުލައި 2018 | އާދީއްތަ 10:23 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ޒިމްބާބުވޭގެ ދޮން ނަސްލުގެ ބަޔަކާއި ވެރިރަށް ހަރާރޭގައި ނަންގަގްވާ ހޮނިހިރު ދުވަހު ބައްދަލުކުރައްވަނީ -- އޭއެފްޕީ

ޒިންބާބުވޭގައި ދޮން ނަސްލުގެ ދަނޑުވެރިންގެ ބިންތައް އަތުލަމުންދިޔަ ޒަމާން ނިމުމަކަށް ގެނެސްފައިވާކަމަށާއި ސަރުކާރާއި އެކުގައި މަސައްކަތް ކުރުމަށް އެ ގައުމުގެ ދޮން ނަސްލުގެ ދަނޑުވެރިންނަށް ރައީސް އެމަސަން ނަންގަގްވާ ގޮވާލައްވައިފިއެވެ.

ނަންގަގްވާ މިހެންގޮވާލައްވާފައި މިވަނީ އެ ގައުމުގެ ރިޔާސީ އިންތިޚާބު ޖުލައި މަހުގެ 30 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވަނިކޮށެވެ.

އަސްކަރިއްޔާގެ އެހީތެރިކަމާއިއެކު ޒިމްބާބުވޭގެ ޚުދުމުޚުތާރު ވެރިޔާ ރޮބަރޓް މުގާބޭގެ ވެރިކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަދަލުކުރުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ނަންގަގްވާ އިންތިޚާބުގެ ކެމްޕެއިން ކުރައްވަމުންދާއިރު ވާދަވެރިކަން ބޮޑުވާނެކަމަށްވަނީ ބެލެވިފައެވެ.

ނަންގަގްވާއާއި އެންމެ ވާދަވެރި ކެނޑިޑޭޓަކަށް ވާނެކަމަށް ބެލެވެނީ އިދިކޮޅު މޫވްމެންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް(އެމްޑީސީ)ގެ ލީޑަރު އުމުރުފުޅުން 40 އަހަރުގެ ނެލްސަން ޗެމިސާއެވެ.

ޒިމްބާބުވޭގައި މިވަގުތު ތިބި ދޮން ނަސްލުގެ ރައްޔިތުންގެ އަދަދު 30،000 އަށް އަރާނެ ކަމަށް ލަފާކުރެވިފައިވާއިރު ވެރިކަންކުރާ ޒަނޫޕީއެފް ޕާޓީ އާއި އެމީހުންނާއިމެދު ވަނީ ގުޅުން ގޯސްވެފައެވެ.

ޒިމްބާބުވޭގެ ދޮން ނަސްލުގެ ރައްޔިތުންގެ ވޯޓް ލިބޭނެކަމަށް ބެލެވިފައިވަނީ އެމްޑީސީ ނުވަތަ އެހެން އިދިކޮޅު ޕާޓީއަކަށް ކަމަށްވަނީ ބެލެވިފައެވެ.

މުގާބޭގެ ކުރީގެ އަރިސް ބޭފުޅެއްކަމަށްވާ އުމުރުފުޅުން 75 އަހަރުގެ ނަންގަގްވާ ވަނީ ދޮން ނަސްލުގެ މީހުންގެ ދަނޑުބިންތައް ގަދަބާރުން ދަމައިގަތުން ނިމުމަކަށް ގެންނާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ދޮން ނަސްލުގެ މީހުންގެ ދަނޑުބިންތައް އަތުލުމަކީ ރައީސް މުގާބޭގެ ވެރިކަމުގައި ކުރައްވަމުން ގެންދެވި ކަމެކެވެ. އެގޮތަށް އެކަން ކުރަމުން ގެންދިޔައީ އިނގިރޭސިންގެ އަތްދަށުގައި ޒިމްބާބުވޭ އޮތް ދުވަސްވަރުގެ ނާއިންސާފުގެ ބަދަލެއްގެ ގޮތުގައެވެ.

ޒިމްބާބުވޭގެ ދޮން ނަސްލުގެ 200 އެއްހާ މީހުންނާއި ވެރިރަށް ހަރާރޭގެ މުއްސަނދި ސަރަހައްދެއްކަމަށްވާ ބޮރޯޑޭލްގައި ހޮނިހިރު ދުވަހު ބައްދަލުކުރައްވައި ނަންގަގްވާ ވިދާޅުވީ ބިންތައް ދަމައިގަތުމަކީ މިހާރު މާޒީ ކަމަށާއި ގާނޫނުގެ ވެރިކަން މިހާރު ހިނގަން ޖެހޭނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް