23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ފަންނޭ ޚާން

ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އަނިލް އާއި ރާޖް ކުމާރު ރާއޯ އެކި ސަރަހައްދު ތަކަށް

  • މި ފިލްމު ރިލީޒް ކުރާނީ އަންނަ އޮގަސްޓް މަހުގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 22 ޖުލައި 2018 | އާދީއްތަ 08:16 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ފަންނޭ ޚާން އިން ފެނިގެންދާ އަނިލް ކަޕޫރާއި އައިޝްވަރިޔާ ބައްޗަން. -- ގެޓީ އިމޭޖާސް

އަންނަ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމު ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އިންޑިއާގެ އެކި ސަރަހައްދުތަކަށް ދިއުމަށް އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ދެ ތަރިން ކަމުގައިވާ އަނިލް ކަޕޫރާއި ރާޖް ކުމާރު ރާއޯ  ނިންމައިފިއެވެ.

އަނިލް ކަޕޫރު މި ފިލްމުން ފެނިގެން ދަނީ ޓެކްސީ ޑްރައިވަރެއްގެ ރޯލުންނެވެ. އަދި ރާޖް ކުމާރު ރާއޯ ފެނިގެން ދަނީ އަނިލްގެ ރައްޓެއްސެއްގެ ގޮތުންނެވެ. މި ފިލްމުގައި އަނިލް އަދާކުރަނީ އޭނާގެ އަންހެން ދަރިފުޅު ލަވަކިއުންތެރިއަކަށް ވުމަށް ދެކެމުންދާ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާ ބައްޕައެއްގެ ރޯލެވެ.

މިއީ ބެލްޖިއަމްގެ ފިލްމު އެވްރިބޮޑީ އިޒް ފޭމަސް ގެ ރީމޭކެކެވެ. އެ ފިލްމަކީ 2001ވަނަ އަހަރު ބޭރުގެ ބަހަކުން އުފައްދާފައިވާ އެންމެ މޮޅު ފިލްމަށް ނޮމިނޭޓް ވެފައިވާ ފިލްމެކެވެ.

ފަންނޭ ޚާންގެ ފިލްމުގެ ކާސްޓުންނަކީ އަނިލް ކަޕޫރް އާއި ރާޖްކުމާރު ރާއޯގެ އިތުރުން އައިޝްވާރްޔާ ރާއި ބައްޗަން އާއި، ދިވްޔާ ދަތުއެވެ. މިއީ އަނިލް ކަޕޫރާއި އައިޝްވާރްޔާ ރާއީ 1999 ވަނަ އަހަރު ކުޅުނު ފިލްމު ތާލް ގެ ފަހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަތުލް މަންޖްރެކަރް ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ރާކޭޝް އޯމްޕްރަކާޝް މެހެރާ އާއި ޕްރޭނާ އަރޯރާ އެވެ.

އެންމެ ފަހުން އަނިލް ކަޕޫރުގެ ފިލްމަކަށް ނިކުމެފައިވާ ފިލްމަކީ މިހާރު ސިނަމާތަކުގައި އެންމެ ވިދަމުންދާ ފިލްމު ރޭސް3 އެވެ. ރޭސް3 އަށް ވަނީ 500 ކުރޯޑް އިންޑިއަން ރުޕީސް އަށް ވުރެބޮޑު އާމްދަނީއެއް ލިބިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް